ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ފިހަރައެއް މިއަދު ހަވީރު ފުވައްމުލަކުގައި ހުޅުވުމަށް ތައްޔާރުވަމުން އެބައާދެއެވެ. މިކަލް ނޫހަށް މައުލޫމާތު ލިބފައިވާ ގޮތުގައި މިއަދު ހަވީރު 4:00 ގައި މިފިހާރަ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނެއެވެ. މިކަން އެފްއެސްއެމްގެ ފުވައްމުލަކު ބްރާންޗްގެ މެނޭޖަރު މާލިކު ވަނީ މިކަލް ނޫހަށް ކަށަވަރު ކޮށްދެއްވާފައެވެ.
މިއަދު ފުވައްމުކުގައި ހުޅުވޭ އެފްއެސްއެމްގެ ތެޔޮ ފިހާރައިން ކުރިޔަށްވުރެ ހެޔޮއަގެއްގައި ތެޔޮ ލިބިގެންދާނެއެވެ. މިކަލް ނޫހަށް ލިބިފައިވާ އަގުތަކަށް ބަލާއިރު ޕެޓްރޯލް ލިޓަރަކުން 1.22 ރުފިޔާ ކުޑައެވެ. އަދި ޑީސަލް ލިޓަރަކުން 1.40 ރުފިޔާ ހެޔޮވެއެވެ.
މިއަދު ހަވީރު 4:00 ން ފެށިގެން ފުވައްމުލަކުގެ ތެލުގެ އަގުތައް
އެފްއެސްއެމް: ޕެޓްރޯލް ލިޓަރެއް 11.26 ލިޓަރެއް
ފްރީގޭޓް: ޕެޓްރޯލް ލިޓަރެއް 12.48ރ.
އެފްއެސްއެމް: ޑިސަލް ލިޓަރެއް 8.91 ލިޓަރެއް
ފްރީގޭޓް: ޑިސަލް ލިޓަރެއް 10.31ރ.
އެފްއެސްއެމްގެ ތެޔޮ ވިއްކާ އައުޓްލެޓް ހުންނަނީ ބަނދަރު ސަރަހައްދުން ފްރީގޭޓް ތެޔޮ އައުޓްލެޓާއި ޖެހިގެން އިރުމައްޗަށެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެފްއެސްއެމްގެ އަކީ ރީޓޭލްކޮށް ތެލުގެ ވިޔަފާރި ކުރުމަށް އުފައްދާފައިވާ ކުންފުންޏެކެވެ. އެކުންފުނީގެ ތެޔޮ ވިއްކާ ފިހާރަތައް މާލެއާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ހުރެއެވެ.
މިހާތަނަށް ފުވައްމުލަކުގައި ތެޔޮ ވިއްކަމުން އައިސްފައި ވަނީ ފްރީގޭޓް ކުންފުނީގެ ދެ އައުޓުލެޓަކުން އެކަންޏެވެ. ވުމާއެކު ޚިދުމަތް މޮނޮޕޮލައިޒް ކުރުމާއި އަގު ބޮޑުވުމުގެ އިތުރުން ބައެއްފަހަރު މުޅި ރަށުން ތެޔޮ ހުސްވުމުގެ ޝަކުވާ ފުވައްމުލަކުގެ ރައްޔިތުން ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.



ޚިޔާލުތައް