A wide advertisement which will be shown on all devices. (700 x 100)

މިމަހު ފަހުކޮޅުގައި ފުވަމުލައް ސިޓީގައި ފަން ފެއަރއެއް ބާއްވަނީ

މިސްޓިކް އިވެންޓްސް އިން ފުވައްމުލަކުގައި ބޭއްވުމައް ތައްޔާރުވާ ފެއާރ

މި ޖެނުއަރީ މަހު ފަހުކޮޅުގައި ފުވައްމުލައް ސިޓީގައި ފަން ފެއާއެއް ބޭއްއްވުމަށް އަމިއްލަ ފަރާތަކުން ތައްޔާރުވަމުން އެބަދެއެވެ. މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ‘މިސްޓިކް އިވެންޓްސް’ގެ ކޮމިއުނިކޭޝަންސް އެންޑް އޮޕަރޭޝަން އޮފިސަރ ސަވާދު ވިދާޅުވީ އާއްމުކޮށް ހުޅުވާލައިގެން ބާއްވާ މި އިވެންޓް އޮންނާނީ މި ޖެނުއަރީ މަހު 28 އިން 30 އަށް ކަމަށެވެ.

“ޔުނިޓީ ކޮމިއުނިޓީ އިވެންޓް” ގެ ނަމުގައި މިއިވެންޓް ބޭއްވުމަށް ކަނޑައަޅާފައި ވަނީ ފުވައްމުލަކު ރަސްމީ ބޯޅަދަނޑުގައެވެ. އަދި މިކަމަށް ބޭނުންވާ ހުއްދަތައް ކަމާބެހޭ ފަރާތްތަކުން މިހާރު ހޯދާފައިވާ ކަމަށް ސަވާދު ހާމކުރެއްވިއެވެ. މި ފަންފެއަރ އިވެންޓްގައި އެކިއެކި ކުޅިވަރު ސްޓޯލްތަކާއި ވިޔަފާރި ސްޓޯލްތައް ބެހެއްޓުމަށް ހަމަޖެހިފައި ވެއެވެ.

މިސްޓިކް އިވެންޓްސް އިން މާލޭގައި 2019 ވަނަ އަހަރު ބޭއްވި ފުޑް ފެއަރ އެއް

މިއިވެންޓް ބޮޑަށް އަމާޒުކުރެވެނީ ކުދި ވިޔަފާރިތަކާއި ގޭގައި ކޭކްގެ ބާވަތްތައް ހަދާ ފަރާތް (ހޯމް ބޭކަރސް) އަށް އެމީހުންގެ ކަސްޓަމަރުންނާއި ބައްދަލުކޮށް އެތަކެތި ވިއްކުމާއި މާކެޓްކުރުމުގެ ފުރުސަތު ހޯދައި ދިނުންކަމަށް ކަމަށް މައުލޫމާތު ދެއްވިއެވެ. އެހެންނަމަވެސް ކޮންމެ މީހަކަށްވެސް މިއިވެންޓްގައި ސްޓޯލްއެއް ރިޒާވްކޮށްގެން އެސްޓޯލްގައި ކުޅިވަރުގެ ހަރަކާތްތައް، އަތްތެރިމަސައްކަތުގެ ބާވައްތައް، ނުވަތަ ކާނާގެ ބާވަތްތައް ވިއްކުމާއި ދެއްކުމަށް ބޭނުންކުރެވިދާނެ ކަމަށެވެ.

ސްޓޯލްތަކުގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ރެވިފައިވަނީ 3 ދުވަހު ކޮންމެ ދުވަހަކު ވެސް ހަވީރު 4 އިން ރޭގަނޑު 12:00 އަށެވެ. އަދި މިހަރަކާތުގެ ތެރެއިން ތަފާތު އެކިކަހަލަ މުބާރާތްތައް ބާއްވައި އޭގައި އާއްމުންނަށް ވެސް ވާދަކުރެވޭނެ ކަމަށެވެ. އެގޮތުން މިހަރަކާތުގެ ގެތެރެއިން އެތަނަށް ޒިޔާރާތްކުރާ މީހުން ތަފާތު އެކިކަންކަމުގައި ބައިވެރި ކުރެވި އުފާވެރި މާހައުލެއް ތަޖުރިބާ ކުރެވިގެންދާނެ ކަމަށެވެ.

މިއިވެންޓުގައި ސްޓޯލެއް ހޯދުމަށް ބޭނުންވާ ފަރާތްތަކުން މިސްޓިކް އިވެންޓްސްގެ 9607641993+ އަށް ގުޅައިގެން ބުކިން އިންތިޒާމު ހަމަޖެހިގެންދާގޮތަށް ރޭވިފައިވާ ކަމަށެވެ.

ސްޓޯލްތަކަށް ކޮންމެވެސް ވަރެއްގެ ފީއެއް ނަގާނެ ކަމަށާއި ހޯމްބޭކާސް އަށް ވަރަށް ޚާއްސަ ރޭޓްތަކެއް ހަމަޖެހިގެން ދާނެ ކަމަށެވެ. މިއިވެންޓްގައި އަމިއްލަ ތަކެތީގައި ވެސް ސްޓޯލް ހެދުމުގެ ފުރުސަތު އޮތްކަމަށާއި ނޫންނަމަ އިންތިޒާމުކުރާ ފަރާތުން ސްޓޯލްތައް ހަދައިދޭގޮތަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

މިސްޓިކް އިވެންޓްސް އިން މާލޭގައި 2019 ވަނ އަހަރު ބޭއްވި ވިޔަފާރި ފެއަރ އެއް

މިސްޓިކް އިވެންޓްސް އަކި ކުރިން މާލޭ ސަރަހައްދުގައި ވެސް މިފަދަ އިވެންޓްތަކެއް ބާއްވާފައިވާ ފަރާތްތަކެކެވެ. އެގޮތުން ‘ޕޮޕޮ އަޕް ފެއަރ’ -ހުޅުމާލޭގައި ދެ ފަހަރު ބޭއްވުމާއި، މާލޭގައި ‘އޮމެގާ ޝޮޕިން ފެސްޓިވަލް’ ބޭއްވުން ހިމެނެއެވެ. ފާއިތުވި 2020 ވަނަ އަހަރަށް ޝެޑިއުލް ކުރެވުނު ފެއާތައް ކޮވިޑް-19 އާއި ގުޅިގެން ޖެހުނީ އެއްކޮށް ކެންސަލް ކުރަން ކަމަށް ސަވާދު ވިދާޅުވިއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !