A wide advertisement which will be shown on all devices. (700 x 100)

ބާބުރީ މިސްކިތް ހުރި ތަނުގައި އަޅާ ފައްޅީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މޯދީ ބައިވެރިވަނީ

އިންޑިއާގެ މުސްލިމު ވެރިކަން ހިންގި ޒަމާނުގައި އަޅާފައިވާ މަޝްހޫރި ބާބުރީ މިސްކިތް އިންޑިއާގެ ހައްދުފަހަޅާފައިވާ ހިންދޫން ތަޅާލުމަށްފަހު އެތަނުގައި އެޅުމަށް ނިންމާފައިވާ ހިންދޫންގެ ފައްޅީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ވެރިކަންކުރާ ކަނާތުފިޔައިގެ ހިންދޫޕާޓީގެ ލީޑަރު، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީ ބައިވެރިވާގޮތަށް ނިންމާފިއެވެ. 1992 ވަނަ އަހަރު އިންޑިއާގެ ހައްދުފަހަނަޅާފައިވާ ހިންދޫން ބާބުރީ މިސްކިތް ތަޅާލައިފައިވަނީ ނަރެންދުރާ މޯދީގެ ބީޖޭޕީގެ ތާއިދާއިއެކުގައެވެ. ބާބުރީ މިސްކިތް ހުރިތަނުގައި އެޅުމަށް ހަމަޖެހިފައިވާ ފައްޅީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ އޮގަސްޓްމަހު 5 ވަނަ ދުވަހުގައެވެ.

އިންޑިއާގެ ހައްދުފަހަނަޅާފައިވާ ހިންދޫން މުސްލިމުންގެ 16 ވަނަ ގަރުނުގެ ޒަމާންވީ މިސްކިތް ތަޅާލީ އެތަނަކީ ކުރިން ހިއްދޫންގެ މުގައްދަސް ރާމްގެ އުފަންބިން ކަމަށްބުނެއެވެ. ނަމަވެސް، މިކަމަށް އެއްވެސް ހެއްކެއް ނެތެވެ. މުސްލިމުން އިންޑިއާގައި ވެރިކަންކުރި އިރު ބިނާކުރި މިސްކިތް ތަޅާލި ތަނުގައި ފައްޅިއެޅުމުގެ ވައުދާއިއެކު ވެރިކަމަށް އައި ބީޖޭޕީއަކީ ހައްދުފަހަނަޅާފައިވާ ހަރުކަށީ ހިންދޫ ވިސްނުމުގެ ޕާޓީއެކެވެ.

ހިންދޫން ތަޅާލި މިސްކިތް ހުރި ބިމުގައި ފައްޅިއެޅުމަށް ހިންދީން ކުރަމުންއައި މަސައްކަތަށް މިދިޔަ ނޮވެމްބަރުމަހު ވަނީ އިންޑިއާގެ ސްޕްރީމް ކޯޓުން ތާއީދުކޮށް މުސްލިމުންނަށް 5 އޭކަރުގެ ބިން މިސްކިތް އެޅުމަށް ދިނުމަށް ނިންމާފައެވެ.

ނަރެންދުރާ މޯދީ އިންޑިއާގެ ވެރިކަމަށް އައުމަށްފަހު އިންޑިއާގެ މުސްލިމުންނާއި ދެކޮޅު ހަރަކާތްތައްވަނީ އިތުރުވެފައެވެ. މީގެ އިތުރުން، އިންޑިއާގެ މައްސަލަ ގޯސްވި އިންޑިއާގަިއ ދިރިއުޅޭ މުސްލިމުންނާއި ދެކޮޅު ރަށްވެހިކަމުގެ ގާނޫނާއި ކަޝްމީރަށް ދީފައިވާ މިނިކަން ނިގުޅާގަތުމުގެ ގާނޫނު ފާސްކުރުންފަދަ މުސްލިމުންނާއި ދެކޮޅު ނިންމުންތައް އިންޑިއާގެ ސަރުކާރުން ވަނީ ނިންމާފައެވެ. ރާއްޖޭގެ ވެރިކަންކުރާ އެމްޑީޕީ އާއި ގުޅުންބޮޑު އިންޑިއާގެ އިސްފަރާތްތަކުންދަނީ މުސްލިމުންނާއި ފާޅުގައި ދެކޮޅުވެރިކަން ފާޅުކުރެއެވެ. ނަމަވެސް، ދިވެހި ސަރުކާރުން ގިނަ ފަހަރަށް އިންޑިއާގެ ނިންމުންތައް ދަނީ ދިފާއުކުރަމުންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !