A wide advertisement which will be shown on all devices. (700 x 100)

ބަނޑާރަ ކިޅި ހިސާބުން ޣާޒިމަގުގައި އޮތް ފެންގަނޑަށް ތެޔޮ އެޅެނީ

ފުވައްމްލަކުގެ މަގުތަކުގައި ބޮޑުވެފައިވާ ފެންގަނޑު ޕަންޕު ޖަހައި ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ. ފޮޓޯ:އެމްއެންޑީއެފް

ފުވައްމުލަކުގެ މަގުތަކުގައި ފެންބޮޑުވެފައި ވާއިރު ބަންޑާރަކިޅި ސަރަހައްދުން ޣާޒީމަގުގައި އޮތް ފެންގަނޑަށް ޑީސަލް އެޅެމުންދާ ކަމަށް ބުނެ މިކަލް ނޫހާއި ވާހަކަ ދެއްކި މީހަކު ކަންބޮޑުވުން ކުރިއެވެ. އޭނާ މީހަކު ބުނި ގޮތުގައި ޣާޒިމަގުގައި އޮތް ފެންގަޑުގެ ބަންޑާރަ ކިޅި ހިސާބަށް ގިނަ އަދަދަކަށް ޑީސަލް އެޅިފައިވާކަން ފާހަގަ ކުރެވި އެކަން ސިޓީ ކައުންސިލްގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ.

މަގުމަތީ އޮތް ފެންގަނޑަށް ޑިސަލް އެޅެމުންދާކަމަށް ބެލެވެނީ ދުއްވާ އެއްޗެހީގެ އިންޖީނުން ނުވަތަ އެސަރަހައްދުގައި ބޭއްވިފައިވާ ވެހިކަލް ތަކުން ކަމަށް ބެލެވޭ ކަމަށް މިކަލް ނޫޙާއި ވާހަކަ ދެއްކި ފަރާތުން ހާމަކުރިއެވެ. އޭނާ ހާމަކުރި ގޮތުގައި އެކަން ފުރަތަމަ އޭނާގެ ސަމާލުކަމަށް އައީ އެހިސާބުން ދަނިކޮށް ވަރަށް ގަދަޔަށް ތެޔޮވަސް ދުވާތީ ބެލި ބެލުމުން ނެވެ. 

އޭނާ ކަންބޮޑުވުން ފާޅުކުރި ގޮތުގައި މިގޮތަށް ފެންގަނަޑަށް އެޅޭ ތެޔޮ ގިނަވެއްޖެނަމަ، ބަންޑާރަ ކިޅީއަށް ތެލުގެ އަސަރުކޮށް ކިޅީގައިވާ ދިރޭ ތަކެއްޗަށް ނުރައްކާވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ބުނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !