އިކޮނޮމިކް މިނިސްޓްރީގެ ހިތަދޫ ބިޒިނަސް ސެންޓަރުން ފުވައްމުލަކަށް ޒިޔާރަތެއް ކުރަމުން އެބަގެންދަވައެވެ. އެސެންޓަރުން ހާމަކުރައްވާފައިވާ ގޮތުގައި މި ދަތުރުގެ ބޭނުމަކީ ފުވައްމުލަކުގައި ތިބި އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދިނުމާއި އެސެންޓަރުގެ ޚިދުމަތްތައް ފުވައްމުލަކުގެ ބައިވެރިންނަށް ތަޢާރަފުކޮށް އެރުވުމެވެ.
ބިޒިނަސް ސެންޓަރުގެ މިދަތުރުގައި ވިޔަފާރީގެ ތަމްރީނު ދިނުމާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްހުރި ފުރުސަތުތައް ހާމަކޮށްދިނުމާއި، އެފަދަ ވިޔަފާރިތަކަށް ޒިޔާރަތްކޮށް ވިޔަފާރި ކުރިޔަށް ގެންދާނެ ގޮތުގެ ކޮންސަލްޓޭޝަން ދިނުމާއި އަދި ފުވައްމުލަކުގައި ހުރި ވިޔަފާރިއާއި ގުޅުން ހުރި މުއައްސަސާތަކާއި ބައްދަލުކުރުން ހިމެނޭ ކަމަށް އެ ސެންޓަރުން ހާމަކުރެއެވެ.
މި ދަތުރުގައި ބިޒިނަސް ސެންތަރު-ހިތަދޫގެ ޓީމު މިމަހު 14 އިން 17 އަށް ފުވައްމުލަކުގައި ހޭދަކުރާނެއެވެ. އަދި އެޓީމާއި ބައްދަލުކުރަން އެދޭ ފަރާތްތަކުން 7916947 މިނަމބަރާއި ގުޅައިގެން ހަމަޖެއްސުމަށް އެފަރާތުން އެދެއެވެ.
މިއަދު ހަވީރު ބިޒިނަސް ސެންޓަރުން ވަނީ މައުލޫމާތު ދިނުމުގެ އާއްމު ސެޝަނެއް ޒުވާނުންގެ މަރުކަޒުގައި ބާއްވާފައެވެ. މީގެ އިތުރުން ފުވައްމުލަކުގައި ހިންގާ ވިޔަފާރިތަކާއި ގުޅުން ހުރި މުއައްސަސާތައް ކަމުގައިވާ ފުވައްމުލައް ސިޓީ ކައުންސިލް، ބޭންކް އޮފް މޯލްޑިވްސް ފުވައްމުލަކު ބްރާންޗް، މީރާ ކަލެކްޝަން ސެންޓަރ ފުވައްމުލައް، ޏ. އޭއީސީ، އަދި ފުނާޑް ޑިވެލޮޕްމެންޓް ކޯޕަރޭޓިވް ސޮސައިޓީ އާއި ވެސް އެޓީމުން ވަނީ ބައްދަލުކޮށްފައެވެ.
މިފަދަ ޓްރެއިނިންގތަކެއް އެސެންޓަރުން ވަނީ އައްޑު ހިތަދޫގައި ވެސް ކުރިން ބާއްވާފައެވެ.



ޚިޔާލުތައް