A wide advertisement which will be shown on all devices. (700 x 100)

އަހަރެމެން މިހާރު ދުވާލަކު ހަ ނަމާދު ކުރަން – ސީރިއާ ކުޑަ ކުއްޖެއް

ސީރިއާގައި ކުރިއަށްދާ އަނިޔާވެރިކަން އިންތިހާ އަށް ގޮސްފައި ވަނިކޮށް އެގައުމުގެ ކުޑަކުއްޖަކާއި ހަވާލާދީ “އަވާ އުއްމަތް އިޒް ބްލީޑިން” ގައި ލިޔެފައިވާ ސްޓެޓަސްއަކަށް އާންމުންގެ ސަމާލުކަން ލިބިއްޖެއެވެ. އެ ސްޓެޓަސްގައި ވަނީ އެބައިމީހުން ކޮންމެ ދުވަހަކުވެސް ހަ ނަމާދު ކުރާ ކަމަށް ކުޑަކުއްޖަކު ބުނިކަމަށެވެ.

“އަހަރެމެން ހަ ނަމާދު ކޮންމެ ދުވަހަކުވެސް ކުރަން، ފަތިސް ނަމާދު، މެންދުރު ނަމާދު، އަސްރު ނަމާދު، މަޣްރިބު ނަމާދު، އިޝާ ނަމާދު އަދި ކަށު ނަމާދު” ސީރިއާގެ ކުޑަ ކުއްޖަކުބުނި ކަމަށް ލިޔެފައިވެއެވެ.

ސީރިއާގެ ހަލަބްގައި ހިނގާ އަނިޔާވެރި، އިންސާނިއްޔަތާ ޚިލާފު ލޭއޮހޮރުވުމަކީ ބޮސްނިޔާ ހަނގުރާމަ އާއި ރުވާންޑާގައި ހިންގި ގަތުލު އާންމާ އެއް ފަދަ ކަމެއް ކަމަށް، އެތައް ބަޔަކު ސިފަކުރެ އެވެ. އެކަމަކު އަސްކަރީ ގޮތުން ދުނިޔޭގެ އެންމެ ބާރުގަދަ އެއް ގައުމު، ރަޝިޔާ އިން ދޭ އެހީތެރިކަމާ އެކު ސީރިޔާ ސަރުކާރު ސިފައިންނާއި އީރާނާއި ޝީއީންގެ ހިޒުބުﷲ ޖަމާއަތުގެ ހަނގުރާމަވެރިން ހަލަބު ތަޅާސުންނާފަތި ކުރަމުންދާ އިރު ވެސް ދުނިޔެ އޮތީ ހިމޭނުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !