ކަރަންޓް މައްސަލައަށް އެންމެ އެދެވޭ ބަދަލެއް ނެތްކަމަށް ބުނެ ޕީޕީއެމް ޕީޖީ ވައިބާ ގްރޫޕުގައި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ނުރުހުން ފާޅުކޮށްފިއެވެ. ވީއެފްޕީ އިން ލީކުކޮށްފައިވާ ވައިބާ ލޮގުތަކުގައިވާ ގޮތުން އަލީ ފަޒާދު ހިތްހަމަ ނުޖެހުން ފާޅުކޮށް ކަރަންޓް ބިލެއްވެސް ވަނީ ޕޯސްޓްކޮށްފައެވެ. އެ ބިލާއެކު ފަޒާދު ވިދާޅުވީ 16000 ރުފިޔާ އަރާ ބިލަކަށް ކަންކަން ނިމުނު އިރު އުނިވީ އެންމެ 500 ރުފިޔާ ކަމަށެވެ. އެއީ އެންމެ ތިން އިންސައްތަ ކަމަށް ވެސް ފަޒާދު ވިދާޅުވިކަމަށް ލީކުވެފައިވާ ވައިބާ ލޮގުތަކުގައިވެއެވެ.
ފަޒާދު އިތުރަށް ވިދާޅުވީ ޑިއުޓީ ކުޑަކޮށްގެން 140 މިލިޔަން ރުފިޔާ އަހަރަކު ދައުލަތަށް ލިބޭޢ އާއްމުދަނީ ކުޑަވާ އިރު ބައެއް މަޝްރޫއުތައް ހުއްޓާލަން ޖެހޭނެ ކަމަށެވެ. ނަމަވެސް ކަރަންޓު ބިލުން އެ އުފާވެރިކަން ނުލިބޭ ކަމަށް ފަޒާދު ވިދާޅުވިއެވެ.
ކަރަންޓާ މެދު މެންބަރު ފަޒާދު ހިތްހަމަ ނުޖެހުން ފާޅު ކުރެއްވި އިރު ކަރަންޓު އަގު ހެޔޮ ކުރުމުން ހުރިހާ މެންބަރުން ރައީސް އަބްދުﷲ ޔާމީނަށް ޝުކުރު ދަންވަމުން ގެންދެވި އިރު މާފަންނު ދެކުނު ދާއިރާގެ އަބްދުﷲ ރިފާއުއާއި ފޭދޫ ދައިރާގެ މެންބަރު އިބްރާހީމް ދީދީ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.



ޚިޔާލުތައް