A wide advertisement which will be shown on all devices. (700 x 100)

ވަޒީފާއާއި ބެހޭ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހުތަކާއި މެދު ފުވައްމުލަކު މީހުންގެ ކަންބޮޑުވުންތައް 3 އެމްޕީން ބައްލަވަނީ

ވަޒީފާއާއި ބެހޭ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހުތަކާއި މެދު ފުވައްމުލަކު މީހުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ދެ ވަނަ ބައްދަލުވުމެއް ބާއްވަން ފުވައްމުލައް ސިޓީގެ 3 ދާއިރާއެ މަޖުލިސް މެމްބަރުން ތާވަލުކޮށްފިއެވެ.

މާދަމާ، 26 ޖޫން 2020 ވާ ހުކުރު ދުވަހުގެ ރޭ 20:30 ގައި އޮންލައިން ޕްލެޓްފޯމް ޒޫމް އިން ބައްދަލުވުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަން ތިން މެމްބަރުން ވަނީ އިއުލާން ކުރައްވާފައެވެ. އޮންލައިންކޮށް ކުރިޔަށް ގެންދެވޭ މިބައްދަލުވުމުގައި ފޯނާއި ޓެބްލެޓް އަދި ކޮމްޕިއުޓަ ފަދަ ވަސީލައްތައް މެދުވެރިކޮށް ބައިވެރިވެވޭނެއެވެ. މިބައްދަލުވުމުގައި ބައިވެރިވުމަށް ލިންކް ޝެއާ ކުރައްވާފައި ވެއެވެ.

ރަށި މީހުންގެ އަޑޮ އެހުން، ބައްދަލުވުމުގެ ލިންކް

ބައްދަލުވުމުގައި އެޖެންޑާގައި ހިމަނާފައިވަނީ ދެކަމެކެވެ. އެއީ ވަޒީފާއާއި ބެހޭ ގާނޫނަށް ހުށަހެޅިފައިވާ އިސްލާޙު ތަކާއިމެދު ރައްޔިތުން ދެކޭ ގޮތްތައް އަޑު އަހައި މަޝްވަރާ ކުރުމާއި، ފުވައްމުލައް ސިޓީ އާއި ގުޅުން ހުރި މައްސަލަތަކުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ބަލައި މަޝްވަރާ ކުރުމެވެ.

ފުވައްމުލަކު މެދުދާއިރާގެ މެމްބަރު ބޭއްވި އޮންލައިން ބައްދަލުވުން. ސްކްރީންޝޮޓް އިސިސް

މިމަހު 15 ވަނަ ދުވަހުގެ ރޭ ވެސް މަޖުލިސް 3 މެމްބަރުންވަނީ ރިސޯޓު މުވައްޒަފުންނަށް ކޮވިޑް-19 ގެ ސަބަބުން ކޮށްފައިވާ އަސަރުތައް ދެނެގަތުމަށާއި ވަޒީފާގެ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހުތަކާއި ގުޅޭ ގޮތުްން މަޝްވަރާ ކުރެއްވުމަށް 2 ގަޑިއިރުގެ ބައްދަލުވުމެއް ބާއްވާފައި ވެއެވެ.

ފުވައްމުލަކު 3 މެމްބަރުން ރައްޔިތުންނާއި ބައްދަލުކުރެއްވުން މިފަހަރު އޮންލައިންކޮށް

ނަމަވެސް އެއިގެފަހުން ފުވައްމުލަކަށް މިހާރު އައިސް ތިބި ގިނަ އަދަދެއްގެ ރިޒޯޓް މުވައްޒަފުން ވަނީ ވަޒީފާގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް ބަލައި ނުގަންނަކަމަށާއި އެއިގެ ސަބަބުން އެމީހުންނަށް ލިބިގެން ދާނީ ނިކަމެތިކަން ކަމަށް ބުނެ އަޑުއފުލައި އިހުތިޖާޖުކުރުމަށް ދެ ބައްދަލުވުމެއް ބާއްވާފައި ވެއެވެ.

ވަޒީފާއާބެހޭ ގާނޫނަށް އަވަސް ކަޅިއެއް

ވަޒީފާއާއި ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅިފައިވާ ބިލް ކިއުއްވާލައްވާ!

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !