ސިސްޓަރ އައިލެންޑް އެއްބަސްވުމުގެ ދަށުން ފުވައްމުލައް ސިޓީގައި ގާއިމުކުރެވިފައިވާ އެކި ދާއިރާތަކުން، ގއ.އަތޮޅުގެ ކައުންސިލްތަކަށް ދެވޭނެ ޚިދުމަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ ބައްދަލުވުންތަކެއް ބާއްވައިފިއެވެ. މިބައްދަލުވުންތަކުގައި ފުވައްމުލައް ސިޓީ ކައުންސިލާއި ގއ.އަތޮޅު ކައުންސިލުގެ އިތުރުން ގއ. ގެ ރަށު ކައުންސިލްތަކުން ބައިވެރިވެފައި ވެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމުގައި ކުރިޔަށް ދިޔަ މިބައްދަލުވުމުގައި ފުވައްމުލަކުގައި ގާއިމުކުރެވިފައިވާ ދާއިރަތަކުގެ އިސްފަރާތްތަކުން ބައިވެރިވެފައި ވެއެވެ.

ސިސްޓަރ އައިލެންޑް އެއްބަސްވުމުގެ ދަށުން ބާއްވާ ސެކްޓަރ ތަކުގެ ބައްދަލުވުންތަކުގެ ތެރެއިން – ތައުލީމީ ދާއިރާގެ ބައްދަލުވުން
ތައުލީމީ ދާއިރާގެ މަޝްވަރާ ބައްދަލުވުމުގައި ފުވައްމުލަކުގައި ތައުލީމު ފޯރުކޮށްދޭ ހުރިހާ ސްކޭލަކުން ބައިވެރިވެފައި ވެއެވެ. އެގޮތުން ޒިކުރާ ސްކޫލާއި، އައިޑިއަލް ސްކޫލް، ކެންގަރޫ ކިޑްސް ޕްރީ ސްކޫލާއި ބިލަބޮން ހައި ޕްރައިމަރީ ސްކޫލާއި، ޏ.އަތޮޅު ތައުލީމީ މަރުކަޒު (ޏ.އޭއީސީ) އާއި ހާފިޒް އަހުމަދު ސްކޫލާއި (ހޭޒް)، ފުވައްމުލަކު ސްކޫލާއި (އެފްއެސް)، މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) އިންސްޓިޓިއުޓް އޮފް ލޮޖިސް އެންޑް ޓެކްނޮލޮޖީ އާއި ޤުރުއާނާއި ބެހޭ މަރުކަޒު، އަދި އިސްލާމިކް ޔުނިވަރސިޓީ – ފުވައްމުލަކު ލާނިން ސެންޓަރުން ބައިވެރިވެފައި ވެއެވެ.

ސިސްޓަރ އައިލެންޑް އެއްބަސްވުމުގެ ދަށުން ބާއްވާ ސެކްޓަރ ތަކުގެ ބައްދަލުވުންތަކުގެ ތެރެއިން – ސިއްޙީ ދާއިރާގެ ބައްދަލުވުން
ހެލްތު ދާއިރާއިން އެއްބާރުލުން ދިނުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި ފުވައްމުލައް ހޮސްޕިޓަލާއި، މަހަލްދީބު މެޑިކަލް ސެންޓަރ ފުވައްމުލައް އާއި އައިކެއަރ ފުވައްމުލައް އިން ބައިވެރިވެފައި ވެއެވެ.

ސިސްޓަރ އައިލެންޑް އެއްބަސްވުމުގެ ދަށުން ބާއްވާ ސެކްޓަރ ތަކުގެ ބައްދަލުވުންތަކުގެ ތެރެއިން – އެހެނިހެން ބައެއް ދާއިރާތަކުގެ ބައްދަލުވުން
ސެކްޓަރތަކުގެ ބައްދަލުވުމުގެ ތެރެއިން މޯލްޑިވްސް އިސްލާމިކް ބޭންކް، ޑްރަގް ޓްރީޓްމެންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރ ފުވައްމުލައް އާއި ފުވައްމުލައް ސާރފިން އެސޯސިއޭޝަން އަދި ފުވައްމުލައް ޑައިވް ސްކޫލް އާއި ގއ. ގެ ރަށު ކައުންސިލްތަކާއި އެއްކޮށް މަޝްވަރާ ބައްދަލްވުން ކުރިޔަށް ގެންގޮސްފައި ވެއެވެ.

ސިސްޓަރ އައިލެންޑް އެއްބަސްވުމުގެ ދަށުން ބާއްވާ ސެކްޓަރ ތަކުގެ ބައްދަލުވުން ތަކުގައި ގއ. ގެ ކައުނސިލްތަކުން ބައިވެރިވި މެމްބަރުން
ޚިޔާލުތައް