A wide advertisement which will be shown on all devices. (700 x 100)

ގަވާއިދާ ޚިލާފަށް ފުވައްމުލަކު ގޮނޑުދޮށުން ނަގާފައިވާ ދޮންވެލި ތަކެއް އަނބުރާ ގޮޑުދޮށަށް އަޅާލައިފައި

ގަވާިއދާއި ޚިލާފަށް ނަގާފައި ގެއެއްގެ ތެރޭގައި ބަހައްޓާފައި ހުއްޓާ ފެނުުނު ވެލިތައް. ފޮޓޯ:ފސކ

ގަވާއިދާ ޚިލާފަށް ފުވައްމުލަކު ގޮނޑުދޮށުން ނަގާފައިވާ ދޮންވެލި ތަކެއް އަނބުރާ ގޮޑުދޮށަށް އަޅާލައިފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

މި ދޮންވެލި ބަސްތާތައް ފެނިފައި ވަނީ އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދާ ތަނެއްގެ ތެރެއިންނެވެ. މިއަދު ފެނިފައި ވަނީ ވެލިފުނި ބަސްތާތަކަށް އަޅައިގެން ގެންގޮސް ގޮޑުދޮށަށް އަޅާލާފައި ވަނީ ފުވައްމުލައް ސިޓި ކައުނސިލްގެ މުވައްޒަފުންނެވެ.  މއިަދު ފެނުނު ދޮންވެލިގައި 35 ބަސްތާ ހުރިކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

މި އަހަރު މެއި މަހާއި ޖޫން މަހުގައި ވެސް ސިޓީ ކައުންސިލުން ވަނީ ރަށުގެ އެކި ހިސާބުތަކުން ފެނުނު، ގަވާއިދާއި ޚިލާފަށް ނަގާފައިވާ ދޮންވެލި ބަސްތާތަކެއް ޕިކަޕްގައި ގެންގޮސް ގޮނޑުދޮޑަށް ހުސްކޮށްލާފައެވެ.

ގާވާީދާއި ޚިލާފަށް މި ވެލިތައް ނަގާފައިވަނީ ދަޑިމަގު ފަންނުން ކަމަށް ބައެއް މީހުން ބުނެއެވެ.
ރަށް ގިރުމުގެ ނުރައްކަލުން ފުވައްމުލައް ސިޓީ ހިމާޔަތް ކުރުމަށްޓަކައި ފުވައްމުލަކުގެ ގޮޑުދޮށުން އެއްވެސް މިންވަރަކަށް ވެލި ފަދަ ތަކެތި ނެގުން ވަނީ މަނާ ކުރެވިފައެވެ. ގަވާއިދާ ޚިލާފަށް ވެލި ނަގާނަމަ އެކަން ފުވައްމުލައް ސިޓީ ކައުންސިލް ހޮޓްލައިން 1618 އަށް ގުޅުއްވައި މައުލޫމާތު ޙިއްސާ ކޮށްދެއްވުމަށް ސިޓީ ކައުންސިލުން އެދެމެވެ.

ފުވައްމުލަކު ގޮނޑުދޮށުން ވެލިނެގުން ހުއްޓުވުމަށް ރައްޔިތުން ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރުދަންނަވާ ކަމަށް މިއަދު ސިޓީ ކައުންސިލުން ހާމަކޮށްފައި ވެއެވެ.

ގަވާިއދާއި ޚިލާފަސ ްނަގާފައި ހުއްޓާ މިއަދު އަލުން ގޮޑުދޮށަށް ވެލިތައ އަނބުރާ އެޅުމުގެ މަސަކަތް ކުރަމުން ދަނީ.

ގަވާއިދާއި ޚިލާފަށް ވެލި ނަގާމީހުން ވެލި ނަގަނީ ވިއްކުމަށެވެ. އެގޮތުން ރަށުގައި މަސައްކަތް ކުރާ ތަންތަނުގައި ބޭނުންކުރަނީ ކޮންގޮތަކުން ހޯދާފައިވާ ވެލިތޯ ބަލައިގެން ނޫނީ މިފަދަ އަމަލުތައް ހުއްޓުވުން ދުރުކަމަށް ގިނަބަޔަކު ބުނެއެވެ. ދޮންވެލީގެ އިތުރުން ކަށިވެއްޔާއި ތުނޑި އޮފްވެލި ވެސް ދޭތެރެ ދެތެރެއިން ގޮނުދޮށުން ނަގާކަން އާމުންނަށް ފާހަގަ ކުރެވިފައި ވެއެވެ.

ފުވައްމުލަކު ގޮނޑުދޮށުން ވެލިނަގާފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ފުވައްމުލައް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !