A wide advertisement which will be shown on all devices. (700 x 100)

އިގިރޭސި ހައްދުފަހަޅާފައިވާ ފަރާތްތައް ފައިސާ ހޯދަނީ ސައޫދީން ކަމަށް ވާތީ އެރިޕޯޓް އާންމުނުކުރެވި

އިގިރޭސި ބޮޑު ވަޒީރު ތެރޭސާ މޭ: އިގިރޭސި ހައްދުފަހަޅާފައިވާ ފަރާތްތަކުން އެންމެގިނައިން ފައިސާހޯދަނީ ސައޫދީންކަމަށް ރިޕޯޓުން ހާމަވާތީ އެރިޕޯޓް އާންމުނުކޮށް ހިފެހެއްޓިކަމުގެ ތުހުމަތުކުރެވޭ

އިގިރޭސިވިލާތުގެ ހައްދުފަހަޅާފައިވާ ފަރާތްތަކުން ފައިސާ ހޯދާ ގޮތާއި ގުޅޭގޮތުން ތައްޔާރުކުރެވުނު ރިޕޯޓް އިގިރޭސި ބޮޑުވަޒީރު ތެރޭސާ މޭ އާންމު ނުކޮށް ހިފަހައްޓާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރެއެވެ. މޭ މިރިޕޯޓް އާންމުނުކުރާ ސަބަބެއް ކަމަށް ބެލެވެނީ އެފަރާތްތަކަށް އެންމެ ބޮޑެތި އެހީތަކެއް ވަމުންދަނީ ސައޫދީން ކަމަށްވާތީ ކަމަށް ވެސް ތުހުމަތުކުރެއެވެ. 

މިރިޕޯޓް އެކިލަވާލަން ހުށަހަޅާފައިވަނީ ޑޭވިޑް ކެމަރަންގެ ބޮޑު ވަޒީރުކަމުގެ ދައުރުގައި މިދިޔަ އަހަރުއެވެ. ހޯމް އޮފީހުން މި ރިޕޯޓް ތައްޔާރުކޮށްފައިވާއިރު އޭރުގެ ހޯމް ސެކްރެޓްރީ އަކަށް ހުންނެވީ މިހާރުގެ ބޮޑު ވަޒީރު ތެރޭސާ މޭ އެވެ.

އިގިރޭސި ގްރީން ޕާޓީގެ ކޯލީޑަރު ކަމަށްވާ ކެރޮލިން ލޫކަސް ތުހުމަތު ކުރައްވާ ގޮތުގައި ހޯމް އޮފީހުން ކުރިއަށް ކުރިއަށްގެންދިޔަ މިރިޕޯޓް އާންމުކުރުމަށް ދަތިވެފައިވަނީ އެއިންވެސްޓިގޭޝަނުގެ ފޯކަސް ސައޫދީ އަރަބިއާއާއި ދިމާލަށް ގޮސްފައިވާތީ ކަމަށެވެ. 

“ރިޕޯޓް އާންމު ކުރެއްވުމުގެ ނިންމުން ނިންމެވުމުގައި ޒިންމާވަނީ ބޮޑުވަޒީރު” ހޯމް އޮފީހާއި ރިއާސީ އޮފީސް (ޑޯނިން ސްޓްރީޓް) އިން ލޫކަސް އަށް ލިއުމުން ޖަވާބު ދެއްވަމުން ބުނެފައިވެއެވެ.

ސައޫދީ އަރަބިއާ އަކީ އިގިރޭސިވިލާތުގެ އެކްޕޯޓް މާރުކޭޓްގެ އެންމެ ބޮޑު ހިއްސާއެއް ވާފަރާތެވެ. އެގޮތުން، 2015 ވަނަ އަހަރު 8 ބިލިއަން ޑޮލަރުގެ ތަކެތި ސައޫދީއަށް އެކްސްޕޯޓް ކުރެވުނެވެ. ސައޫދީއަށް އެންމެ ގިނަ ހަގުރާމަވެރި ހަތިރާމު ވިއްކާ ގައުމަކީވެސް އިގިރޭސި ވިލާތެވެ. ފާއިތުވީ 3 އަހަރު ތެރޭ 4.7 ބިލިއަން ޑޮލަރުގެ ހަތިޔާރު ސައޫދީ އަށް އިގިރޭސިވިލާތުން ވިއްކާފައިވެއެވެ. ނަމަވެސް، ގިނަ ފަރާތްތަކަކުން ދަނީ ސައޫދީއަށް ހަގުރާމަވެރި ހަތިޔާރު އިގިރޭސިން ވިއްކާތީ އެކަމާއި ނުރުހުން ފާޅުކުރަމުންނެވެ. ސަބަބަކީ އިންސާނީ ހައްގުތައް ގެއްލޭގޮތަށް އެހަތިރާމު ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭތީއެވެ. ޙާއްސަކޮށް ޔަމަނު ހަގުރާމައިގައި އެތަކެތި ބޭނުންކޮށްފައިވާއިރު އެހަގުރާމައިގައި އިންސާނީ ހައްގުތަކަށް އަރާގެންފައިވާތީއެވެ.

އިގިރޭސި ހައްދުފަހަނަޅާފައިވާ ފަރާތްތަކަށް ސައޫދީން ފަންޑުކުރާ ކަމަށް ތުހުމަތު ކުރެވޭއިރު ސައޫދީން ދަނީ ގަތަރަށް އެފަދަތުހުމަތުތަކެއްކޮށް ދަތިކުރުމުގެ ފިޔަވަޅުއަޅަމުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !