A wide advertisement which will be shown on all devices. (700 x 100)

ގެއްލިގެން އުޅޭ ޝަފީއު އަދިވެސް ނުފެނޭ

ޝަފީޢު ރިޒޯޓު ވަޒީފާގައި

ރެއިން ފެށިގެން ގެއްލިގެން ހޯދަމުން އަންނަނީ ދޫނޑިގަމު އޮޅުތެރެގެ މުހައްމަދު ޝަފީޢު (ގާތްގަޑަކަށް 35 އަހަރު ވަރު) އެވެ. އާއިލާގެ ފަރާތުން ވަނީ އޭނާ ގެއްލިގެން

ފުލުހުންނަށް ވެސް އެކަން ރިޕޯރޓް ކޮށްފައެވެ.

ޝަފީއުގެ ގާތް ރައްޓެސަކު މިކަލް ނޫހަށް މައުލޫމާތު ދެމުން ބުނީ ޝަފީޢުގެ އަންހެހުންނާއި އެކު އަންހެނުންގެ ގޭގައި ހުރެފައި އޭނާ ބޭރަށް ދިޔައީ ތިމަންނަ މިދަނީއޭ ބުނެފައި ކަމަށެވެ.

ޝަފީއު އާއި އަންހެނުން ރަށަށް އައީ ރޭގައި އޮތް މާލެ-ފުވައްމުލައް ފްލައިޓުން ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ. ރޭގައި ގެއިން ނިކުމެގެން ޝަފީއު ދިޔައީ ގާތްގަޑަކަށް 9:30 އެހާކަށް ހާއިރުކަމަށާއި އޭނާ ބޭރަށް ދިޔައީ ވޮލެޓާއި ފޯނުވެސް ގޭގައި ބާއްވާފައެވެ. 

ޝަފީއު ހޯދުމުގެ މަސައްކަތް އާއިލާގެ ފަރާތުން އަންނަނީ ކުރަމުންނެވެ. މިއަދު ހަވީރު ވީއިރު ވެސް ޝަފީއުގެ ހަބަރެއް ނުވެއެވެ. ޝަފީޢު ގެއްލިގެން ފުލުހުނަށް ރިޕޯރޓު ކޮށްފައިވަނީ ރޭ 11:30 އެހާކަށް ހާއިރުކަމަށް ވެއެވެ.

ޝަފީއު އަކީ އަންގާގާ ރިސޯޓުގައި ރޫމް އެޓެންޑެންޓެއްގެ ވަޒީފާ އަދާކުރަމުން އަންނަ މީހެކެވެ. އޭނާގެ އަންބަކާއި ދަރިއަކު ދުނިޔޭގައި އެބަތިއްބެވެ.  

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !