މިއަހަރުގެ ދެވަނަ ޓާރމް މެދު ބަންދަށް 3 ދުވަސް ކުރިން ރާއްޖޭގެ ސްކޫލްތައް ބަންދު ކުރީ މުޅި ރާއްޖޭގައި ފެތުރެމުންދިޔަ ސްވައިން ފްލޫ ރޯގާގެ ނުރައްކާތެރިކަން ބޮޑުވެގެންނެވެ. މިއަދު ވަނީ ދެވަނަ ފަހަރަށް އަލުން ސްކޫލަތައް ހުޅުވާފައެވެ. ފުވައމްުލަކުގެ ސްކޫލަތަކަށް ވެސް މިދިޔަ ހަފުތާގައި ހާޒިރުވެފައިވަނީ ވަރަށް މަދު އަދަދެއްގެ ކުދިން ކަމަށް ވެއެވެ.
އިތުރަށް ބަންދު ކުރި 3 ދުވަހަށް ފަހު ދެން އައީ ސްކޫލަތަކުގެ ޓާރމް މެދު ބަންދެވެ. އެއާއެކު އެއް ހަފުތާގެ ބަންދަކަށް ފަހު 26 މާރޗުގައި ސްކޫލްތައް ހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން އެންގިއެވެ. ނަމަވެސް ސްކޫލްތަކުގެ ބެލެނިވެރިންނާއި އާއްމުން ސުވާލު އުފައްދަމުން ދިޔައީ ދިމާވި ބަލިމަޑުކަމުގެ ރޯގާގެ ނުރައްކާތެރިކަން ކުޑަ ނުވަނީސް އަލުން ސްކޫލްތައް ހުޅުވުމަކީ ރައްކާތެރިކަމެއް ނޫންކަމަށް ބުނެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތައް ބަންދުކުރީ ސިޔާސީ ބޭނުމަކަށް ކަމަށް ތުހުމަތުކޮށް އެޑިއުކޭޝަން މިނިސްޓްރީއަށް ފާޑު ކިޔުންތައް އަމާޒުވިއެވެ.
އެއާއެކު ގާތްގަޑަކަށް %90 ބެލެނިވެރިން، ކުދިން ސްކޫލަތަކަށް ނުފޮނުވައެއްވެ. އެޑިއުކޭޝަން މިނިސްޓްރީން ދެވަނަ ދުވަހަކު ވެސް ބެލެނިވެރިން އަމަލުކުރާ ގޮތެއް ބެލުމަށް ސްކޫލަތަކުގެ ކިޔެވުން ކުރިޔަށް ގެންދިޔައެވެ. ނަމަވެސް ދެވަނަ ދުވަހުގެ ސްކޫލަށް ހާޒިރުވި ކުދިންގެ އަދަދު މާބޮޑު ތަންވެސް މަދުވެގެން ދިޔައެވެ.
އެއާއެކު އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތައް އަލުން ބަންދުކުރިކަން އަލުން އިއުލާން ކުރިއެވެ. ދެވަނަ ފަހަރަށް ބަންދު ކުރުމަށްފަހު އަލުން ސްކޫލަތަކުގެ ކިޔެވުން ފެށީ މިއަދު، 2 އޭޕްރީލް ގައެވެ. މިއަދު ގިނައަދަދެއްގެ ކުދިން ސްކޫލަތަކަށް ދިޔައެވެ. މުޅިން ސްވައިންފުލޫއިން ރާއްޖެ ސަލާމަތް ނުވިޔަސް ރައްކާތެރިކަމުގެ މިންގަނޑު 3 ން މިހާރު ވަނީ އެއްކޮށް އުވާލާފައެވެ.
ފުވައްމުލަކުގެ ގިނަ ސްކޫލަތަކުގެ މިއަދުގެ ހާޒިރީއަށް ބަލާއިރު އަދި ވެސް މުޅިން އާއްމު ސްކޫލް ދުވަހެކޭ އެއްވަރަށް ސްކޫލަށް ކުދިން ހާޒިރުނުވާކަމަށް ވެއެވެ. ކްލާހަކުން އެވްރެޖްކޮށް 5 ކުދިން 6 ކުދިން ވަރު މަދުކަމަށް ވެއެވެ. ފުވައްމުލަކުގައި ވެސް ހުމުގެ ރޯގާ އުޅޭ ކަމަށް ބައެއް ޓީޗަރުންނާއި ބެލެނި ވެރިން ބުނެފައި ވެއެވެ.
ނަމަވެސް ނިސްބަތުން ފުވައްމުލަކުގަިއ ސްވައިން ފްލޫގެ އަސަރު ކުޑަކމަށް ބެލެވެއެވެ.



ޚިޔާލުތައް