ފުވައްމުލަކު ސިޓީ ކައުންސިލުން އަލަށް ދޭން ފަށާ ޚިދުމަތްތަކުން ފީއެއް ނަގަން އެކައުންސިލުން ކަނޑައަޅާއިފިއެވެ. މިގޮތަށް ކަނޑައެޅީ، އަލަށްސިޓީގެ ދަރަޖަ ލިބުނު، އެކައުންސިލްގެ 8 ވަނަ ޖަލްސާގައެވެ. އެގޮތުން 6 ޚިދުމަތަކަށް ފީނެގުމަށް ކަނޑައޅާފައިވެއެވެ. ފީނަގަން ފެށުމަށް ނިންމާފައި ވަނީ މިއަޮގަސްޓް މަހުގެ 17 ވަނަ ދުވަހުން ފެށިގެންނެވެ.
އެގޮތުން ސިޓީ ކައުނސިލުން ޚިދުމަތުގެ ފީނެގުމަށް ކަނޑައާޅފައި ވަނީ:
1. މަސްވެރިކަން ކުރުމުގެ ލައިސަންސް ހެއްދުމަށް 100 ރުފިޔާ
2. އުފަންދުވަހުގެ ސެޓްފިކެޓް އަދި ރެޖިސްޓްރީ ހެދުމަށް 25 ރުފިޔާ
3. އުފަންދުވަހުގެ ސެޓްފިކެޓް އަދި ރެޖިސްޓްރީ ގެއްލިގެން ހެދުމަށް 35 ރުފިޔާ
4. އުފަންދުވަހުގެ ސެޓްފިކެޓް އަދި ރެޖިސްޓްރީއަށް ބަދަލު ގެނައުމަށް 25 ރުފިޔާ
5. ރަސްވެހިންގެ ރެޖިސްޓްރީ ގެއްލިގެން އަލުން ހެދުމަށް 50 ރުފިޔާ
6. އެހެން ރަށެއްގެ ރަށްވެއްސަކު ފުވައްމުލަކުގައި ދިރިއުޅޭ ކަމުގެ ލިޔުން 100 ރުފިޔާ އަށް ވަނީ ބޮޑުކޮށްފައެވެ. ކުރިން މިޚިދުމަތަށް ނަގަމުން އައީ 20 ރުފިޔާއެވެ.
ރާއްޖޭގެ އާއްމު ދިރުއުޅުމާއި ގުޅޭ ގިނަ ކަންތައްތަކެއްގެ އަގުައް އުފުލިފައިވާތާ ދުވަސްދަކެއް ވެއްޖެއެވެ. އެގޮތުްނ ޕާސްޕޯރޓްގެ އަގު ވަނީ ބޮޑުވެފައެވެ. ކަރަންޓް އަދި ކާޑުގެ ބާވަތްތަކުގެ އަގު ވެސް ވަނީ އުފުލިފައެވެ.
ފުވައްމުލަކުގައި އަލަށް ނެރެންފަށައިގެން އުޅެ އޮންލައިން ނޫހެއް ކަމަށްވާ ފުވައްމުލައް ޓައިމުސް އިން ވަނީ ސިތީކައުންސިލްގެ މިނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔައި ސިޔާސީ ކަމެއްގެ ގޮތުގައި ސިފަކޮށްފއެވެ.
ނަމަވެސް މިނިންމުން ފުވައްމުލަކުގެ ގިނަ ރައްޔިތުން ބަލައިގަންނަކަން ހާމަވަނީ އޮންލައިކޮށް ބައްއެ ފަރާތްތަކުން ފާޅުކޮށްފައިވާ ޝުއޫރުތަކުންނެވެ. އެގޮތުން ބައެއް ފަރާތްތަކުން ބުނެފައި ވަނީ އުރުން އެއްފަރަހު ހަދަން ޖެހޭ އުފަންދުވަހުގެ ސެޓްފިކެޓް ހެދުމުގެ އަގަށް 25 ރުފިޔާ ބޮޑު ނޫންކަމަށާއި އެޚިދުމަތް އަވަހަށް ބޭނުންވާ ފަރާތަކަށް ލިބުމުގެ އިންތިޒާމު ހަމަޖެހިފައި ވުމަކީ މާ މުހިންމު އަދި ފައިދާ ކުރަނިވި ކަމެއް ކަމަށެވެ. ނަމަވެސް ކޮންމެ ދުވަހަކު ކާން ބޭނުންކުރާ ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮވުމާއި ތެލުގެ ޑިއުޓީ ދޫކޮށްލުމުން ރަށްޔިތުންނަށް ފައިދާ މާބޮޑަށް ކުރާނެ ކަމަށެވެ.



ޚިޔާލުތައް