A wide advertisement which will be shown on all devices. (700 x 100)

ޑރ.ބިލާލް ފިލިޕްސްގެ ދަރުސް އޮންނަ ރެއަށް މަދަހަ މުބާރާތް ބަދަލުކޮށްފި

ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޑރ.ބިލާލް ފިލިޕްސްގެ ދަރުސަށް އޮންނަ ރެއަށް ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ މަދަހަ މުބާރާތް ބަދަލުކޮށްފިއެވެ.

މިކަލް ނޫހަށް އެގިފައިވާގޮތުގައި ކުރިން މަދަހަ މުބާރާތް ބޭއްވުމަށް ތާވަލްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެރެއަށް ކަމަށެވެ. ނަމަވެސް މިހާރު ހުކުރު ދުވަހުގެރެއަށް މަދަހަ މުބާރާތް ފަސްކޮށްފައިވެއެވެ.

ދަރުސް އިންތިޒާމްކުރާ ފަރާތުން ކުރިން މަސައްކަތްކޮށްފައިވަނީ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލްގައި ދަރުސް ބާއްވާ ގޮތަށެވެ. އަދި އެސުކޫލްގެ މަދަހަ މުބާރާތާއި ފުށުނާރާގޮތަށް ދަރުސްގެ އިތުރުން ޑރ. ބިލާލް ފިލިޕްސް ފުވައްމުލަކުގައި ކުރިއަށް ގެންދާ ޕޮރްގުރާމްތައް ރާވާފައިވެއެވެ. ނަމަވެސް ޏ.އޭއީސީ ކުއްލި ގޮތަކަށް މިގެނައި ބަދަލުގެ ސަބަބުން ގިނަ އަދަދެއްގެ ދަރުވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންނަށް ދަރުސް އަޑު އެހުމުގެ ފުރުސަތު ގެއްލިގެން ދެއެވެ.

ކުއްލި ގޮތަކަށް އޭއީސީގެ މަދަހަ މުބާރާތް ބާއްވާ ތާރީޙް ބަދަލުވުމާއި އަދި މަދަހަ މުބާރާތާއި ބެހޭ މައުލޫމާތު ހޯދުމަށް އޭއީސީގެ ބަހެއް ލިބޭގޮތްވަނީ ނުވެފައެވެ.

ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޑރ.ބިލާލް ފިލިޕްސްގެ ދަރުސާއި ގުޅިގެން ވޮލީ މުބާރާތުގެ މެޗްތައް ފަސްކޮށްފައިވާކަން ފާހަނގަކުރެވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !