ޒަމާނުއްސުރެ ސައުދީގައި މަނާވެފައިވާ އަންހެނުން އުޅަނދު ދުއްވުން މިއަދު ސައުދީ ރަސްގެފާނު ސަލްމާނު ބާތިލުކޮށް، އުޅަނދު ދުއްވުމުގެ ހުއްދަ އަންހެނުންނަށް ދެއްވުމުގެ އަމުރު ނެރުއްވައިފިއެވެ. މިއީ ސައުދީގެ އައު ރަސްގެފާނާއެކު އެގައުމަށް ގެންނަމުންދާ އިޖުތިމާޢީ އަދި އިގުތިސާދީ ބަދަލުތަކުގެ ތެރެއިން ގެނެވުނު ބަދަލެއްކަމަށް އަރަބި މީޑާތަކުން ހާމަކުރެއެވެ.
ރަސްގެފާނު ސަލްމާނުގެ މިއަމުރު ސައުދީގެ ފޮރިން މިނިސްޓްރީން ވަނީ ޔަގީންކޮށްދީފައެވެ.
ސައުދީގައި އަންހެނުންނަށް އުޅަނދުފަހަރު ދުއްވުން މަނާވެފައި އޮންނަ އޮތުމާއިމެދު އާއްމު ރައްޔިތުންގެ ކަންބޮޑުވުން ހާމަކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އަދި އެއާއިއެކު ސައުދީގެ ވެރިކަމުގެ އެތެރޭގައި އާއި މީޑިއާތަކުގައި ވެސް މިކަމާއިމެދު ބަހުސު ރެވެމުން އައިސްފައިވެއެވެ.
ދީނީގޮތުން ކަނޑައެޅިގެން އެކަން މަނާކުރެވިފައި ނުވާކަމަށް ބުނެ ރަސްކަމުގެ ތެރެއިން ވެސް އައީ މިކަން ހުއްދަކުރުމުގެ މަސައްކަތްތަކެއް ކުރެވެމުންނެވެ.
ކިންގް ސަލްމާނު ވަނީ ސައުދީ ވެރިކަން ވާރުތަވަމުން އަންނަގޮތަށް ވެސް ބަދަލުތަކެއް ގެންނަވާފައެވެ. އެއާއިއެކު ސައުދީ ރަސްކަމުގެ ކޮއިލުތެރޭގައި ވާ ދެބަސްވުންތައް މީޑިއާއަށް ވެސް ވަނީ ތިލަވާން ފަށާފައެވެ.



ޚިޔާލުތައް