A wide advertisement which will be shown on all devices. (700 x 100)

އެއިޑްސްއަށް ޒުވާނުން ހޭލުންތެރިކުރުމުގެ ސެޝަނެއް ފުވައްމުލައް ސިޓީގައި

އެއިޑްސް ދުވަސް. ނޯޓް: ގްރާފް ގެ އަދަދުތައް ބިނާވަނީ 2013 އާއި ހަމަޔަށް. 23. އެއިގެ ފަހުން 2 ކޭސް ރެކޯޑު ކުރެވިފައިވުމުން ޖުމްލަ އަދަދު 25ގައި. އެޗްއައިވީ ދިވެހިރާއްޖެގެ ހާލަތު - މިކަލް ނިއުސް 2020

މިއަހަރު ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން އެއިޑްސްއަށް ޒުވާނުން ހޭލުންތެރިކުރުމުގެ ސެޝަނެއް ފުވައްމުލައް ސިޓީގައި ބޭއްވުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.

އޮންލައިންކޮށް ކުރިޔަށްގެންދިއުމަށް ހަމަޖައްސާފައިވަ މިސެޝަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހު 1 ވާ އަންގާރަ ދުވަހުއެވެ. މިއީ މިނިސްޓްރި އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓް އާއި ގުޅިގެން ހިންގާ ހަރަކާތެކެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުން މި ނޮވެމްބަރު މަހުގެ 29 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެބޭފުޅެއްގެ ފުރިހަމަ ނަމާއި ގުޅޭނެ ނަމްބަރު ފުވައްމުލައް ސިޓީ ކައުންސިލްގެ ނަމްބަރު 9790506 އަށް މެސެޖް ކުރެއްވުމަށް ސިޓީ ކައުންސިލްގެ އިއުލާނުގައި ވެއެވެ.

ފާއިތުވި 27 އަހަރު (1991-2018 އަށް) ދިވެހިރާއްޖެއިން 25 ދިވެއްސަކަށް އެއިޑްސް ޖެހިފައިވާކަމަށް ރިކޯޑުކުރެވިފައި ވެއެވެ. އެއިގެ ތެރެއިން 13 މީހަކު ނިޔާވެފައި ވާއިރު މިހާރު ދުނިޔޭގައި ތިބީ އެއިޑްސް ބަލިގެ 10 މީހުންނެވެ. މިމުއްދަތުގައި ރާއްޖެ އައި 415 ބިދޭސީއެއްގެ ގައިން އެޗްއައިވީ ޖެހިފައިވާ ކަމަށް ރަސްމީ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެޗްއައިވީ ދިވެހިރާއްޖެގެ ހާލަތު – މިކަލް ނިއުސް 2020

ރާއްޖޭގައި އެއިޑްސް ޖެހިފައިވާ މިންވަރު ދަށް ނަމަވެސް ފަސޭހަކަމާއެކު އެއިޑްސް ފެތުރިދާނެ ފަދަ މަހާއުލެއް އޮތް ކަމަށް ކަމާބެހޭ މާހިރުން ގަބޫލުކުރެއެވެ. ދިވެހި ރާއްޖޭގައި އެއިޑްސް ފެތުރިގެން ދިޔަ ނުދިނުމަށް ބައްޔާއި ބެހޭ ފުރިހަމަ މައުލޫމާތު ޚާއްސަކޮށް ޒުވާނުންނަށް ދިނުން މުހިންމު ކަމަށް ޔުނިސެފުން ހާމަކުރައްވައެވެ. އެގޮތުން ބަލިން ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތައް ޒުވާނުންނަށް އަންގައިދިނުން މުހިންމުކަމެއްގެ ގޮތުގައި ފެންނަ ކަމަށް ހާމަ ކުރައްވައެވެ.

އެއިޑްސް/އެޗްއައިވީ (ހިއުމަން އިމިއުނޯ ޑެފިޝެންސީ ވައިރަސް) އަކީ އަދި މިހާތަނަށް ފަރުވާ އެއް ހޯދިފައިވާ ބައްޔެއް ނޫނެވެ. ބަލި ފެތުރޭ ގޮތްތަކުގެ ތެރޭގައި އެމީހާގެ އެއްވެސް އިހުމާލެއް/ކުށެއް ނެތި ވެސް މިބަލި ޖެހިދާނެއެވެ. ބަލި ޖެހުމުން އެބައްޔަށް ކުރީ ކޮޅުގައި ފަރުވާ ހޯދިއްޖެ ނަމަ މީހާ އިތުރަށް ގިނަ ދުވަހު ދުނިޔޭގައި ހުރުމަށް ފުރުސަތު ބޮޑުވެގެން ދެއެވެ.

ނަމަވެސް އެއިޑްސް އެންމެ ގިނައިން ފެތުރެނީ ޖިންސީ ގުޅުމުން ކަމަށް ވުމާއެކު ޖިންސީ ގުޅުން ހިނގުމުގައި ރައްކާތެރިވާން ޖެހެއެވެ. ހުރަސް ނުވަތަ ކޮންޑަމަކީ އެއިޑްސް ބަލީގެ އިތުރުން ވެސް ޖިންސީގުޅުމުން ޖެހޭ ބަލިތައް (އެސްޓީއައި) އިންވެސް ރައްކާތެރިކޮށްދޭ ވަސީލަތަކަށްވާއިރު ރާއްޖޭގައި ހުރަސް ބޭނުންކުރާ މިންވަރު ދަށްކަމަށް ވެއެވެ.

އެޗްޕީއޭގެ 2016 ގެ ރިޕޯޓުގައިވާ ގޮތުން ދެ ޖިންސް އެއްކޮށް ބަލާއިރު، ޖުމްލަ 1110 މީހެއްގެ ކިބައިން ޖިންސީ ގުޅުމުން ޖެހޭ ބަލި ހުރިކަމަށް ރެކޯޑު ކުރެވިފައި ވެއެވެ.

ދުނިޔޭގެ އެޗްއައިވީ/އެއިޑްސް ގެ ދުވަސް 1 ޑިސެމްބަރު

ޖިންސީ ގުނަވަންތަކަށް ބަލިޖެހުމުން ދިވެހިން އެވާހަކަ ޑޮކްޓަރުން ގާތު ވެސް ބުންނަން ފަސްޖެހޭ ކަމަށް ހޯދުންތަކުން ހާމަވެއެވެ. އަންހެނުންނަށް ވުރެ ގިނަ ފިރިހެނުންނަށް އެޗްއައިވީ ބަލި ޖެހިފައިވީ ކަމުގައި ވިޔަސް ޖިންސީގުޅުމުން ޖެހޭ ގިނަ ބަލިތައް ޖެހިފައި ވަނީ އަންހެނުންގެ ކުރިމަތިފަރާތަށް (ވެޖައިނާ އަށް) ކަން އެޗްޕީއޭގެ 2016ގެ ތަފާސް ހިސާބުތަކުން އެގެއެވެ. އެގޮތުން ބޮޑަށް ބަލީގެ އަސަރު ފެނިފައިވަނީ އުމުރުން 25 އަހަރުންމަތީގެ އަންހެނުންގެ ފަރާތުންނެވެ.

އެޗްޕީއޭގެ އެޗްއައިވީ ރިޕޯރޓް 2016 ކިޔުއްވާލައްވާ

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !