ގެއްލިގެން ހޯދަމުންދާ ޝަފީޢުގެ ޖިންސްކަމަށް ބެލެވޭ ޖިންސެއް އަރުއްފަންނާއި ދަޑިމަގު ފަންނާއި ދެމެދުން އަތިރިމަތިން ފެނިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި ކަމަށް އެސަރަހައްދުން މިކަލް ނޫހަށް މައުލޫމާތު ދިން މީހަކު ބުނެފިއެވެ. މިކަލް ނޫހަށް މައުލޫމާތު ދިން ފަރާތުން ހާމަކުރި ގޮތުގައި އަތިރިމަތިން ފުނުނު ޖިންސަކީ ޝަފީޢު ގެއްލުނު އިރު ލައިގެންހުރި ނޫކުލައިގެ ޖިންސެކެވެ.
ރޭގައި އެސަރަޙައްދުން ޝަފީޢު ކަމަށް ބެލެވޭ މީހަކު ފެނިފގެން އެހިސާބު ހޯދުމުގެ މަސައްކަތުގައި ފުލުހުންނާއި އާއްމުންގެ ގިނަބަޔަކު ހޯދުމުގެ މަސައްކަތުގައި އުޅުނެނެވެ.
މިއަދު ހެނދުނު ފަތިހާ ފެނުނު އެޖިންސް އޮތް ހިސާމާއި މާދުރު ނުން ހިސާބަރުން އޭގެ ގާއްހގަޑަކަށް 2 ގަޑިއެއް ހާއިރު ކުރިން ކުރުނބާ ބޮައިފައި ހުރި އުނބުތަކެއްވެސް ފެނިފައިވާ ކަމަށް މައުލޫމާތު ދިން ފަރާތުން ހާމަކުރެއެވެ.
ބެލެވޭ ގޮތުގައި ޝަފީޢު ދިރި ހުރިކަމަށާއި އޭނާ އުޅެނީ ފިލައިގެންކަމަށް ބެލެވެއެވެ.
ފޮޓޯ ދެއްކުމުން، ފޮޓޯގައި އެވާ މީހާ އިއްޔެ ރޭ ފަހިތު ފްލެޓް އަޅާ ސަރަހައްދު (ދަޑިމަގު ދިގުވާޑު ދޭތެރޭ) ހިސާބުން ދުށް ކަމަށް، ދަޑިމަގު އަންހެނަކާއި ހަވާލާދީ އަޙުމަދު މިކަލް ނޫހަށް މައުލޫމާތު ދެއެވެ.
މި ޖުލައި މަހު 14 ވަނަ ދުވަހު ގެއިން ނިކުމެގެން ދިޔަ ގޮތަށް ގެއްލިގެން އުޅޭ މުޙައްމަދު ޝަފީޢު، އޮޅުތެރޭގެ (42 އަހަރު)، ގެއްލުނު ފަހުން މިހާރު މިވަނީ 4 ދުވަސް ވެފައެވެ.
ޝަފީޢު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9792803 އަށް ގުޅުއްވައި ހިއްސާކޮށް ދެއްވުމަށް ފުލުހުން ބާނީ އާއްމު ބަޔާނެއް ނެރެފައެވެ.



ޚިޔާލުތައް