A wide advertisement which will be shown on all devices. (700 x 100)

ޖުމްހޫރީ ދުވަހުގެ ޚާއްސަ ޖަލްސާ ފުވައްމުލައް ސިޓީގައި ބޭއްވީ ބްލެންޑެޑް މޯޑްގައި

ބްލެންޑެޑްކޮށް ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާ 11 ނޮވެމްބަރު 2020

މި އަހަރުގެ ޖުމްހޫރީ ދުވަސް (11 ނޮވެމްބަރު) ފާހަގަ ކުރުމުގެ ގޮތުން ފުވައްމުލައް ސިޓީގައި ޚާއްސަ ޖަލްސާއެއް ‘ބްލެންޑޭޑް’ ކޮށް ބާއްވައިފިއެވެ. ޏ.އަތޮޅު ތައުލިމީ މަރުކަޒުގެ ހޯލުގައި ކުރިޔަށްގެންދިޔަ މިޖަލްސާ ގެ ޝަރަފުވެރި މެހުމާނަކީ ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދު (އަންނި) އެވެ. ރޭ ކުރިޔަށްގެން ދިޔަ މިޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަތީ މާލޭގައި، ރައްޔިތުންގެ މަޖުލީހުގެ އިދާރާގައި ހުނަވައި އޮންލައިންކޮށެވެ. މަޖުލީހުގެ ރައީސާއި އެކު މަޖުލީހުގައި ދެކުނުގެ 4 އަތޮޅު ތަމްސީލުކުރައްވާ ބައެއ ްމެމްބަރުން ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

ފުވައްމުލައް ސިޓީަގައި ބޭއްވި ޖުމްހޫރީ ދުވަހުގެ ޚާއްސަ ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ – ފޮޓޯ: ފުަވައްމުަލައް ސިޓީ ކައުންސިލް

ޖުމްހޫރީ ދުވަހުގެ މިޖަލްސާ ޚާއްސަ ވެގެން ދިޔަ އަނެއް ސަބަބަކީ މިޖަލްސާގައި ދެކުނުގެ 4 އަތޮޅުގެ މަޖުލިސް މެމްބަރުންނާއި އގ.އަތޮޅު ކައުންސިލާއި ރަށު ކައުންސިލްގެ މެމެބަރު ބައިވެރިވެ ވަޑައިގެންފައި ވުމުންވެ. އައްޑޫސިޓީގެ ބައެއް މަޖުލސިް މެމްބަރުންނާއި، ގއ.އަތޮޅުގެ ބައެއް މަޖުލސިް މެމްބަރުންގެ އިތުރަން ފުވައްމުލަކު މެދުދާއިރާގެ މަޖުލިސް މެމްބަރު ހުސޭން މުހައްމަދު ވެސް ޖަލްސާގައި ބައިވެރިވެވަޑައިގަތީ މާލެއިން ރައްޔިތުންގެ މަޖުލީހުގެ އިދާރާގައި ތިއްބަވައިގެން އޮންލައިންކޮށެވެ.

ފުވައްމުލައް ސިޓީގައި ބްލެންޑެޑް ކޮށް ބޭއްވި ޖުމްހޫރީ ދުވަހުގެ ޚާއްސާގެ ހާޒިރީން – ފޮޓޯ: ފުވައްމުަލައް ސިޓީ ކައުންސިލް

މިއި ފުވައްމުލަކުގެ ތާރީީޚުގައި ވެސް މިފަދަ ގޮތަކަށް ބޭއްވި ރަސްމީ ފުރަތަމަ ޖަލްސާއަށްވެ މިވަނީ ތާރީޚުގައި ލިޔެވިފައެވެ. މިޖަލްސާ އަކީ ބްލެންޑެޑް މޯޑަކަށް ފުވައްމުލައް ސިޓީގައި ބޭއްވުނު ރަސްމީ ފުރަތަމަ ޖަލްސާއެވެ. އެގޮތުން ޖަލްސާގެ ބައެއް ބައިވެރިން ޖަލްސާ ކުރިޔަށްގެންދިޔަ މާލަމުގައި ހާޒިރުވެ ތިއްބެވި އިރުބައެއް މެމްބަރުން ބައިވެރިވީ އޮންލައިކޮށް ކަމަށް ވުމުންނެވެ. ފުވައްމުލައް ސިޓީ ފޭސްބުކް ޕޭޖުން މިޖަލްސާ ލައިވް ސްޓްރީމްކޮށްފައި ވެއެވެ.

ފުވައްމުލައް ސިޓީަގައި ބޭއްވި ޖުމްހޫރީ ދުވަހުގެ ޚާއްސަ ޖަލްސާގައި ގއ.އަތޮޅު ކައުންސިލްގެ ރައީސް ވާހަކަފުޅު ދައްކަވަނީ – ފޮޓޯ: ފުަވައްމުަލައް ސިޓީ ކައުންސިލް

ރޭގެ ޖަލްސާގައި ފުވައްމުލައް ސިޓީގެ މޭޔަރު އަބްދުﷲ ފަލާޙު ޝަރީފުގެ އިތުރުން ގ.އ އަތޮޅު ކައުންސިލްގެ ރައީސް ވާހަކަ ދެއްކެވިއެވެ. މީގެ އިތުރުން މި ޖަލްސާގައި ޝަރަފުވެރި މެހުމާނުގެ ވާހަކަ ދެއްކެވުމާއި އަންހެން ކަބަލެއްގެ ވާހަކަ ދެއްކެވުން އޮތެވެ. ރޭގެ ޖަސްލާ ހުށަހަޅައި ދިނުމާއި ގުރުއާނުގެ ބަރަކާތުން ޖަލްސާ ފައްތާއި ދެއްވީ ސްކޫލް ތިން ދަރިވަރުންނެވެ.

ޖުމްހޫރީ ދުވަހުގެ ޖަސްލާސާގެ ހުށަހެލުންތެރިންނާއި މޭޔަރ ފަލާޙު ޝަރީފު

މިއަހަރުގެ ޖުމްހޫރީ ދުވަގެ މުނާސަބަތުގައި ފުވައްމުަލައް ސިޓިއާއިކު ސިސްޓަރ އައިލެންޑް ގެ އެއްބަސްވުން ގާއިމުކޮށްފައިވާ ގއ.އަތޮޅު ކައުންސިޅާއި ރަށު ކައުންސިލްތަކުން ފުވައްމުލައް ސިޓީއަށް ވަޑައިގެން ރޭގެ ޖަސްލާގައިއާއި ޖުމްހޫރީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައގަންނަވަމަން ދެއެވެ.

ފުވައްމުލައް ސިޓީަގައި ބޭއްވި ޖުމްހޫރީ ދުވަހުގެ ޚާއްސަ ޖަލްސާގައި ރައީސް ނަޝީދު ވީޑިއޯކޮންފަރެންސް މެދުވެރިކޮށް ވާހަކަފުޅު ދައްކަވަނީ – ފޮޓޯ: ފުަވައްމުަލައް ސިޓީ ކައުންސިލް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !