A wide advertisement which will be shown on all devices. (700 x 100)

މޯލްޑިވިއަންގެ ޢީދު ހަދިޔާ ފުވައްމުލަކުން ލިބުނީ ނިއުސަން ސަޢީދަށް

ފުވައްމުލަކުން މޯލްޑިވިއަންގެ ޢީދު ހަދިޔާ ލިބުނު ނިއު ސަން ސަޢީދު

މިއަހަރުގެ ފިޠުރު ޢީދާއި ދިމާކޮށް މޯލްޑިވިއަންނުން ހަދިޔާއެއްގެ ގޮތުގައި ޢީދު ދުވަހު މޯލްޑިވިއަންގެ ފްލައިޓުގެ ދަތުރުވެރިންގެ ތެރެއިން ނަސީބުވެރިން ހޮވައި އިނާމު ދީފިއެވެ. އެގޮތުން މިމަހު 25 ވީ ޢީދު ދުވަހު ފުވައްމުލަކުން މާލެއައި ދަތުރުވެރިންގެ މެދުގައި ނެގި ގުރުއަތަކުން އިނާމު ލިބުނީ ފުވައްމުލަކު ނިއުސަން މުޙައްމަދު ސަޢީދަށެވެ.

މިކަން އެނގުނީ ދަތުރު ނިންމަން އެއަރޕޯރޓުގައި ބޯޓު ޖެއްސުމައްފަހު ނަސީބުވެރިޔާ އިއުލާންކޮށް ޢީދު ހަދިޔާގެ އިނާމު ހަދިޔާ ދިނުމުންނެވެ. އެއިގެ ކުރިން މިކަން އޮތީ ސިއްރެއްގެ ގޮތުގައެވެ.

އިނާމެއްގެ ގޮތުން ސައީދަށް ލިބުނީ މޯލްޑިވިއަންގެ ޑޮމެޓިކް މަންޒިލަކަށް ދަތުރު ކުރުމަށް ދެކޮޅު ޓިކެޓެވެ. މޯލްޑިވިއަނުން ހާމަކުރި ގޮތުގައި މިފަހަރު ޢީދު ހަދިޔާގެ ގޮތުގައި 50 ފަރާތެއް ވަނީ ގުރުތަން ހޮވައި އިނާމު ދީފައެވެ.

އެހެން އަހަރު ތަކާ ޚިލާފަށް މިއަހަރުގެ ފިތުރު ޢީދުގައި ރާއްޖޭގެ ބޮޑެތި ބައެއް ކުންފުނިތަކުން ވަނީ ޢީދު ހަދިޔާ ދީފައެވެ. އެގޮތުން އެސްޓީއޯ އާއި ދިރާގު އުރީދޫ ހިމެނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !