ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ފުވައްމުލަކުގައި ބޮޑު ދެޕާޓީން ފަށައިފިއެވެ. މިރޭ އެމްޑީޕީން ކެންޕޭން ފެށުމުގެ ޖަލްސާއެއް ކުރިޔަށް ގެންދިޔައިރު މިއަދު ހަވީރު ވަނީ ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތްތަކެއް ވެސް ކުރިޔަށް ގެންގޮސްފައެވެ. އަދި ވެރިކަން ކުރާ ޕީޕީއެމްގެ ކެމްޕޭން ޖަލްސާއެއް ވެސް މިރޭ އުތުރު ދާއިރާ އާއި މެދު ދާޢިރާގައި ކުރިޔަށް އެބަގެންދެއެވެ.
ކުރީގެ އިންތިޚާބުތަކާއި ޚިލާފަށް މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ފުވައްމުލަކުން ހޮވާނީ އެއްކައުންސިލެވެ. އެއީ ސިޓީ ކައުންސިލެކެވެ. މިއާއެކު ހޮވަންޖެހެނީ ޖުމްލަ 3 ކައުންސިލަރުނެވެ. އެއީ އިދާރީ ކޮންމެ ދާއިރާއަކުން 1 މެންބަރެއެވެ.
މިފަހަރުގެ އިންތިޚާބުގައި މިތިން ގޮނޑިއަށް ވާދަކުރަނީ ޖުމްލަ 7 ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމްއިން ކޮންމެ ދާއިރާއަކަށް ވަދަކުރާ އެއް ކެންޑިޑޭޓު، ޖުމްލަ 3 ކެންޑިޑޭޓުން އަދި އެމްޑީޕީން ކޮންމެ ދާއިރާއަކަށް ކުރިމަތިލާ އެއް ކެންޑިޑޭޓް، ޖުމްލަ 3 ކެންޑިޑޭޓާއިި އުތުރު ދާއިރާއަށް ޖުމްހޫރީ ޕާޓީން ކުރިމަތިލާ ކެންޑިޑޭޓަކާއެކު މުޅި ޖުމްލަ 7 ކެންޑިޑޭޓުންނެވެ.
އުތުރު ދާއިރާ: ކެންޑިޑޭޓް ނަންބަރ 1: އާމިނަތު ޒުހުދާ (އެމްޑީޕީ)، ކެންޑިޑޭޓް ނަންބަރ 2: ހަސަން އަތީގު (ޖޭޕީ)، ކެންޑިޑޭޓް ނަންބަރ 3: ހަމަދު އަބްދުﷲ (ޕީޕީއެމް).
މެދު ދާއިރާ: ކެންޑިޑޭޓް ނަންބަރ 1: މުހައްމަދު ޟިރާރު (އެމްޑީޕީ)، ކެންޑިޑޭޓް ނަންބަރ 2: މުހައްމަދު މާލިކު (ޕީޕީއެމް)
ދެކުނު ދާއިރާ: ކެންޑިޑޭޓް ނަންބަރ 1: އަބްދުﷲ ފަލާހް ޝަރީފް (އެމްޑީޕީ)، ކެންޑިޑޭޓް ނަންބަރ 2: އަހްމަދު ޟަޒީމް މުހައްމަދު (ޕީޕީއެމް) އެވެ.
ފުވަމްމުލަކު މިހާރު އޮތް ކައުންސިލްތަކުގައި ގިނައީ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނެވެ. އެކަމަކު މިހާރުގެ މަޖުލިސް 3 ދާއިރާގެ 3 މެންބަރުންނަކީ ވެސް ޕީޕީއެމަށް ނިސްބަތްވާ މެންބަރުންނެވެ.



ޚިޔާލުތައް