A wide advertisement which will be shown on all devices. (700 x 100)

އައްޑޫ ކަރަންޓީނު ފެސިލިޓީގައި ތިބި މީހުނަށް ހަދިޔާ ފޮނުމުގެ ފުރުސަތު ހުޅުވާލައިފި

އައްޑޫ އިކުއެޓޯރިއަލް ވިލެޖަށް ކަރަންޓިނަށް މީހުން ގެންދަނީ

އައްޑޫ ސިޓީގެ ކަރަންޓީން ފެސިލިޓީތަކުގައި ތިބި ފުވައްމުލަކު މީހުންނަށް ހަދިޔާ ފޮނުވުމުގެ ފުރުސަތު ފުވައްމުލައް ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ. އައްޑު ރިޒޯޓެއްގައި ކަރަންޓީނަށް ގެންދިޔަ މީހުން އެބަތިއްބެއެވެ. އެއީ ހެރެތެރެ ނުވަތަ ކެނަރީފް ރިޒޯޓު އާއި އައްޑޫ އިކުއެޓޯރިއަލް ވިލެޖެއެވެ.

މިދެ ކަރަންޓީން ފެސިލިޓީގައި ތިބި ފަރާތްތަކަށް ހަދިޔާ ފޮނުވަން އެދޭ ފަރާތްތަކުން ފުވައްމުލައް ސިޓީ ކައުންސިލްގެ ހޮޓްލައިން ނަމްބަރު 1618 އަށް މާދަމާ، 7 ޖޫން 2020 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ގުޅައި ނަން ނޯޓުކުރަން ޖެހެއެވެ. ހަދިޔާ ފޮނުވުމުގެ ފުރުސަތު ލިބޭނީ އެންމެ ފުރަތަމަ ނަން ނޯޓުކުރާ 20 ފަރާތަކަށެވެ.

އެގޮތުން ހަދިޔާގެ ގޮތުގައި ކޮންމެ މީހަކަށްވެސް ފޮނުވެނީ 10 ކިލޯ ގެ ބަރުދަނުގެ ތަކެތި ކަމަށާއި ފުރުސަތު ލިބޭނީ އެންމެ ކުރިން ނަންނޯޓުކުރާ 20 ފަރާތަކަށް ކަމަށް ސިޓީ ކައުންސިލްގެ އިއުލާނުގައި ވެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ އިއުލާން

 

މީގެ ކުރިން 28 މެއި 2020 ގައި ވެސް ސިޓީ ކައުންސިލުން ވަނީ އޭރު ހުރި ހެރެތެރެ ކަރަންޓީން ފެސިލިޓީގަި ތިބި މީހުނަނަށް ހަދިޔާ ފޮނުވައިދީފައެވެ. މި ހަދިޔާތައް އައްޑޫއަށް ގެންދަނީ އައްޑޫއާއި ފުވައްމުލަކާއި ދޭތެރޭ އޮންނަ ލޯންޗު ފެރީގައެވެ. އާއްމުކޮށް ލޯންޗު އޮންނަނީ ހެނދުނު 11:00 ގައި ފުވައްމުލަކުން ފުރާ ލޯންޗުގައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !