ރައްޔިތުންގެ މަޖުލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖުލީހަށް ދާދި ދެންމެއަކު ވައްދައިފިއެވެ. ތިންވަނަ ފަހަރަށް ވެއްދި މައްސަލާގައި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހުގެ ސޮއި ވެސް ހިމެނެއެވެ. ޖުމްލަ 45 މެންބަރުންގެ ސޮޔާއިއެކު މައްސަލަ މަޖުލީހަށް މިއަދު ވެއްދުމުގަިއ އިސްކޮށް އުޅުއްވީ ޕީޕީއެމްގެ ރައީސް މައުމޫނު ފެކްޝަނުގެ ބޭފުޅުންނާއި ޖުމްހޫރީ ޕާޓީގެ މަޖުލިސް މެންބަރުންނެވެ.
ޚަބަރުތައް ބުނާ ގޮތުގައި މަޖުލީހަށް މިފަހަރު މައްސަލަ ވެއްދުމަށް ޕީޕީއެމް ކޯލިޝަނުގެ 9 މެންބަރަކު ވަނީ ސޮއިކޮށްފައެވެ. އޭގެތެރޭގައި ކުރިން ޖުމްހޫރީ ޕާޓީގެ މެންބަރަކަށް ހުރި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމު އަޙުމަދާއި ތިނަދޫ އުތުރު އަދި ދެކުނު ދާއިރާގެ ދެމްނެބަރުން ވެސް ހިމެނެއެވެ.
ވީއެފްޕީ އިން އާއްމުކޮށްފައިވާ ލިސްޓުގައި ވާ މެންބަރުން.
1.ހަނިމާދޫ ދައިރާގެ މެންބަރު ހުސައިން ޝަހުދީ
2. ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު
3. ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު
4. މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު
5. ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު
6. މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން
7. ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ
8. ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު



ޚިޔާލުތައް