A wide advertisement which will be shown on all devices. (700 x 100)

ސިޔާސީ ނުފޫޒުން މިނިވަން މުއައްސަސާތައް އެއކިބާވެފައިވާ ކަމަށް ރައްޔިތުންނެއް ނުދެކޭ – އެމްޕީ ހުސޭން

އެމްޕީ ހުސޭން މުހައްމަދު ދީދީ މިއަދުގެ ޖަލްސާގައި ތަފާސް ހިސާބުގެ އޮފީގު ބިލަށް ވާހަކަ ދައްކަވަނީ

ރާއްޖޭގައި އުފެދިފައިވާ މިނިވަން މުއައްސަސާތައް ސިޔާސި ނުފޫޒުން އެއްކިބާވެފައި އޮތްކަމަކަށް ރައްޔިތުން ނުދެކޭ ކަމަށް ފުވައްމުލަކު މެދުދާއިރާގެ މަޖުލިސް މެމްބަރު ހުސޭން މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ. އެމްޕީ ހުސޭން މިހެން ވިދާޅުވި މިހާރު ކުރިޔަށްދާ ދިވެހިރާއްޖޭގެ ތަފާސް ހިސާބުގެ ބިލަށް ވާހަކަ ދައްކަވަމުން މިއަދު ހެނދުނު ބޭއްވި މަޖުލިސް ޖަލްސާގައެވެ.

އެމްޕީ ހުސޭން ފާހަގަ ކުރެއްވި ގޮތުގައި މިނިވަން މުއައްސަސާތަކެއް ގާއިމުކުރެވިފައި ވިޔަސް އެތަންތަނަކީ ސިޔާސީ ގޮތުންނާއި އެެހެނިހެން ނުފޫޒުތަކުންް މިނިވަން ވެފައިވާ ތަންތަން ކަމުގައި މިއަދު ރާއްޖޭގެ ރައްޔިތުން ބަލައި ނުގަންނަ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކުގެ މާބޮޑު ބޭނުމެއް އޮތްކަމަށް ވެސް މިއަދު ރައްޔިތުން ނުދެކޭ ކަމަށް އެމްޕީ ހުސޭން ވިދާޅުވިއެވެ.

ވޭތުވެދިޔަ ފަސް އަހަރުތެރޭ އެންޓި-ކޮރަޕްޝަން ކަމިޝަަނެއް (އޭސީސީ) އޮވ،ެ ރާއްޖޭގައި ބޮޑު ސިންގާ ޚިޔާނާތުގެ އެތައްތައް ކަމެއް ހިނގާދިޔައިރު އޭސީސީއަށް ވީކަމެއް ނެތް ކަމަށެވެ. މިނިވަންކަމާއެކު އެކަން ބެލިފައިނުވާ ކަމަށެވެ. ހަމަ އެގޮތަށް އިންސާނީ ހައްގުތަކާއި ޚިލާފަށް އެތައް ކަންތައްތަކެއް ހިނގައި ދިޔައިރު ހިއުމަން ރައިޓްސް ކަމިޝަނަށް އެކަންކަމުގައި ބެލިފައިނުވާ ކަމަށެވެ. ބްރޯޑްކާސްޓިން ކޮމިޝަނާއި އިތުރު ބައިވަރު ކޮމިޝަންތަކެއް ހެދިަފއި ވިޔަސް މިތަންތަނުން ކުރާ ކަމެއް ރައްޔިތުންނަށް ކަމަށެވެ.

ރައްޔިތުންނަށް އެނގެނީ މިކޮމިޝަންތަކަށް ބޮޑެތި މުސާރަތަކެއް ދައުލަތުން ދޭކަމެވެ. ކޮންމެ އަހަރެއްގެ ބަޖެޓުގައި މިމުއައްސަސާތަކަށް ބޮޑެތި އަދަދުތަކުން ބަޖެޓް ކަނޑައެޅިގެންދާކަން ރައްޔިތުންނަށް އެނގޭކަމަށެވެ. އެއާއެކުރައްޔިތުންގެ ތަރައގީއަށް ހުރި ފައިސާތައް މިދަނީ ރިކަރަންޓް ޚަރަދުގެ ގޮތުގައި ކަމަށްވުމުން، މިނިވަން މުއައްސަސާއެއްގެ ގޮތުގައި ތަފާސް ހިސާބާއި ބެހޭ އޮފީހެއް ހުންނަން ތާއިދު ނުކުރެވޭ ކަމަށް އެމްޕީ ހުސޭން ވިދާޅުވިއެވެ.

މިއަދު ދައުލަތުގެ ބަޖެޓުން ކޮންމެ މުއައްސަސާއެއްގެ މެމްބަރުނަށް ވެސް ބޮޑެތި މުސާރަތަކެއް ދީގެން “މިނިވަން” ބޯޑު ޖަހާފައި ބޭއްތިއްބުމުގެ ބޭނުމެއް ނެތްކަމަށެެވެ. އަދި އެގޮތަށަ އިތުރު މުއައްސަސާތަކެއް އުފައްދަން ތާއިދު ނުކުރާ ކަމަށް ވެސް އެމްޕީ ހުސޭން ވިދާޅުވިއެވެ.

މުއައްސަސާއެއް މިނިވަން ވަނީ ނަންބޯޑުން ނޫން ކަމަށާއި އެތަނެއްގައި މަސައްކަތް ކުރާ ބަޔަކު އެޕްރޮފެޝަން ހިފެހެއްޓި ވަރަކަށް، އެމީހުން ކުރަންޖެހޭ މަސައްކަތަށް ތެދުވެރިވި ވަރަކަށް، އެޕްރޮފެެޝަންގެ ގަބޫލުކުރުންތަކާއި އެއްގޮތަށް ނަތީޖާތައް ނެރެމުންދާތީ އެތަންތަނަކީ މިނިވަންތަނުގެގެ ގޮތުގައި ރައްޔިތުން ބަލައިގަންނަ ކަމަށް ހޯރަފށީ ދާއިރާގެ މެމެބަރު އަހުމަދު ސަލީމުގެ ވާހަކަ އިން ހަމަވިއެވެ.

ސްޓެޓިސް ޓިކްސް އޮފީސް ވެސް މިނިސްޓްރީއެއްގެ ދަށުން ހިންގިދާނެ ކަމަށާއި އެއޮފީހަށް ވެސް ބޭނުންވަނީ ގާނޫނީ ބާރުވެރިކަން ކަމަށެވެ. އެކަން މިހާރު ހުށަހެޅިފައިވާ ބިލުން ފުރިަމަކޮށް ދިނުމުން ދައުލަތުގެ ހިންގުމުގެ ޚަރަދު ކުޑަކުރެވި ބޭނުންވާ މަގުސަދު ހާސިލު ކުރެވިދާނެ ކަމަށެވެ. އެހެން ނޫން ނަމަ އެޗްޕީއޭ އާއި އީޕީއޭ ފަދަ އޮފީސްތައް ވެސް ފެނިގެންދާނީ މިނިވަން މުއައްސަސާތަކެއް ގެ ގޮތުގައި ކަމަށެވެ.

މުއައްސަސާއަކަށް ދެގޮތަކަށް މިނިވަން ދެވިިދާނެކަމަށް ހޯރަފުށީ ދާއިރާގެ އެމްޕީ އަހުމަދު ސަލީމު ފާހަގަ ކުރެއްވިއެވެ. އެއީ ސަރުކާރާއި ވަކިން ދައުލަތުގެ އޮފީހެއް ގޮތަށް ގާނޫނު ފަރުމާކުރުން ކަމަށާއިި، ދެވަނަ ގޮތަކީ ސަރުކާރުގެ މިނިސްޓްރީއެއްގެ ދަށުން ހިންގާ ގޮތަށް ގާނޫނުގައި ހިމެނުން ކަމަށެވެ. ކަމުގައި ވިޔަސް މައްސައްކަތް ތަކަށް ގާނޫނީ މިނިވަންކަމެއް ލިބިދޭގޮތަށް މަސައްކަތް ރޭވުންކަމަށެވެ.

އެމްޕީ އަހުމަދު ސަލީމު ހޯރަފުށި ދާއިރާގެ މެމެބަރު، މިއަދުގެ ޖަލްސާގައި ތަފާސް ހިސާބުގެ އޮފީގު ބިލަށް ވާހަކަ ދައްކަވަނީ

ދުނިޔޭގެ ގިނަ ގައުމުތަކުގައި ސްޓެޓިސްޓިކްސް އިދާރާތައް ހުންނަނީ މިނިސްޓްރީއެއްގެ ދަށު ހިނގާ ޑިޕާޓްމެންޓްގެ ގޮތުގައި ކަމަށެވެ. އޮސްޓްރޭލިއާގައި މިނިވަން އޮފީހެއް ގޮތުގައި ހުރި ކަމުގައި ވިޔަސް އިންޑިއާގައި ސްޓެޓިސްޓިކްސް އޮފީސް ހިންގަނީ މިނިސްޓްރީ އޮފް ސްޓެޓިސްޓިކްސް އެންޑް ޕްރޮގްރާމް އިމްޕްލިމެންޓޭޝަންގެ ދަށުން، ޔޫރަޕުގެ ބައެއް ގައުމުތަކުގައި ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ މިނިވަން އޮފީހެއްގެ ގޮތުގައި އެބަހުރި، ރަޝިއާގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ދަށުން، ކެނެޑާގައި މިނިސްޓްރީ އޮފް ސައިންސް އެންޑް އިނޮވޭޝަންގެ ދަށުން ކަމަށެވެ. މިނިސްޓްރީތަކުގެ ދަށުން ސްޓެޓިސްޓިކްސް އޮފީސްތައް ހިންގަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައވާކަމީ އާއްމުކަމެއް ކަމަށެވެ.

އިސްކަން ދޭންޖެހެނީ ދައުލަތުގެ ކަރަދުތައް ކުޑަކުރެވޭ ގޮތަކަށް އޮސީސްތައް އުފެއްދުން ކަމަށެވެ. މިހާރުވެސް ދައުލަތުގެ ޚަރަދުތައް ހުރީ ދައުލަތުގެ އާމްމަދަނިގެ %70 ކަމަށެވެ. އެއި މާބޮޑު މިންވަރެއް ކަމަށާއި އޭގެ ސަބަބުން ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގަން ދަތިވެފައިވާ ކަމަށެވެ. ދައުލަތުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރަން އެބަޖެހެކަމަށް ވެސް އެމްޕީ ސަލީމް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ސްޓެެޓިސްޓިކްސްގެ އޮފީހެއް ހިންގަން ފަށާފައިވާތާ 40 އަހަރު ވެއްޖެވެއެވެ. ނަމަވެސް 1800 ގެ އަހަރުތަކުގައި ވެސް ރާއްޖޭގައި ބޯހިމެނުމުގެ މަސައްކަތް ކުރެވެމުން ދިޔަކަން އެގެން އެބަ އޮތެވެ. ރާއްޖޭގައި އިތުރަށް ގާއިމުކުރަން ޖެހޭނީ ލާމަރުކަޒީކޮށް ހިންގާ ސްޓެޓިސްޓިކަލް އޮފީހެއްގެ ނިޒަމުކަމަށާއި، ހަމަ އެކަނި އެއް އޮފީހަކުން ރާއްޖޭގެ އެންމެހާ ސްޓެޓިސްޓިކްސް ހޯދާ، ބެލެހެއްޓި، ރައްކާ ކުރެވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

އެ އޮފީހުން ފަސޭހަކަމާއެކު ރާއްޖޭގެ މައުލޫމާތު ލިބޭނެ އިންތިޒާމު ހަމަޖެހިފައި އޮންނަން ޖެހެއެވެ. އަދި ދެވޭ މައުލޫމާތަކީ އިތުބާރުކުރެވޭ މައުލޫމާތަށް ޖަވާބުދާރީންވާން ޖެހޭ ކަމަކަށް ވާން ޖެހޭ ކަމެވެ.

އެމްޕީ ހުސޭން މުހައްމަދު ދީދީ މިއަދުގެ ޖަލްސާގައި ތަފާސް ހިސާބުގެ އޮފީގު ބިލަށް ވާހަކަ ދައްކަވަނީ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !