އިން ފެށިގެން ފުވައްމުލަކުން ޕެޓްރޯލް ހުސްވެފައިވާ ކަމަށް ފުވައްމުލަކުގެ ބައެއް ފަރާތްތަކުން މިކަލް ނޫހަށް މައުލޫމާތު ދެއްއެވެ. ނަމަވެސް މިހާރު ބަނދަރުގައި ހުންނަ ސްމާޓް ފިއުލް އިން ޕެޓްރޯލް އަޅައި ދެމުންދާކަމަށް ސްމާރޓް ފިއުލްގެ އިސްފަރާތެއް ކަމަށްވާ ވަހީދު މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ދާދި ދެންމެ އަކު ވިދާޅުވިއެވެ.
އަދި މިރޭ 8:00 ގެ ފަހުން ފުނާޑުގައި ހުންނަ ސްމާޓްފިއުލް އައުޓް ލެޓުން ވެސް ޕެޓްރޯލް ލިބެން ހުނާންނެ ކަމަށް ވަހީދު ހާމަކުރެއްވިއެވެ.
ދޭތެރެ ދޭތެރެއިން ފުވައްމުލަކު ޕެޓްރޯލް ހުސްވެ ރައްޔިތުންގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ފާޅުކުރަމުން ދެއެވެ. އަދި އެންމެ ފަރާތަކުން ފުވައްމުލައް ފަދަ ބޮޑު ރަށެއްގައި ޕެޓްރޯލް ވިއްކުމުގެ ޚިދުމަތް ދެމުންދާތީ ދިމާވާ މައްސަލަތަކެއް ކަމަށް ވެސް ބައެއް މީހުން ސިފަކުރެއެވެ.
ޕެޓްރޯލް އަގު މޮނޮޕޮލައިޒް ކުރެވިފައިކަމަށް ބައެއް މީހުން ސިފަކުރަނީ ފުވައްމުލަކުގައި ޕެޓްރޯލް ވިއްކާއަގާއި މާލޭގައި ވަކިން ޕެޓްރޯލް ވިއްކާއަގުގައި 3 ނުވަތަ 2.5 ރުފިޔާ ލިޓަރަކުން ބޮޑުވާތީއެވެ.
ފުވައްމުލަކުގައި އާއްމުކޮށް ޕެޓްރޯލް ވިއްކަނީ 12.95 ލާރިއަށެވެ. މާލެއިން މިދުވަސްވަރު ޕެޓްރޯލް ވިއްކަނީ 9.40 އަށެވެ. އެސްޓީއޯއިން ހޯލްސޭލް ކުރާ ރޭޓަކީ ގާތްގަޑަކަށް 8.50 ލަރި ވަރު ކަމަށް ވެއެވެ.
މިއާއެކު ގަބޫލުކުރަން ޖެހެނީ ފުވައްމުލަކަށް ތެޔޮ ސަޕްލައި ކުރާ ފަރާތްތަކުގެ ޗާޖަކާއި، ރަށުން ޕެޓްރޯލް ވިއްކުމުގެ ޚިދުމަތް ދޭ މުވައްޒަފުންގެ ކަރަދުތަކާއި އެނޫންވެސް އިތުރު ޚަރަދުތަކެއް މިޚިދުމަތް ދިނުމަށް ހިނގާނެ ކަމެވެ.
ސްމާރޓް ފިއުލް އިން ޕެޓްރޯލް ހުސްމިވީ އަދި ޖުމްލަ ދެ ފަހަރު ކަމަށް ވަހީދު ވިދާޅުވިއެވެ. ފުރަތަމަ ފަހަރު އެމައްސަލަ ދިމާވީ ސަޕްލަޔަރުގެ އިހުމާލުން ކަމަށާއި އެހެންވެ އެމައްސަލަ ބަލައި އައު ސަޕްލަޔަރަކު ހޯދުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް ވިދާޅުވިއެވެ.
“ރޭގައި ޕެޓްރޯލް ހުސްވީ އެއިގެ ކުރީ ދުވަހު ފުވައްމުލަކަށް އަންނަން އޮތް ތެޔޮ ބޯޓަށް ދިމާވި މައްސަލައަކާ ހެދި ލަސްވުމުގެ ސަބަބުން” ކަމަށެވެ. ނަމަވެސް މިހާރު ބޯޓު އައިސް ޕެޓްރޯލް ލިބިފައިވާ ކަމަށާއި އަދި މިހާރު ވެސް އާއްމުންނަށް ޕެޓްރޯލް ދޫކުރަމުން ދާކަމަށް ވިދާޅުވިއެވެ.
ސްމާރޓް ފިއުލްއަށް މިފަހަރު ޕެޓްރޯލް ލިބުމުގައި ދިމާވި ކުޑަ ލަސްވުމާއި އާއި އެސްޓީއޯއިން ތެޔޮ ދޫކުރާ މިންވަރު ލިމިޓް ކުރުމާއި ވެސް ގުޅިފައިވާ ކަމަށް ވަހީދު ވިދާޅުވިއެވެ. އެއީ ހުރިހާ އެންމެންނަށް ވެސް އެސްޓީއޯއިން އަމަލުކުރި ގޮތެއް ކަމަށް ވެއެވެ.
މިކަލް ނޫހާއި ތަންކޮޅެއް ކުރިން ވާހަކަ ދެއްކި ސްމާރޓް ފިއުލްގެ ވެރިޔާ ހާމަކުރައްވާފައި ވަނީ ސްމާރޓް ފިއުލް އަކީ މަބޮޑު ފައިދާއެއް އެއިގެ ޒާތުން ލިބޭ ވިޔަފާރިއެއް ނޫންކަމަށާއި އެތަން ދޫކޮށްލުމަށް ވެސް ފަސްނުޖެހޭނެ ކަމަށެވެ.
ސިޔާސީ ނުފޫޒާއެކު ބައެއް ފަރާތަތްކުން ސްމާރޓް ފިއުލް ކުރިޔަށްގެންދާ އެޚިދުމަތް ދިނުމަށް ޕްރެޝަރުތަކެއް ކުރިކަން މިކަލް ނޫހަށް ވަނީ އެނގިފައެވެ.



ޚިޔާލުތައް