އީއޯޕީ(އީސާ ޝަރީފް އޮންލައިން ޕޮއެޓްރީ) އާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން އާއްމުންނަށް ބޭއްވި ޅެންވެރިކަމުގެ ހުނަރުތައް ދަސްކޮށްދޭ ކޯހުގެ ނިންމުން ރޭ ބާއްވައިފިއެވެ.
ފުވައްމުލައް ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމުގައި ބޭއްވި މި ރަސްމިއަޔާތުގައި ކޯހުގެ ބައިވެރިންނާއި، ޚާއްސަ މެހުމާނުންގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ބައިވެރިވެފައި ވެއެވެ. މި ރަސައްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކީ މަޝްހޫރު ޅެންވެރިޔާ ފަރެސް އާމިރުއެވެ. ޜެގް ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓްތައް ބައްސަވައިދެއްވީ ފުވައްމުލައް ސިޓީ ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ނިޖާޙު އާއި ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސަިދުއާއި ފުވައްމުލަކު ޓީއާރުސީ ކޯޑިނޭޓަރ އަލި ޖަވާދުއެވެ.އީ

ރޭގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނު ފަރެސް އާމިރު ބައިވެރިންނާއި މުޚާތަބު ކުރައްވަނީ
ޅެންވެރިކަމުގެ ހުނަރުތައް ދަސްކޮށްދިން މިކޯސް ކުރިޔަށް ގެންގޮސްފައި ވަނީ އީއޯޕީގެ ފަރާތުން ފުވައްމުލަކަށް ވަޑައިގެން ބޭއްވި ފޭސް ޓު ފޭސް ކްލާސްތަކެއްގައެވެ. މުޅިން ހިލޭ ކުރިޔަށްގެންދިޔަ މި ކޯސް 46 ބައިވެރިން ފުރިަހަމަކޮށްފައި ވެއެވެ. މީގެތެރެއިން 20 އަށް ވުރެ ގިނަ ބައިވެރިން ވަނީ ފެންވަރު ރަނގަޅު ޅެންތަކެއް ހަދަން ފަށާފައި ކަމަށް ރޭގެ ރަސްމިއްޔާތުގައި އީސާ ޝަރީފު ފާހަގަ ކުރެއްވިއެވެ. އަދި އެގޮތުން ފާހަގަ ކުރެވުނު ބައެއް ޅެމުގެ ބައިތައް ރޭގެ ޖަލްސާގައި އަޑުއިއްވާލެވިއެވެ.
މިކޯހުގައި ޅެންވެރިކަމުގެ އަސާސީބައިތައް ދަސްކޮށް ދިނުމަށް ލެވެލް 1 އާއި އިންޓަރ މީޑިއޭޓް ހުނަރުތައް ދަސްކޮށްދިނުމަށް ލެވެލް 2 ވެސް ކުރިއަށް ގެންގޮސް، ނިންމާލާފައި ވަނީ 11 ދުވަހުން ކަމަށް މިކޯހުގެ ކަންކަމުގައި ފުވައްމުލަކުން އިސްވެ ހަރަކާތްރިވި ޝިމްލާ އިބްރާހިމް މިކަލް ނޫހަށް މައުލޫމާތު ދިނެވެ. މީގެ އިތުރުުން މިކޯސް ފުރިހަމަ ކުރި ބައިވެރިންގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ ބައިވެރިޔަކު ވެސް ހިމެނޭކަމަށާއި އެބައިވެރިޔާ ކޯހުން ހާސިލުކުރި މިންވަރު ވެސް ވަރަށް ރަނގަޅު ކަމަށް ޝިމްލާ ފާހަގަ ކުރިއެވެ.
މިކޯހުގައި ކިޔވައިދެއްވީ އީސާ ޝަރީފުގެ އިތުރުން ފަރެސް އާމިރުއެވެ.

އިސާ ޝަރީފުގެ އިއޯޕީން އަންނަނީ ރައްޖޭގެ ގިނަ ސަރަހައްދުތަކެއްގައި ޅެންވެރިކން ދަސްކޮށްދިނުމުގެ ކޯސްތަކެއް ހިންގަމުންނެވެ. ފޮޓޯ ފސސ
ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވުމަން ޝަރަފުވެރި މެހުމާނު އާމިރު (ފަރެސް) އެދިލެއްވީ އަދި މި ހިސާބުން މިކަން ނިންމާ ނުލެއްވުމަށެވެ. ޅެެންވެރިކަމުގެ ކުރިބޯއްޓާއި ހަމަޔަށް ވާސިލުވުމަށް ބަހުގެ ބާލާޣާތާއި ފާސާހަތު އެނގިގެން ދިއުން މުހިންމު ކަމަށެވެ. އެގޮތުން ކޯހުގެ ބައިވެރިންނަށް ކިޔަވާދެއްވުމުގައި އެބައިބަޔަށް ވެސް ކޮންމެ ވެސް ވަރަކަށް އަލިއަޅުވާލެވިފައިވާ ކަމަށެވެ. އަދި ޅެން ހެދި ވަރަކަށް އެފަންނަށް މޮޅުވާނެ ކަމަށެވެ.

ޅެން ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ޑީޖީ ނިޖާވު ވާހަކަ ދައްކަވަނީ
ފުވައްމުލައް ސިޓީ ކައުންސިލުގެ ފަރާތުން ވާހަކަ ދައްކަވަމުން ޑިރެކްޓަރ ޖެނެރަލް އަހުމަދު ނިޖާހު ވިދާޅުވީ ޅެންވެރިކަމުގެ ފަންނު ފުވައްމުލަކުގައި ކުރިއެރުވުމަށް މިކުރެވޭ މަސައްކަތުގެ ތެރެއިން މުސްތަގުބަލުގައި ފުވައްމުލަކުގެ އެކިއެކި ކަންކަމަށް ބޭނުންވާ ޅެމާއި ލަވަޔާއި މަދަހަ ފުވައްމުލަކުގެ ބިމުން އުފެއްދިގެން އަންނަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.
“ރޯޒްލައިން“ސްޕޮންސާޝިޕްގައި ކުރިޔަށް ގެންދިޔަ މިކޯހުގެ އެޑްވާންސް ބުރެއް މުޅިން ހިލޭ ބޭއްވުމަށް ތައްޔާރުކަމަށް ސިޓީ ކައުންސިލާއި ބައިވެރިން އަދި އީއޯޕީން ވަނީ ބުނެފައެވެ.
ފުވައްމުލަކުގައި ބާއްވާ ލަވަ، ޅެން އަދި މަދަޙަ ފަދަ މުބާރާތްތަކުގައި ފުވައްމުލަކުގެ ޅެންވެރިންގެ ޅެންތައް ހިމެނުމަށް ފުރުސަތު އިތުރުކޮށްދިނުމުގެ ގޮތުން ކޯޓާއެއް ކަނޑައަޅަން ފެންނަ ކަމަށް ކޯހުގެ ބައިވެރިންގެ ފަރާތުން ޝާހީނު މުހައްމަދު ހުށަހެޅުއްވިއެވެ.

ޅެންކޯހުގެ ބައިވެރިންގެ ފަރާތުން ޝާހިން އީސައަށް އަރުވާ ހަދަިޔާއެއް
އީއޯޕީގެ ފަރާތުން ފުވައްމުލަކުގައި ބޭއްވި ކޯހުގެ ބައިވެރިންގެ ޅެންތަކަށް ޚާއްސަ ޅެންފޮތެއް ނެރުމަށް ވިސްނަވައި އެފޮތަށް ބައިވެރިންގެ ޅެން ހުށަހެޅުމުގެ ދައުވަތު ވެސް މިރޭ އީސާ ޝަރީފު ބައިވެރިންނަށް ދެއްވިއެވެ. މީގެ އިތުރުން ފުވައްމުލަކުގައި ޅެން ހެދުމުގެ މުބާރާތެއް ބޭއްވުމުގެ ވާހަކަ ވެސް މިރޭ ހުށަހެޅިގެން ދިޔައެވެ.

ޅެން ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. 10 އޮކްޓޯބަރ 2020. ފޮޓޯ ފސސ
މީގެ ކުރިން ވެސް ‘ސްކޫލް މަލަސް’ ގެ ނަމުގައި ފުވައްމުލަކު ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ވެސް ޅެން ހަދަން ދަސްކޮށް ދޭ ކޯސް އީއޯޕީން ކުރިޔަށް ގެންގޮސްފައި އެވެ.
މަލަސް ގެ ނަމުގައި އީސާ ޝަރީފު (އީސަ) ވަނީ ރާއްޖޭގެ އުތުރުން ފެށިގެން ދެކުނުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ހިލޭ ޅެންވެރިކަމުގެ ހުނަރުތައް ދަސްކޮށްދޭ ގިނަ ކޯސްތަކެއް ހިންގފައެވެ. އެގޮތުން ކޯސްތައް ހިންގާތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެއެވެ.

ޅެން ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން.



ޚިޔާލުތައް