މިޔަރުގެ ބާވަތެއް ކަމަގައިވާ ‘ޓައިގަރ ޝާކު’ ފުވައްމުލަކުގެ ބަނދަރު ތެރެއިން ފެންނަމުންދާ ކަމަށް ބައެއް ޑައިވަރުން ހާމަކޮށްފިއެވެ. މިބާވަތުގެ މިޔަރަކީ އިންސާނުނަށް ވެސް ހަމަލަ ދޭ ބާވަތެއް ކަމަށް ވުމާއެކު ބަދަރުތެރެއަށް އެއްވެސް ގޮތަކުން އެރި އުޅުމަކީ މިޔަރުގެ ހަމަލާއަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކަމެއްކަމުގައި ބެލެވެއެވެ.
އިންޓަރނޭޝަނަލް ޑައިވަރެއް ކަމުގައިވާ އަބަދުﷲ ސިވާދު މިކަލް ނޫހާއި އޭނާގެ ތަޖުރިބާ ހިއްސާ ކުރައްވަމުން ހާމަކުރެއްވީ ފުވައްމުލަކު ކައިރިން ޓައިގަރ ޝާކު އޭނާއަށް ފެނިފައިވާ ކަމަށާއި، އަދި ފުވައްމުލަކުގެ ފަރުގެ މަންޒަރުތައް ވީޑިއޯ ކުރި ޓްވަރިއްސްޓެއްގެ ވިީޑިއޯތަކުން، ފުވައްމުލަކުގެ ފަރުގައި ޓައިގަރ ޝާކު އުޅޭތަން ފެނިފައިވާ ކަމަށެވެ. ނަމަވެސް ބަނދަރު ތެރެއަށް އޭނާ ފީނާފައި ނުވުމުން ބަނދަރު ތެރެއިން އޭނާއަށް މިޔަރު ފެނިފައި ނުވާކަމަށެވެ.
ބައެއް ޒުވާނުން ބަދަރު ތެރެއަށް މޫދަށް އެރިއުޅޭތަން ފެންނަމުން ދާކަމަށާއި އެއީ ރައްކާތެރި ގޮތެއް ނޫން ކަމަށް ކަމާގުޅޭ ފަރާތްތަކުން ބުނެއެވެ.
ފުވައްމުލަކު ބަދަރުތެރެއަށް މިޔަރު ވަންނަނީ ބައެއް މަސްވެރިން މަސް ކަނޑާފައި ބަދަރު ތެރެއަށް އުކާލާ ބައިތައް ކެއުމަށް ކަމަށް ވެއެވެ. ބަނދަރު ތެރެއަށް އެއްޗެހި އެޅުމަކީ މަނާކަމެއް ކަމުގައި ވިޔަސް ބައެއް މަސްވެރިން މަސް ކަނޑާފައި ކައްޓާއި ބޯ ފަދަ ބައިތައް ބަނދަރު ތެރެއަށް އުކާލާ މަންޒަރު ފެނެއެވެ.



ޚިޔާލުތައް