A wide advertisement which will be shown on all devices. (700 x 100)

ޝާހާއި ގާރީ ފިޔަވައި މަސީހާއި ދެކޮޅަށް ސޮއިކުރެއްވި ޕީޕީއެމް މެމްބަރުން ޕީޕީއެމް އިން ވަކިވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދޭން ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ހުށަހެޅުމާއިއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމަށް ސޮއި ކުރެއްވި މެމްބަރުންތައް ފުލުފުލުގައި ޕީޕީއެމް އިން ވަކިވާން އެދެންފަށައިފިއެވެ. މަސީހާ ދެކޮޅަށް ސޮޮއިކުރެއްވި މެމްބަރުންގެ ތެރެއިން ޕީޕީއެމް އިން ވަކިނުވެ މިހާރު ތިއްބެވީ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމް (ގާރީ) އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެކަންޏެވެ. މަސީހާއި ދެކޮޅަށް ސޮއިނުކުރާ ކަމަށް ގާރީ ވިދާޅުވި ނަމަވެސް، ޝާހު އެކަމާއި ގުޅޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ.

ޕީޕީއެމް ދޫކޮށްލެއްވި މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން މި ވަގުތު ތިއްބެވީ ރާއްޖެ އިން ބޭރުގަ އެވެ. މަސީހާ ދެކޮޅަށް ނުކުންނެވި އެ މެމްބަރުން އަނބުރާ ޕާޓީއަށް ގެނެވޭތޯ ރައީސް ޔާމީނާއި ޕާޓީގެ އިސް އެހެން ބައެއް ބޭފުޅުން ކުރަައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ނަތީޖާއެއް އަދި ނުފެނެ އެވެ. އޭގެ ބަދަލުގައި އެ ބޭފުޅުުން އެންމެ ފަހުން ޕާޓީ ދޫކޮށްލެއްވުމަކީ ސަރުކާރަށް ދިން ވަރަށް ސާފު މެސެޖެއް ކަމަށް، އޭގެ ތެރެއިން ބައެއް މެމްބަރުން ވިދާޅުވި އެވެ.

ފުލުފުލުގައި ޕީޕީއެމްގެ މެމްބަރުން ޕާޓީއިން ވަކިވުމަށް އެދެންފެށުމާއިއެކު ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް އަށް ލިބިފައި އޮތް މެޖޯރިޓީވެސް މިހާރު ވަނީ ގެއްލިއްޖެއެވެ.

ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކުރި ނަމަވެސް ގޮނޑި ގެއްލޭ ގޮތަށް މިއަދު އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ވެއްދި ދުސްތޫރީ މައްސަލަ ވަނީ ބަލައިގެންފަ އެވެ. މީގެ ކުރިން ދުސްތޫރީ ހުރިހާ މައްސަލައެއް އެ ކޯޓުން ބެލީ އޭރަކު އޮންނަ ފުލް ބެންޗުން ނަމަވެސް މިއަދު ޝަރީއަތް ބޭއްވީ އެންމެ ތިން ފަނޑިޔާރުންނާ އެކުގަ އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !