A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ކައުންސިލް މެންބަރުންގެ ހުވާ ކުރުމުގެ ރަސްމިައްޔާތު ކުރިޔަށް ދަނީ

ފުވައްމުލަކު ސިޓީ ކައުންސިލް މެންބަރުން ހުވާކުރުމަށް ކުރިޔަށްދާ ދަރުބާރު. ފޮޓޯ: އަބްދުﷲ ނާސިރު

އަލަށް އުފެދުނު ފުވައްމުލައް ސިޓީ ކައުންސިލް މެންބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ދާދި ދެންމެއަކު ފެށިގެން ކުރިޔަށް އެބަ ދެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހުވާ ކުރާނީ ފުވައްމުލަކު ސިޓީ ކައުންސިލަށް އިންތިޚާބުވެފައިވާ 3 ކައުންސިލަރުންނެވެ. އެއީ އުތުރު ދާއިރާއިން ހަމަދު އަބްދުﷲ، ޕީޕީއެމް އާއި މެދު ދާއިރާއިން މުހައްމަދު ޟިރާރު، އެމްޑީޕީ އާއި ދެކުނު ދާއިރާއިން އަބްދުﷲ ފަލާޙު ޝަރީފް، އެމްޑީޕީ އެވެ. ރާއްޖޭގެ އަނެއް
ދެ ސީޓީ ކައުންސިލކޭ އެއްގޮތަށް ފުވައްމުލައް ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް ލލިބިފައިވަނީ ސަރުކާރާއި އިދިކޮޅު އެމްޑީޕީ އަށެވެ.

މިއަދު ހުވާ ކުރާ 3 ކައުންސިލަރުންނަކީ ވެސް ކުރިން ފުވައްމުލަކު އަތޮޅު ކައުންސިލާއި އަވަށު ކައުންސިލްގައި ތަމްސީލުކޮށްފަިއވާ ފަރާތްތަކެކެވެ. އެގޮތުން ފަލާހު އަކީ އަތޮޅު ކައުންސިލްގެ ރައީސް އެވެ. އަދި ހަމަދު އަކީ އަތޮޅު ކައުންސިލް މެންބަރެކެވެ. މީގެ އިތުރުން ޟިރާރުއަކީ މިސްކިތްމަގު ކައުންސިލްގެ ރައީސެވެ. މިތިން މޫނަކީ ވެސް ފުވައްމުލަކު ރައްޔިތުންނަށް މިދާއިރާގައި އައު މޫނުތަކެއް ނޫނެވެ.

މިއަދުގެ ކައުންސިލް މެންބަރުންގެ ހުވާ ކުރުމާއިއެކު، ސްޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން ދިގުދެމިގެންދިޔަ، ފުވައްމުލަކު އަތޮޅު ކައުންސިލާއި ފުވައްމުލަކު 8 އަވަށު ކައުންސިލް މެންބަރުންގެ ދައުރު ނިމުމަކަށް އަންނާނެއެވެ.

އަވަށު ކައުންސިލްތަކުގައި ހުރި ބައެއް ލިޔެކިޔުންތައް ގޮތް ނޭގޭ ބަޔަކު މިއަދު ކޮންމެވެސް ތަނަކަށް ގެންދާ ކަމަށް ކުރީގެ ބައެއް ކައުންސިލަރުން ފޭސްބުކުގައި ހިއްސާކޮށްފައި ވެއެވެ.

މާދަޑު ކައުންސިލުން ވަނީ އެމީހުންގެ ވަދާއީ ބައްދަލުވުމެއް މީގެ ދެދުވަހެއް ކުރިން މާދަޑު އަވަށުގެ އާއމުންނާއެކު ބާއްވާފައެވެ.

ފުވައްމުލައް ސިޓީ ކައުންސިލް މެންބަރުންނާއެކު ފުވައްމުލަކަށް ކުރިއެރުމާއި ފާގަތިކަމަށް މިކަލް ނޫހުގެ ފަރާތުން އެދެމެވެ. އަދި އިންތިޚާބު ކާމިޔާބުކުރި 3 ކައުންސިލްރުންނަށް ވެސް މަރުހާބާ ދަންނަވަމެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !