A wide advertisement which will be shown on all devices. (700 x 100)

ބައިނަލް އަގުވާމީ ގޮނޑުދޮށްތައް ސާފުކުރުމުގެ ހަރަކާތުގައި ފުވައްމުލަކުން ބައިވެރިވަނީ

ހޭޅިފަށް ސާފުކުރުމުގެ ހަރަކާތް އަންނަ ހޮނިހިރު ދުވަހު ހަވީރު 3:45 ގައި ބޮޑޮފަންނުން

ބައިނަލް އަގުވާމީ ގޮނޑުދޮށްތައް ސާފުކުރުމުގެ ހަރަކާތުގައި ފުވައްމުލަކުން ބައިވެރިވުމަށް ތައްޔާރުވަމުން އެބައާދެއެވެ. ފުވައްމުލައް ސިޓީ ކައުންސިލުގެ އިސްނެގުމަކަށް ކުރިޔަށް ގެންދާ މިހަރަކާތް ފެށުން އޮންނާނީ ބޮޑޮފަންނު ސަރަހައްދުންނެވެ. މިހަރަކާތުގެ ދަށުން ރަށުގެ ހޭޅިފަށާއި ގޮނޑުދޮށް ސާފުކުރުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ ދިނުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

ބައިނަލް އަގުވާމި ގޮތުން ގޮނޑުދޮށްތައް ސާފުކުރުމުގެ ދުވަހެއްގެ ގޮތުގައި ފާހަގަކުރަނީ ސެޕްޓެމްބަރު މަހު 16 ވަނަ ދުވަހެވެ. އެގޮތުން ފުވައްމުލަކުަގއި ވެސް މިހަރަކާތް ކުރިޔަށް ގެންދެވެނީ ސެޕްޓެމްބަރ 16 ވާ ހޮނިހިރުގެ ހަވީރު 3:45 ން ފެށިގެންނެވެ.

ބައިނަލް އަގުވާމީ ގޮތުން ފާހަގަ ކުރާ ގޮނޑުދޮށްތައް ސާފުކުރުމުގެ ހަރަކާތް ގައުމީ ފެންވަރެއްގައި ރަށްމީކޮށް ފެށުމަށް އީޕީއޭ އިން ހަމަޖައްސާފައި ވަނީ އަންނަ ހޮނިހިރު ދުވަހު ހުޅުމާލެއިންނެވެ.

މުޅި ފުވައްމުލައް ވަށާ ހޭޅިފަށާއި ގޮނޑުދޮށްތައް ސާފުކުރުމުގެ ހަރަކާތްތަކެއް ދާދި ފަހުން ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެހަރަކާތުގައި ފުވައްމުލަކުގެ އަތިރިމަތީގެ 10.4 ކިލޯމީޓަރުގެ ސަރަޙައްދެއް ވަނީ ސާފުކޮށް ފައެވެ.

އިންތިހާއަށް ރަށްގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ފުވައްމުލަކުގެ ރަށްގިރުމުގެ މައްސަލައަށް ސަމާލުކަން ހޯދުމުގެ ގޮތުން ޒުވާނުންތަކެއް އިސްނަގައިގެން ކުރިޔަށް ގެންދިޔަ ސާފުކުރުމުގެ އެހަރަކާތަށް ގިނަބައެއްގެ ތާއިދު ލިބިގެން ދިޔައެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !