A wide advertisement which will be shown on all devices. (700 x 100)

ފްލައިމީން މާލެއިން ރަށަށް، ކޮޅަކަށް 888ރ. ގެ ފެއަރ

ފްލައިމީގެ ޚާއްސަ ފެއަރ ފުވައްމުލަކާއި އަައްޑުއަށް ކޮޅަކަށް 888 ރ.

ފްލައިމީގެ ދަތުރުތައް އަލުން ފުވައްމުލަކަށާއި އައްޑުއަށް ފަށަން ތައްޔާރުވަމުން އަންނައިރު، ކޮޅަކަށް 888 ރުފިޔާގެ ފެއަރ އެއް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މި ޖޫން މަހު 15ގައި ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެކުންފުނީގެ
މެނޭޖިން ޑިރެކްޓަރ އަބްދުﷲ ނާޝިދު މީޑިއާއަށް މައުލޫމާތު ދެއްވިއެވެ.

މާލެއިން ފުވައްމުލަކަށް އަދި މާލެއިން އައްޑުއަށް ވެސް މިފެއަރގައި ކޮޅަކަށް ހަމަޖެހިފައިވާ އަގަކީ 888 ރުފިޔާ ކަމަށާއި އިތުރު ފެއަރތަކުގެ އަގުތައް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

މިކަލް ނޫހަށް ލިބިފައިވާ ޔަގީން ނުކުރެވޭ ބައެއް މައުލޫމާތުތަކުން އެނގޭ ގޮތުގައި އިތުރު ފެއަރއެއްގެ ގޮތުގައި ކޮޅަކަށް 999 ރުފިޔާ ވެސް ހުޅުވާލާނެ ކަމަށް ވެއެވެ. އަދި ދަތަރުތައް ފެށުމާއެކު ޝެޑިއުލްކޮށް ކޮންމެ ދުވަހަކު އެއް ފްލައިޓް ފުވައްމުލަކާއި އައްޑުއަށް ވެސް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ނާޝިދު ވިދާޅުވެފައި ވެއެވެ.

މިހާރު ފުވައްމުލަކަށް ދަތުރުކުރަމުން އަންނަނީ މޯލްޑިވިން އިން އެކަންޏެވެ. ވިލާ އެއަރގެ ފްލައިމީ ދަތުރުތައް ހުއްޓާލުމާއެކު މޯލްޑިވިއަންގެ ޚާއްސަ ފެއަރ، 999 ރ. ގެ ޓިކެޓް އަދަދު މަދުވެ އާއްމުންނަށް ހެޔޮއަގުގައި ޓިކެޓު ލިބުމުގައި ދަތިތަކެއް ހުންނަކަމުގެ ޝަކުވާތައް އައީ ގިނަވަމުންނެވެ.

ފްލައިމީގެ މި ނޯޓިސް އާއިއެކު ސޯޝަލް މިޑީއާގައި އައްޑުއާއި ފުވައްމުލަކުގެ މީހުން އަންނަނީ މޯލްޑިވިއަންގެ މޮނޮޕޮލައިޒްޑް މާކެޓުގައި މިދޭތެރޭގެ ޓިކެޓުގެ އަގުތަކަށް  ހެޔޮ ބަދަލުތަކެއް އަންނަ ކަމުގައިބުނެ އުފާ ފާޅުކުރަމުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !