A wide advertisement which will be shown on all devices. (700 x 100)

ވަޒީފާދިނުމުގެ ކުރިން ސޯޝަލްމީޑިއާ ގައި ހަރަކާތްތެރިވާގޮތް މުރާޖައަކުރޭ

މައުލޫމާތު އަދި ފޮޓޯ: ވޯލްޑް އިކޮނޮމިކް ފޯރަމް

ސޯޝަލްމީޑިއާ މިއަދުވެފައިމިވަނީ ތިމާ ބޭނުން ކޮންމެ އެއްޗެއް ބޭނުން ގަޑިއެއްގައި އެއްވެސް ހުދޫދެއްނެތި ފާޅުކޮށްލެވޭ މީޑިއާއެއްގެ ގޮތުގައެވެ. މިފަދަ ޚިޔާލާއި ފިކުރުފާޅުކުރާއިރު މިކަމުގެ ސަބަބުން ތިމާގެ މުސްތަގުބަލާއިމެދު ވިސްނާލާމީހުން މަދެވެ. މިފަދަ ޚިޔާލާއި ޕޯސްޓްތަކާއި ފޮޓޯގެ ސަބަބުން ޕޯސްޓްކުރާމީހާގެ އަގުވެއްޓި ވަޒީފާއަށް ނުނަގާ ބާކީކުރާ ކުރުންވެސް މަދެއްނޫނެވެ. ވޯލްޑް އިކޮނޮމިކް ފޯރަމް އިން ރިސާޗް ކުންފުންޏެއްކަމަށްވާ ޔޫގޯވް ރިސާޗް އާއި ހަވާލީދީ ހާމަކޮށްފައިވާ ގޮތުން ވަޒީފާއަށް ނެގުމުގައި ކޮންމެ 5 މީހަކުން އެކަކު ބާކީވަނީ އޭނާ އިންޓަނެޓްގައި ޚާއްސަކޮށް ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓްގެ ސަބަބުންނެވެ. 

އެގޮތުން، ވަޒީފާ އަށް ކުރިމަތިލާ ފަރާތްތައް ޕޯސްކޮށްފައިވާ ފޮޓޯތަކާއި، ޕޯސްޓްތަކުގައި ބޭނުންކޮށްފައިވާ ބަސްމަގާއި، ޕޯސްޓްތަކުގެ ލިއުންތެރިކަން (ކުށްނުޖެހުމާއި، އިބާރާތްކުރުން) ބަލާކަމަށް 80 އިންސައްތަ ބޮޑެތި ކުންފުނިތަކުން ބުނެއެވެ. 

މި ދިރާސާއިން ދައްކާ ގޮތުގައި ވަޒީފާދޭ ފަރާތްތަކުން އެންމެ ބޮޑަށް ސަމާލުކަމެއްދީފައިވަނީ ހަރުކަށި ނުވަތަ ހަޑިހުތުރު ބަސްބޭނުންކޮށްފައިވާ މިންވަރެވެ. ދެވަނައަށް މަސްތުވާތަކެއްޗާއި ހަވާލާދީފައިވާ މިންވަރަށް ބަލާއިރު ތިންވަނައަށް ބަހުގެ ހަމަތަކާއި އިބާރާތްކުރުމާއި އިމްލާކުށަށް ބަލާފައިވެއެވެ. 

މައުލޫމާތާއި ފޮޓޯ: ވޯލްޑް އިކޮނޮމިކް ފޯރަމް

މަސްތުވެގެން ނަގާފައިވާ ފޮޓޯތަކަށްވުރެ ވެސް ބޮޑަށް ވަޒީފާދޭ ފަރާތްތަކުން ބަލާފައިވަނީ އިމްލާކުށަށް ކަމަށް ވޯލްޑް އިކޮނޮމިކް ފޯރަމް އިން ހާމަކުރެއެވެ. 

އިންޓަނެޓާއި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވެފައިވާ ގޮތް އާންމުކޮށް ބަލަމުންދަނީ ބޮޑެތި ކުންފުނިތަކުންނެވެ. ކުދި އަދި މެދުފަންތީގެ 60 އިންސައްތަ ކުންފުނިތަކުން ވަޒީފާ ދިނުމުގެ ކުރިން އިންޓަނެޓް ނުވަތަ ސޯޝަލްމީޑިއާގައި ކެންޑިޑޭޓުން ހަރަކާތްތެރިވެފައިވާ ގޮތްބަލާއިރު ބޮޑެތި ކުންފުނިތަކުގެ 80 އިންސައްތަ ކުންފުނިން 

ވަޒީފާ ދިނުމުގެ ކުރިން އިންޓަނެޓް ނުވަތަ ސޯޝަލްމީޑިއާގައި ކެންޑިޑޭޓުން ހަރަކާތްތެރިވެފައިވާ ގޮތްބަލައެވެ.  

އެހެންކަމުން ސޯޝަލްމީޑިއާ މިހާރުވެފައި މިވަނީ ބެކްގްރައުންޑް ޗެކުކުރުމާއި ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ފެންވަރު ވަޒަންކުރުމަށް މުހިންމު ވަސީލަތެއްގެ ގޮތުގައެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !