ފުވައްމުލަކު “ކަންމަތީ އިމާރާތް” ކުށްޔަށް ހިފުމަށް ލަސްވެގެން މިއަދު މެންދުރުފަހު 1:30ގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައި ވެއެވެ.
އަލުން އިސްލާޙުކޮށްގެން މި ޖެނުއަރީ މަހު 11 ވަނަ ދުވަހު ފުވައްމުލައް ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައި ވާގޮތުން ފުވައްމުލަކު ކަންމަތީ އިމާރާތަކީ ދަޑިމަގު އަވަށުގައި ގެންމިސްކިތް މަގާއި ނާއިބު ތުއްތު މަގާއި ގުޅޭ ކަންމަތީގައި ހުރި އިމާރާތެއް ކަމަށް ވެއެވެ. އެތަނުގައި ހުރި އިމާރާތަކީ ކުރިން ގަރާޖެއް ހިންގި އިމާރާތެކެވެ. ސިޓީ ކައުންސިލުން އިއުލާންކޮށްފައި ވަނީ ކުރިން ގަރާޖު ހިންގި އިމާރާތާއި އެބިން ކުށްޔަށް ދޫކުރުމަށެވެ.
ސިޓީ ކައުންސިލުން އެންމެ ފުރަތަމަ ‘ކަންމަތީ އިމާރާތް’ ކުށްޔަށް ދިނުމަށް އިއުލާން ކުރުމުން ސޯޝަލް މީޑިއާގައި ބައެއް މީހުން އެއީ ކޮންތަނެއް ކަން ނޭނގި ސިޓީ ކައުންސިލުގެ އިއުލާނާއި މެދު ޝައްކުގެ ނަޒަރަކުން ދެކި ފާޑުކިޔާފައި ވެއެވެ. ނަމަވެސް ފަހުން ނެރުނު އިއުލާނުގައި އެއީ ކޮންތަނެއްކަން ސާފުކޮށް ބަޔާންކުރުމުން ފާޑުކިޔުންތައް ވަނީ ހުއްޓާލާފައެވެ.

ފުވައްމުލަކު ކަންމަތީ އިމާރަތް – ސިޓީ ކައުންސިލުން ކުށްޔަށް ދޫކުރުމަށް މިވަނީ ހުޅުވާލާފައި.
އާއްމުގޮތެއްގައި ކަންމަތީ އިމާރާތް ކަމަށް ކުރިން މީހުން މާނަކުރަމުން އަންނަނީ މަގުތައް ގުޅޭ ކަންމައްޗެއްގައި ހުންނަ އިމާރާތްތަކަށެވެ. އެގޮތުން ކަންމަތީ ފިހާރަ ރާއްޖޭގައި މަޝްހޫރުވެފައި ވަނީ ގެ ކައިރީ ސަރަހައްދުގައި ހުންނަ “ކޮންވީނިއަންޓް ސްޓޯރ” ގެ ރާއްޖޭގެ ވައްތަރުގެ ގޮތުގައެވެ. ނަމަވެސް ފުވައްމުލަކު ކަންމަތީ އިމާރާތަކީ ކޮބައިކަން މިހާރު މިވަނީ އެނގިފައެވެ.
މކަންމަތީ އިމާރާތް ހުރި ބިމާއި އިމާރާތް ކުށްޔަން ހިފަން އެދޭ ފަރާތަކުން މިއަދު 1:30 ގެ ކުރިން ސިޓީ ކައުންސިލުގައި ރަޖިސްޓްރީ ކުރުމަށްފަހު އެއްހަފުތާ ފަހުން، 26 ޖެނުއަރީ 2021 ގެ 1:00 އަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

ޚިޔާލުތައް