A wide advertisement which will be shown on all devices. (700 x 100)

ރައީސް ޔާމީނަށް އޮތް ތާއިދު ދައްލާކާލުމުގެ ހަރަކާތެއް ފުވައްމުލަކުގައި ބާއްވާއިފި

އިއްޔެ ޕީޕީއެމުން ފުވައްމުލަކު ބަނދަރު ސަރަޙައްދުގައި ބޭއްވި އެއްވުން.

ރައީސް ޔާމީނަށް އޮތް ތާއިދު ދައްކާލުމުގެ ގޮތުން އިއްޔެ ހަވީރު ފުވައްމުލަކު ބަދަރު ސަރަޙައްދުގައި އެއްވުމެއް ބާއްވައިފިއެވެ. މިއެއްވުމުގައި ފުވައްމުލަކުގައި ތިބި ރައީސް ޔާމީނުގެ ސަރުކާރަށް ތާއިދު ކުރާ ގިނަ ފަރާތްތަކުން ބައިވެރިވިއެވެ.

“ތަރައްގީ އާއެކު ރައްޔިތުން” ގެ ނަމުގައި ބޭއްވި ބައްދަލުވުމުގައި ފުވައްމުލަކުގައި ތިބި ރައީސް ޔާމީނަށް ތާއިދު ކުރާ އިސް ފަރާތްތަކުން ވާހަކަ ދެއްކިއެވެ. އެމީހުންގެ ވާހަކާ ބޮޑަށް އަމާޒު ކުރެވިފައި ވަނީ އިދިކޮޅު ފަރާތތްކުން ސަރުކާރަށް ދުއްތުރާ ކުރާ ކަމުގެ ވާހަކަ ތަކުގެ މައްޗަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީނު ގެންނަންވަން އުޅުއްވާ ތަރައްގީއަށް ހުރަސް އަޅުއްވަނީ ކަމަށް ބުނެ އަޑު އުފުލާފައި ވެއެވެ.

ފުވައްމުލަކުގައި ބޭއްވޭ ޕީޕީއެމްގެ ގިނަ ޖަލްސާތަކުގައި ވާހަކަ ދައްކަވާ، ޕީޕީއެމްގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ އަޙުމަދު މުޙައްމަދު (މީނާޒް) އިއްޔެގެ އެއްވުމުގައި އަޑުއުފުލީ އިދިކޮޅު ފަރާތްތަކުން މަގުތައް ހަލަބޮލޮކޮށް ރައީސް ޔާމީނުގެ ތަރައްގީގެ ހުރަސް އަޅަމުން ގެންދިޔަ ނަމަވެސް ރައީސް ޔާމީނު އެފަރާތްތައް ގާނޫނުގެ އިމުގެ ތެރެއިން ހުއްޓުވާ ތަރައްގީއާއިގެން ކުރިޔަށް ވަޑައިގަންނަވާކަމަށެވެ. އަދި އެޕާޓީގެ މީހުން ރައީސް ޔާމީނާއެކު ތިބީ އެހެންވެގެން ކަމަށް ބުނެ އަޑު އުފުލިއެވެ.

މިއެއްވުމުގައި ހަރަކާތްތެރިވި ޕީޕީއެމްގެ އިސް ސަޕޯރޓަރެއް ކަމަށްވާ ހަސަން އަޠީޤު (ބާބާ) މިކަލް ނޫހާއި ވާހަކަ ދައްކަމުން ހާމަކުރި ގޮތުގައި އިއްޔެގެ ބައްދަލުުވުމުގައި 200 އެއް ހާ މީހުން ބައިވެރިވި ކަމަށާއި އެއީ ހިތްހަމަޖެހޭ ރަނގަޅު އަދަދެއް ކަމަށް ބުންޏެވެ. އަދި އިއްޔެގެ އެއްވުން ވަރަށް ކާމިޔާބުކަމަށް ބުންޏެވެ.

ނަމަވެސް އިދިކޮޅު ބައެއް މީހުން ސޯޝަލް މީޑީއާގައި ފޮޓޯއިން މީހުން ގުނާފައި ހާމަކޮށްފައި ވަނީ އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވީ 140 ހާ މީހުން ކަމަށެވެ. އަދި އެއީ ފުވައްމުލަކުގެ އާބާދީގެ ނިސްބަތުން (14000 ހާ މީޙުން) ވަރަށް ކުޑަ އަދދެއް ކަމަށެވެ. އިއްޔެގެ އެއްވުމަށް ދިޔައީ ސަރުކާރުގެ ވަޒީފާގައި އުޅޭ މީހުން މަޖުބޫރުކޮށްގެން، ވަޒީފާއިން ވަކިކޮށްފާނެ ކަމުގެ ބިރުގައި ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަމުން ދެއެވެ.

ނަމަވެސް ބާބާ ބުނި ގޮތުގައި ހުކުރު ދުވަހު އެމްޑީޕީން ބޭއްވި އެއްވުމަށް ވުރެ އިއްޔެ އެމީހުން ބޭއްވި އެއްވުމުގައި ބައިވެރިވި މީހުން މާގިނަ އެވެ. އަދި އެ އިން ފުވައްުލަކުގައި މިސަރުކާރަތް އޮތް ތާއިދު ހާމަވާކަމަށް ބުންޏެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !