ޚަބަރު ޑޮޓް އެމްވީގެ ނަމުގައި ގުޅައިގެން މީޑީއާއަށް (އޯޑިއޯއިން) ދިން މައުލޫމާތު ހަގީގަތް އޮޅޭ ގޮތަށް އެޑިޓްކޮށް އޮޅުވާލައިގެން އެހެން ފަރާތަކުން ފޭސްފުބުކުގައި ޝާއިޢުކުރި މައްސަލާގައި ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރ ފަލާޙު ފުލުހުންނަށް މައްސަލަ ތަޙުގީގުކޮށްދޭން އެދެން ނިންމައިފިއެވެ.
ޚަބަރުޑޮޓް އެމްވީގައި މިކަމާއި ގުޅޭ ގޮތުން ލިޔެފައިވާ ޚަބަރުގައި ވެސް ވަނީ “އަސުރުމާ” ފެސްބުކް ޕޭޖުގައި ރޭ ޝާއިއުކުރި އެވީޑީއޯއަށް ހަވާލާ ދީއެވެ. އެ ޚަބަރުގައި ޖަހާފައިވާ ސުރުޚީ “އަޅުގަނޑުމެން ބޭނުންވީ ތަރުޖަމާ އުކާލަން …” މިއީ ހަގީގަތް ނޫން ކަމަށް ފަލާޙު ވިދާޅުވިއެވެ. އަޅުގަނޑު ބުނެފައި ވާނީ “އަޅުގަނޑުމެން ބޭނުންވީ ކުށް ހުރި ތަރުޖަމާގެ ކޮޕީތައް އުކާލަން ނޫން” ކަމަށް ފަލާޙު ވިދާޅުވިއެވެ.
ރޭ އާއްމުކޮށްފައިވާ އެ އޯޑިއޯ އަޑު އަހާލުމުން އެއީ އެޑިޓްކޮށްގެން މާނަ އޮޅޭ ގޮތަށް ބަދަލު ގެނެސްފައިވާ އޯޑިއޯއެއް ކަން ކޮންމެ މީހަކަށް ވެސް ހާމަވާނެ ކަމަށް ފަލާޙު ވިދާޅުވިއެވެ.
ޚަބަރުޑޮޓް އެމްވީގައި ވާގޮތުން ކުށްހުރި އެތަރުޖަމާތައް ނިސްބަތްވަނީ ފުވައްމުލަކަށެވެ. ކުށް ހުރެގެން ނުބެހުމަށް އިސްލާމިކް މިނިސްޓްރީން އަންގާފައިވާ އެ ތަރުޖަމާތަކަކީ މީގެ 10 ވަރަކަށް އަހަރު ކުރިން އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް ރައީސް އޮފީހުން ފޮނުވާފައިވާ ތަރުޖަމާތަކެއްކެވެ. މީގެ ވެރިފަރާތަކީ ކޮބައިކަން ސާފެއް ނޫނެވެ.
ކުށް ހުރި އެ ތަރުޖަމާތައް ތިލަފުށްޓަށް ފޮނުވީ ވެމްކޯއަށް ރަސްމީ ސިޓީއަކުން އަންގައި، އެފަދަ ތަކެތި ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލުން ނައްތާލުމަށް ކަމަށް މޭޔަރު ފަލާހު މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވިއެވެ.
އަދި ތިލަފުށިން ވެމްކޯއަށް މިތަކެތި ޙަވާލުކުރުމަށް ދައްކަންޖެހޭ ފައިސާ މި މަސައްކަތާއި ހަވާލުވި ކޮންޓްރެކްޓަރު ދައްކާފައިވާ ކަމުގެ ރަސީދު ފުލުހުންނާއި ހިއްސާކޮށްފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސްލްގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޟިރާރު ވިދާޅުވިއެވެ.
މީގައި އެއްބަޔަކު އަނެއްބަޔަކު ކުށްވެރިކުރަން އުޅުމުގެ ބަދަލުގައި ކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަވުމަކީ މުހިންމު ކަމެއްކަމުގައި ޟިރާރު ފާހަގަކުރެއްވި އެވެ.
ޚަބަރު އެމްވީގައި ވަކި ސިޔާސީ ޕާޓީއެއްގެ ވާހަކަ ގެނެސް، ވަކި ސިޔާސީ ފިކުރެއްގައި ހަރަކާތްތެރިވާ އެކްޓިވިސްޓުން މިމައްސަލަ ސީޔާސީކުރަން ސޮޝަލް މީޑިއާގައި އުޅޭ އުޅުމަކީ އެމީހުންގެ އިޚުލާސްތެރި ކާމާމެދު ރައްޔިތުން ސުވާލު އުފައްދާނެ ކަމެކެވެ.



ޚިޔާލުތައް