A wide advertisement which will be shown on all devices. (700 x 100)

ފްލެޓް ދެވަނަ ބުރުގެ ގުރުލުން ބާއްވައިފި

މިއަދު ބޭއްވި ފްލެޓްގެ ގުރުނެގުން، 14 ޖުން 2020. ފޮޓޯ: ފސކ

ފުވައްމުލަކުގައި އިމާރާތްކުރެވިަފއިވާ ފްލެޓްތަކުގެ ދަވަނަ ބުރުގެ ގުރުލުން މިއަދު ހަވީރު ބާއްވައިފިއެވެ. މިގުރުލުން އޮތީ ހަވީރު 4:00 ގައި ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައެވެ.

ފްލެތް ލިބޭ ފަރާތްތަކަށް ލިބެނީ ކޮން ފްލެޓެއް ތޯ ބެލުމަށް މިއަދު ގުރުނެގީ އޭކެޓަގަރީން 35 ފްލެެޓަކަށާއި ބީކެޓަގަރީން 5 ފްލެޓަށެވެ.

ދެވަނަ ބުރުގެ ފުލެޓް ލިބޭ މީހުން ކަނޑައެޅުމަށް ގުރުއަތުނެގުން މީގެ ކުރިން 16 އޭޕްރީލް 2020ގައި ބޭއްވުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން މަސައްކަތްކުރިއެވެ. ނަމަވެސް އެކަން ހުއްޓާލަން ޖެހުނީ އާއްމުފަރާތެއްގެ ޝަކުވާއަކާއި ގުޅިގެންނެވެ. އެމީހާގެ ޝަކުވާއަކަށް ވެފައިވަނީ އިއުލާން ކުރި އަދަދަށް ވުރެ އިތުރަށް ފްލެޓް ދޫކުރަން ސިޓީ ކައުންސިލުން ނިންމުމެވެ. އެ ޝަކުވާއަށް ފަހު 2 މަހެއްހާ ދުވަސް ފަހުން ގުރުނެގީ އެ ޝަކުވާގައި އެދިފައިވާ ގޮތަށް ދެވަނަ ބުރުގައި އިއުލާން އިއުލާންކުރި އަދަދަށެވެ.

އެގޮތުން މިހާރު ބާކީހުރި އޭ ކެޓަގަރީ 41 ފްލެޓާއި ބީ ކެޓަގަރީގެ ބާކީހުރި 7 ފްލެޓަށް ވަރަށް އަވަހަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެކަމަށް ސިޓީ ކައުންސިލުން ހާމަކޮށްފައި ވެއެވެ.

މިއީ ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން ފުވައްމުލައް ސިޓީގައި އިމާރަތްކޮށްފައިވާ ފްލެޓުތަކެކެވެ. މިފްލެޓްތައް އިމާރާތްކޮށްފައި ވަނީ ދެބުރިއަށް ދެ ސަރަހައްދެއްގައެވެ. އެއީ ދިގުވާނޑު ކްރިކެޓް ދަނޑު ކައިރީއާއި ދަދިމަގު ވޮލީ ކޯޓު ހިސާބުގައެވެ.

ފުވައްމުލަކުގައި ދެބުރިއަށް ގާއިމުކުރެވިފައި ހައުސިން ޔުނިޓްތައް ބޭރުން ބައްލަވާލައްވަނީ

މިސަރުކާރުން ވަނީ ފުވައްމުލަކުގައި 800 ހައުސިން ޔުނިޓް ގައިމުކުރާނެކަމަށް ފާއިތުވި 2019 ވަނައަހަރު ޖުލައިމަހު އިއުލާންކޮށް ފައެވެ. ނަމަވެސް މިކަމުގެ އިތުރު މައުލާުމާތެއް ސަރުކާރުގެ ކަމާބެހޭއެއް ވެސް އިދާރާއަކުން އަދި ފުވައްމުލަކު ސިޓީ ކައުންސިލުން ވެސް މިހާތަނަށް ހާމަކޮށްފައިވަކަން އެނގޭކަށް ނެތެވެ.

ބޯހިޔާވަހިކަމުގެ އެ މަޝްރޫއު އިއުލާން ކުރަމުން ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ޚާލިސް ޝަރީފް ވިދާޅުވެފައިވަނީ ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ދަށުން ފުވައްމުލަކުގައި އެޅުމަށް ހަމަޖެހިފައިވާ 800 ހައުސިންގ ޔުނިޓް އެޅުމުގައި މިހާރު ގޯތި ލިބި، ގެއެއް އެޅިފައިނުވާ ފަރާތްތަކަށް އެފަދަ ގޯތި ތަކުގައި ގެ އެޅުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.

ފުވައްމުލަކުގައި 800 ހައުސިންގ ޔުނިޓް އަޅަނީ

ފުވައްމުލައް ސިޓީގައި ދެބުރިއަށް އިމާރާތްކުރެވިފައިވާ ހައުސިން ޔުނިޓްތަކުގެ އެތެރެ ބައްލަވާލައްވަނީ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ފޭޭކް

    ފުލެޓް ދެވަނަ ބުރެއް ނޫޫން،، މީހުންނަށް އެބުނާއެއްޗެއް ދޭހަވާގޮތަށް ސުރުޚީލިޔުން މުހިއްމު.