A wide advertisement which will be shown on all devices. (700 x 100)

އީސާނާއިބު މަގުގެ ދެފަރާތަށް ކުނި އެޅުން މަނާކަން އާއްމުކޮށް އަންގައިފި

އިސާނާއިބު މަގަށް އަޅާފައިވާ ކުނި ފުވައްމުލައް ސިޓީ ކައުންސިލްގެ މުވައްޒަފުން ނުކުމު ސާފުކުރަނީ. 10 ޑިސެމްބަރު 2020

ފުވައްމުލައް ސިޓީ އީސާނާއިބު މަގުގެ ދެފަރާތުގައި ވާ ޗަސްބިން ސަރަހައްދަށް ކުނިއެޅުން މަނާކުރެވިފައިވާކަން ފުވައްމުލައް ސިޓީ ކައުންސިލުން އާއްމުކޮށް އަންގައިފިއެވެ.

އިސާ ނާއިބުމަގަކީ ފުވައްމުލަކު ހުޅަނގުކޮޅުން ހޯދަޑު އަވަށާއި ދިގުވާޑު އަވަށް ގުޅުވައިދޭގޮތަށް ޗަސްބިމުގެ ތެރެއިން އަލަށް ހެދި މަގެކެވެ. މިމަގުގެ ދެފަރާތަށް އާއްމު ފަރާތްތަކުން ގިނަ އަދަދަކަށް ކުނި އަޅަމުންގެންދާ ކަމުގެ ޝަކުވާ ފުވައްމުލައް ސިޓީ ކައުންސިލަށް ލިބެމުންދާކަމަށް އެކައުންސިލުން ހާމަކުރައްވާފައި ވެއެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނު 4/93 ގެ ދަށުން ހަދާފައިވާ ކުނި މެނޭޖުކުރުމާއި ބެހޭ ގަވާއިދުގެ 11 ވަނަ މާއްދާގައި ވާގޮތުން ކުނި އަޅަންވާނީ ތަންފީޒީ އިދާރާތަކުން އެކަމަށް ޚާއްސަކޮށްގެން ހުއްދަދީފައިވާ ތަންތަނަކަށެވެ. އަދި އެމާއްދާގެ ށ.ގައި ބަޔާންކޮށްފައިވާ ގޮތުން ޗަސްބިން ފަދަ ތަންތަނަށް އެއްވެސް ބާވަތެއްގެ ކުނިއެޅުމަކީ މަނާކަމެކެވެ.

މީގެ ކުރިން އީސާނާއިބު މަގުގެ ދެފަރާތަށް ގިނައަދަދެއްގެ ކުނި އަޅާފައިވަނިކޮށް ފުވައްމުލައް ސިޓީ ކައުންސިލުގެ މުވައްޒަފުން ނުކުމެ އެތަނުގައިވާ ކުނިތައް ނަގައި ސާފުކޮށްފައި ވެއެވެ.

އިސާނާއިބު މަގަށް އަޅާފައިވާ ކުނި ފުވައްމުލައް ސިޓީ ކައުންސިލްގެ މުވައްޒަފުން ނުކުމު ސާފުކުރަނީ، 10 ޑިސެމްބަރު 2020

މަނާ ސަރަހައްދުތަކަށް ކުނިއެޅުމަކީ ތިމާވެށި ހިމާޔަތްކުރާ ގާނޫނުގެ ދަށުން ކުށްވެރިވެ، ޖޫރިމައިނާ ވެސް ކުރެވޭ ކަމެކެވެ.

މަގުތަކަށް ކުނިއަޅާ މީހުންގެ ނަމާއި ގޭގެ ނަން އާއްމުކުރާނެ ކަމުގެ އިންޒާރު އީޕީއޭ އިން 2019 ވަނަ އަހަރު ދީފައި ވެއެވެ. މަގުމައްޗަށް ކުނި އަޅާ މީހުންގެ ނަން އާންމުކުރުމުގެ ބާރު ގާނޫނުގެ ދަށުން އީޕީއޭއަށް ވަނީ ދީފައެވެ. ގާނޫނުގައިވާ ގޮތުން އެ ފަދަ ކުށްކުރާ މީހުންގެ އަތުން ޖޫރިމަނާގެ ގޮތުގައި ފުރަތަމަ ފަހަރު 300 ރުފިޔާ އަދި ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އެ މީހެއްގެ އަތުން 500 ރުފިޔާ ނެގޭނެއެވެ. އަދި އެއީ ނުރައްކާތެރި ބާވަތެއްގެ ކުނި ނަމަ، އެ އަދަދު އިތުރު ކުރުމުގެ ބާރު ވެސް ގާނޫނުން އީޕީއޭ އަށް ދީފައިވެއެވެ.

ފުވައްމުލަކު އީސާނާއިބު މަގު – ހޯދަޑު ކޮޅުން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !