A wide advertisement which will be shown on all devices. (700 x 100)

ބިލާލް ފިލިޕްސްގެ ދަރުސް އޮންނާނީ ޒިކުރާ އިންޓަރނޭޝަންލް ކޮލެޖްގައި

ބިލާލް ފިލިޕްސް ރާއްޖޭގައި. ފޮޓޯ؛ ޕީސް ފައުންޑޭޝަން

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.ބިލާލް ފިލިޕްސް އަންނަ ހުކުރުގައި (ޖުލައި 15) ފުވައްމުލަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ޑރ. ބިލާލު ފިލިޕްސް ފުވައްމުލަކަށް ވަޑައިގަންނަވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތަކެއް ހިންގެވުމަށް ކަމަށް އެކަން އިންތިޒާމުކުރާ ގާޑިއަން އެސޯސިއާއޭޝަން ވިދާޅުވިއެވެ. އަދި ދަރުސް އޮންނާނީ މިމަހު 15 ވަނަ ދުވަހުގެރޭ 20:45 ގައެވެ.

ޑރ. ބިލާލު ފިލިޕްސްގެ މިދަތުރުފުޅުގައި މިއަންނަށް ހަފްތާގައި ފުވައްމުލައް ސިޓީގެ ޓީޗަރުންނަށް އަމާޒުކޮށްގެން “އިސްލާމައިޒޭޝަން އޮފް އެޑިއުކޭޝަން” ގެ ވޯކްޝޮޕެއް ފުވައްމުލަކު ޓީއާރުސީ (ހޭޒް) ގައި ބޭއްވުމަށް ހަމަޖެހިފައި ވެއެވެ. މިދަރުސު ދެއްވާނީ “ހޫ އިޒް ޔޯއަރ ލޯޑް” މިމައުޟޫއަށެވެ. މިދަރުސް އަޑުއެހުމަށް ވީހާވެސް ގިނަ ބަޔަކު ހާޒިރުވުމަށް އެފަރާތުން އެދެއެވެ.

މިދުވަސްވަރު ޑރ. ބިލާލް ފިލިޕްސް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފުވައްމުލަކު ދަތުރުގެ ބައި އިންތިޒާމު ކުރުމުގެ އެންމެހާ ކަންތައްތައް ކުރިޔަށް ގެންދަނީ ގާޑިއަން އެސޯސިއޭޝަނުގެ ފަރާތުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !