A wide advertisement which will be shown on all devices. (700 x 100)

‘ރަށި ރިހިވޭލި އެގްޒިބިޝަން 2020’ އަށް ބޮޑު ތަރުޙީބެއް

ރަށި ރިހިވޭލި އެގްޒިބިޝަން 2020. ޏ.އޭއީސީ ހޯލުގައި

“ރަށި ރިހިވޭލީ އެގްޒިބިޝަން 2020″ އަށް ބޮޑު ތަރުހީބެއް ލިބިފައި ވެއެވެ. އެގޮތުން މި އެގްޒިބިޝަނުގައި 33 ފަރާތަކުން ބައިވެރިވެފައި ވެއެވެ. މިއެގްޒިބިޝަން ކުރިޔަށް ދަނީ ހަވީރު ޏ.އަތޮޅު ތައުލީމީ މަރުކަޒު ހޯލުގައެވެ.

މިއަދު ބުރާސްފަތި (12 ނޮވެމްބަރު 2020) ދުވަހު ހެނދުނު ރަސްމީކޮށް ވަނީ މައުރަޒު ހުޅުވާފައެވެ. މިއަދު ހެނދުނާއި ހަވީރު އާއްމުންނަށް މައުރަޒު ހުޅުވިފައި ހުންނާނެއެވެ. މިމައުރަޒަށް މިހާރު ވެސް ވަރަށް ގިނަ ބަޔަކު ޒިޔާރަތް ކުރުަމުންދާ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

ރަށި ރިހިވޭލި އެގްޒިބިޝަން 2020. ރުނބާ

މައުރަޒުގެ ބައިވެރިން ބުނާގޮތުގައި މި މައުރަޒުގެ ވަގުތު މާ މަދުު ކަމަށާއި ދެ ދުވަހެއްވަރަށް މައުރަޒަށް ވަގުތު ބޭނުން ކަމަށެވެ. ނަމަވެސް މައުރަޒު ރޭވިފައޮިވަ ގޮތުން ވަގުތު އިތުރުކުރުމަށް އަދި ހަމަޖެހިފައި ނުވާ ކަމަށް ސިޓީ ކައުނސިލުން ހާމަކުރައްވައެވެ.

މިއެގްޒިބިޝަނުގައި ވަނީ ފުވައްމުލަކުގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ‘ތަމަނު’ ބްރޭންންޑްގެ އޮއިލް ތައާރަފުކޮށް އޮންލައިން ފިހާރަ ވެސް ހުޅުވާފަައެވެ. އެގޮތުން ތަމަނު ބްރޭންޑްގެ ތަކެތި ވިއްކާ އޮންލައިން ވެބްސައިޓް ހުޅުވާދެއްވީ ފުވައްމުލައް ސިޓީގެ މޭޔަރު ފަލާޙު ޝަރީފެވެ.

ރަށި ރިހިވޭލި އެގްޒިބިޝަން 2020: ތަމަނު އޮއިލިން – ފުވައްމުލަކުގެ އުފެއްދުމެއް

މި އެގްޒިބިޝަނުގައި ފުވައްމުލަކުގެ އެކި ދާއިރާތަކުން އަމިއްލަ ފަރުދުނުންގެ ވިޔަފާރިއާއި ޚިދުމަތްތައް އަދި ދައުލަތުގެ ބައެއް މުއައްސަސާތަކުން ވެސް ބައިވެރިވެފައި ވެއެވެ.

ރަށި ރިހިވޭލި އެގްޒިބިޝަން 2020

ފުވައްމުލަކުގެ އޯޑިޓް ފާމެއް ކަމަށްވާ ކްރޯވޭ މޯލްޑިވްސް އާއި ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ފަރާތްތައް ކަމަށްވާ އެސްޓީއޯ – ފުވައްމުލައް، މަމީ، މޯލްޑިވްސް އިސްލާމިކް ބޭންކް-ފުވައްމުލައް، ސިބްކޯ، ބިޒްނަސް ސެންޓަރ، އޭއައިޖީ، ރޯސްލައިން، އަދި ހެބިޓްރާ ހިމެނެއެވެ.

ސިއްޙި ދާއިރާއިން ފުވައްމުލަކު ހޮސްޕިޓަލާއި، އައިކެއާ އޮޕްޓިކަލްސް، މަހަލްދީބު ފުވައްމުލައް މެޑިކަލްސް ގެ ފަރާތުން ބައިވެރިފައި ވެއެވެ.

ރަށި ރިހިވޭލި އެގްޒިބިޝަނ 2020. ސިއޙީ ޚިދުމަތްތައް

ފުވައްމުލަކުގައި ހިންގާ 4 ޑައިވިން ސްކޫލުން ވެސް މި އެގްޒިބިޝަނުގައި ބައިވެރިވެފައި ވެއެވެ. އެގޮތުން ފުވައްމުލައް ޑައިވް ސްކޫލް، ފުވައްމުލައް ޓައިގަރ ޝާކް ޑައިވް، ޑައިވިން އެންޑް ވޯޓަރ ސްޕޯޓްސް އަދި ސްކޫބާ ރެސިޑެންސް ހިމެނެއެވެ.

ތައުލީމީ ދާއިރާއިން 4 އިންސްޓިޓިއުޓަކުން ބައިވެރިވެއެވެ. އެއީ ޏ.އޭއީސީ އާއި، ޒިކުރާ އިންޓަނޭޝަނަލް ކޮލެޖާއި، އިންސްޓިޓިއުޓް އޮފް ލޮޖިކް އެންޑް ޓެކްނޮލޮޖީ އާއި، ނެޝެނަލް ސެންޓަރ ފޯރ ދި ހޯލީ ޤްރުއާން އެވެ.

ރަށި ރިހިވޭލި އެގްޒިބިޝަން 2020

އާރޓްގެ ދާއިރާގެ ޚިދުމަތްތަކުން ޔޫފޯރިއާރޓްސް އާއި ލޭއައުޓް، ދޭލި އަދި ހީނާ އިމްޕްރިންޓްސް އިން ބަިއވެރިވެއެވެ. މީގެ އިތުރުން މި މައުރަޒުގައި ބައިވެރިވެފައިވާ ބައެއް އެހެން ވިޔަފާރިތަކާއި ޚިދުމަތް ތަކުގެ ތެރޭގައި ފުވައްމުލަކު ކުޝަން، ކުއީންސް ކޭކް، ހުވަނދު، ހިއްސާ ޕްލާޒާ، ކޮކޯއާ ހެވަން ހިމެނެއެވެ.

މީގެ އިތުރުން ޓްރީ ކެއާރ އާއި އާއްމުންގެ ތެރެއިން އާޔަން އާއި ހަފުސާ ޝަރީފު އަދި ބިންތި ފާތިމަތު އަދުނާނު ގެ އުފެއްދުން ތައް ބައިވެރިކޮށްފައި ވެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ފުވައްމުލައް ސިޓީގައި ބާއްވާ މި މައުރަޒުގެ ފަހު ދަންފަޅި އޮންނާނީ މިއަދު މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށެވެ.

ޖުމްހޫރީ ދުވަހާއި ގުޅުވައިގެން ފުވައްމުލައް ސިޓީގައި ބާއްވާ މައުރަޒުގެ ޕޯސްތަރެއް

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !