މާދަމާ ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޑރ.ބިލާލް ފިލިޕްސްގެ ދަރުސަށް ވޮލީ މުބާރާތުގެ މެޗްތައް ފަސްކޮށްފިއެވެ.
ދަރުސް އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ގާޑިއަން އެސޯސިއޭޝަންގެ އިސްބޭފުޅަކު ވިދާޅުވީ އެއެސޯސިއޭޝަނުގެ އެދުމުގެ މަތިން މިހާރު ފުވައްމުލަކުގައި ކުރިއަށްދާ ވޮލީ ބޯލް އެސޯސިއޭޝަން ކަޕްގެ ކުޅުން މާދަމާރޭ ނުބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
“އަޅުގަނޑުމެން އެގޮތަށް އެދުނީ ވީހާވެސް ގިނަ ބަޔަކު ދަރުސް އަޑުއެހުމުގެ ފުރުސަތު ދިނުމުގެ ގޮތުން، އަދި އެކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ދިން އެއްބާރުލުމަށް ނިހާޔަތަށް ޝުކުރުވެރިވަން” ޑރ.ބިލާލް ފިލިޕްސްގެ ދަރުސް އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތެރިވާ ބޭފުޅަކު ވިދާޅުވިއެވެ.
ޑރ.ބިލާލް ފިލިޕްސްގެ ދަރުސް އޮންނާނީ މިމަހު 15ވާ (ހޮނިހިރު ދުވަހު) ރޭ 20:45 ގައި ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖް ގައެވެ.



ޚިޔާލުތައް