A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގައި ހުރި ހަމައެކަނި ހަޔަރ ސެކަންޑްރީ ސްކޫލްގެ، ޕްރިންސިޕަލަކަށް ޕްރައިމަރީ ޓީޗަރެއް!

ޏ.އަތޮޅު ތައުލީމީ މަރުކަޒު

ފުވައްމުލަކު ހުރި ހަމައެކަނި ސެކްންޑަރީ ސްކޫލް، ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަކަށް ޕްރައިމަރީ ޓީޗަރަކު ހަމައްޖައްސައިފިއެވެ.

މިކަލް ނޫހަށް ވަރަށް އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދެއްވިގޮތުގައި އޭއީސީގެ ޕްރިންސިޕަލް ކަމުގެ މަގަމަށް ހަމަޖައްސާފައި ވަނީ 200 އެއްހާ ކުދިން ތައުލީމު ޙާސިލް ކުރަމުންދާ، އައްޑޫ ސިޓީގެ މަރަދޫ ސްކޫލްގެ ލީޑިން ޓީޗަރެއް ކަމަށް އަޒްލީނާ ޤާސިމް އެވެ.

އަޒްލީނާއަކީ ޕްރައިމަރީ ޓީޗިން އެޑްވާންސް ސެޓްފިކެޓް އަދި ޕްރައިމަރީ ޓީޗިން އިން ޑިގްރީ ޙާސިލްކޮއްފައިވާ ޓީޗަރެއްކަމަށް މިކަލް ނޫހަށް އެގިފައިވެއެވެ.

ފުވައްމުލައް ސިޓީގައި ހުރި ހަމައެކަނި ސެކްންޑްރީ ސްކޫލްގެ ޕްރިންސިޕަލަކަށް އަޒިލީނާ ހަމަޖައްސާފައި ވާއިރު، އައްޑޫ ސިޓީގެ، މަރޫދޫ ސްކޫލްގެ ބެލެނިވެރިންގެ ޝަކުވާތަކާއި ގުޅިގެން، ކުރިއަށް އޮތް 2017 ވަނަ އަހަރު، އެ ސްކޫލްގައި އެނާ ނުބަހައްޓާނެކަމުގެ ޔަގީންކަން އެ ސްކޫލްގެ ބެލެނިވެރިންނަށް، ސްކޫލްގެ ޕްރިންސިޕަލް ދެއްވާފައިވާކަން މިކަލް ނޫހަށް ވަނީ އެގިފައެވެ.

“ސުވާލަކީ ދުވަހަކުވެސް ސެކަންޑްރީ ސްކޫލްގެ ނުވަތަ ސެކެންޑްރީ ލެވެލްގެ ތަޖުރިބާއެއް ނެތް މީހާކަށް ޏ.އަތޮޅު ތައުލީމީ މަރުކަޒު ކަހަލަ ހަޔަރ ސެކްންޑްރީ ސްކޫލެއް ހިންގިދާނެތޯ؟ މިއީ އަނެއްކާވެސް، ތައުލީމީ މަރުކަޒު ފަހަތަށް ޖެއްސުމަށް މިސަރުކާރުން އެޅި ފިޔަވަޅެއް ” ތައުލީމީ މަރުކަޒުގެ އޮފިޝަލަކު ނަން ނުޖުހެމުމަށް ޝަރުތުކޮށް މިކަލްނޫހަށް ވާހަކަ ދައްކަމުން ވިދާޅުވިއެވެ.

ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ކަމުގެ މަގަމަށް އާންމުކޮށް ވަނީ އިއުލާންކޮށްފައެވެ. އެހެންނަމަވެސް ކަމަށް ޤަބިލް ބޭފުޅުން ފުވައްމުލައް ސިޓީގައި ތބިކަމުގައި ވިޔަސް، އެބޭފުޅުން މި މަޤާމަށް ކުރިމައްޗެއް ނުލައްވައެވެ.ސަބަބެއް ކަމަށް ވަނީ އެމީހުންނަށް ސްކޫލްގެ އިސް މެނޭޖްމެންޓްގެ ބައެއް މީހުންގެ އެއްބާރުލުން ނުލިބޭނެތީވެ ކަމަށް މައުލޫމާތު ލިބެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !