A wide advertisement which will be shown on all devices. (700 x 100)

އަލްޖަޒީރާ ހުއްޓާލުމަށް ގޮވާލި ގޮވާލުމާއި ދެކޮޅަށް މީޑިއާތައް

ސައުދީ އިސްވެއޮވެ ހުށަހެޅި 13 ޕޮއިންޓްގެ ތެރޭގައި 1996 ވަނަ އަހަރު ލޯންޗުކުރި އަލްޖަޒީރާ ހުއްޓާލުންވެސް ހިމެނޭ، ފޮޓޯ؛ އަލްޖަޒީރާ

ދުނިޔޭގެ މީޑިއާތަކާއި މީޑިއާ ތަމްސީލުކުރާ ޖަމިއްޔާ ތަކުން އަލްޖަޒީރާ ބަންދުކުރުމަށް ގަތަރަށް ކުރި ޑިމާންޑާއި ދެކޮޅުކަން ހާމަކުރަމުން އެބަދެއެވެ. އެގޮތުން، ދުނިޔޭގެ 80 އަށްވުރެ ގިނަ މީޑިއާ ތަމްސީލުކުރާ ޑިޖިޓަލް ކޮންޓެންޓް ނެކްސްޓް އިން އަލްޖަޒީރާއަށް ބަންދުކުރުމަށް ގޮވާލި ގޮވާލުމާއި ދެކޮޅުކަން ހާމަކޮށްފިއެވެ.

“ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ މިނިވަން މީޑިއާއި ނޫސްވެރިން ހިމާޔަތްކުރުމަކީ ވަރަށް މުހިންމުކަމެއް، އެފަދަ މުއައްސަސާތަކާއި ނޫސްވެރިންގެ އަޑުކަނޑުވާލަން މަސައްކަތްކުރުމަކީ މިނިވަންކަމަށް ކުރެވޭ ގޯނާއެއް” ޑިޖިޓަލް ކޮންޓެންޓް ނެކްސް އިން މިދިޔަ ހޯމަ ދުވަހު ހާމަކުރިއެވެ.

ޑިޓިޓަލް ކޮންޓެންޓް ނެކްސްޓްގެ އިތުރުން ދަކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް އާއި ހިއުމަން ރައިޓްސް ވޮޗް އާއި ރިޕޯޓާސް ވިތްއައުޓް ބޯޑާސް އާއި ނިއުޔޯކް ޓައިމްސް އެޑިޓޯރިއަލް ބޯޑާއި ދަ ގާޑިއަން އިންވެސް އަލްޖަޒީރާ ހުއްޓާލުމަށް ގަތަރަށް ސައުދީ އިސްވެއޮވެ އަރަބި ބައެއް ގައުމުތަކުން ކުރާފިއްތުންތައް ކުށްވެރިކުރިއެވެ. 

އަލްޖަޒީރާއިން ސިފަކުރާ ގޮތުގައި އަލްޖަޒީރާ ހުއްޓާލުމަށް ގޮވާލާ ގޮވާލުމަކީ މެދުއިރުމަތީގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނަގާލުމަށާއި މައުލޫމާތު ހޯދާލިބިގަތުމުގެ ހައްގު ނިގުޅައިތުމެވެ. 

ސައޫދީ އަރަބިއާ އިސްވެއޮވެ ގަތަރާއި ޖޫން މަހު 5 ވަނަ ދުވަހު ގުޅުން ކަނޑާލުމަށްފަހު އޭގެ ދެހަފުތާއަށްވުރެ ގިނަ ދުވަސްފަހުން މިދިޔަ ހުކުރު ދުވަހު (23 ޖޫން) ވަނަ ގަތަރަށް ހުށަހެޅި 13 ޕޮއިންޓްގެ ތެރޭގައި އަލްޖަޒީރާ ބަންދުކުރުން ހިމެނެއެވެ. އިތުރަށް ވާހަކަނުދެއްކޭނެ (ނަންނެގޯޝީއަބަލް) މިކަންތައްތަކަށް ސުންގަޑިއެއްގެ ގޮތުގައި ހުށަހަޅާފައިވަނީ އެންމެ 10 ދުވަހެވެ. 

ރޮއިޓާސް އާއި އެސޯސިއޭޓެޑް ޕްރެސް އިން ހާމަކުރާ ގޮތުގައި ގަތަރުން ސީދާގޮތުންނާއި ނުސީދާގޮތުން އެހީވެދޭ ހުރިހާ މީޑިއާ އޭޖެންސީތައް ހުއްޓާލުމަށްވެސް ސައޫދީ އިސްވެ ހުށަހެޅި ހުށަހެޅުންތަކުގައިވެއެވެ. އެމީޑިއާތަކުގެ ތެރޭގައި އަރަބި 21، އަލް އަރަބީ އަލް ޖަދީދު، މެކަމެލީން، އަދި މިޑްލްއީސްޓް އައި ހިމެނެއެެވެ. 

ސައޫދީ އަރަބިއާއާއި ދިވެހިރާއްޖެ ހިމެނޭ 11 ގައުމަކުން ވަނީ ގަތަރާއި ގުޅުން ކަނޑާލާފައެވެ. 

މައުލޫމާތު: އަލްޖަޒީރާ

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !