މިނިސްޓްރީ އޮފް ހެލްތު އިން ކުރިއަށްގެންދާ “މޯލްޑިވްސް ޑިމޮގުރަފިކް އެންޑް ހެލްތު ސާރވޭ” ފުވައްމުލަކުގައި މިއަދު ފަށައިފިއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ވިދާޅުވީ ބައިނަލް އަގުވާމީ ފެންވަރެއްގައި، އާބާދީ އާއި ސިއްހަތާއިގުޅުން ހުރި މިންގަނޑުތަކާއި އާބާދީގެ މައިގަނޑު ސިއްހީ ހާލަތާއި ހިދުމަތްތަކުގެ ހާލަތު ދެނެގަތުމައްކުރާ ސާވޭ އެއް ކަމަށެވެ. އަދި މިސާރވޭ ފުވައްމުލަކުގައި ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މިއަދުން ފެށިގެން 36 ދުވަހުގެ މުއްދަތަށްކަމަށް ހެލްތު މިނިސްޓްރީ އާއި ހަވާލަދީ ފުވައްމުލަކު ސިޓީ ކައުންސިލުން ވިދާޅުވިއެވެ.
މިސާރވޭ ކުރަން ހަމަޖެހިފައިވަނީ މިރަށުގެ 275 ގޭބިސީގެ ތެރެއިން 15 އަހަރާއި 45 އަހަރާއި ދެމެދު އަންހެނުންނާއި ފިރިހެނުންނަށް ކަމަށް ހެލްތުމިނިސްޓްރީ އިން ވިދާޅުވިއެވެ.
+1
+1



ޚިޔާލުތައް