A wide advertisement which will be shown on all devices. (700 x 100)

އަދާލަތު ޕާޓީގެ ރައީސް ކަމަށް ޝައިޚު އިމްރާނާއި ޑރ. އަހުމަދު ޒާހިރު ވާދަކުރައްވަނީ

އަދާލަތު ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުން. ޑރ.އަހުމަދު ޒާހިރު އަދި ޝ.އިމްރާނު އަބްދުﷲ

އަދާލަތު ޕާޓޯގެ ރައީސް ކަމުގެ މަގާމަށް މިހާރު ވެސް އެޕާޓީގެ ރައީސް އަދި މިސަރުކާރުގެ ހޯމް މިނިސްޓަރ ޝައިޚު އިމްރާނު އަބްދުﷲ އާއި މިސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާއިރު ވާދަކުރައްވާކަން އެޕާޓީން ހާމަކުރައްވައިފިއެވެ.

މި ޖެނުއަރީ މަހު 30 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަދާލަތުޕާޓީގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަނީ ދެ ކެންޑިޑޭޓުންނެވެ. އަދި މި ދެ ކެންޑިޑޭޓުންގެ ރަނިންމޭޓުންގެ ގޮތުގައި ދެ ބޭފުޅުށަހަޅުއްވާފައި ވެއެވެ. އިންތިޚާބު ކާމިޔާބުރައްވާ ބޭފުޅެއްގެ ރަނިންމޭޓު ވެގެން ދާނީ އަދާލަތު ޕާޓީރެ ނާއިބު ރައީސަށެވެ.

މިހާރުގެ ރައީސް ޝައިޚު އިމްރާނު އަބްދުﷲގެ ރަނިންމޭޓެއްގެ ގޮތުގައި ޚިޔާރުކުރައްވާފައި ވަނީ އަހުމަދު ޝަރީފު އަލިޝް/މާލެ އެވެ. އަދި ޑރ. އަހުމަދު ޒާހިރުގެ ރަނިންމޭޓަކީ އަހުމަދު ރަޝީދު ދަފްތަރު 3851 އެވެ.

އަދާލަތު ޕާޓީގެ މިހާރުގެ ނާއިބު ރައީސަކީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް، ފުވައްމުލަކު މިސްކިތްމަގު އަވަށަށް ނިސްބަތްވާ އުސްތާޒު އަލީ ޒާހިރު އެވެ. މިފަހަރުގެ އިންތިޚާބުގައި އޭނާ ހިމެނިފައެއް ނުވެއެވެ. އަދާލާތު ޕާޓީގެ އިސް ލެވެލެއްގައި މީގެ ކުރިން ފުވައްމުލަކުގެ މީހުން ފެންނަލެއް ގިނައެވެ.

މި އިންތިޚާބުގައި ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފުތާގެ ހޮނިހިރު (30 ޖެނުއަރީ) އޮންލައިންކޮށް ވޯޓުލާގޮތަށެވެ. އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބެނީ މހަފުތާގެ ބުދަ ދުވަހާއި ހަމަޔަށް އެޕާޓީގައި މެމްބަރެއްގެ ގޮތުގައި ބަލައިގެންފައިވާ ފަރާތްތަކަށެވެ.

އަދާލަތު ޕާޓީ އުފެދުނީ 2005 ވަނަ އަހަރުއެވެ. މިހާރު އެޕާޓީ ގައި ތިބީ 6640 މެމބަރުންނެވެ. އެޕާޓީއަށް ދައުލަތުން ސިޔާސީ ޕާޓީތަކަށްދޭ ފައިސާ ލިބޭގޮތް ބުވަނީ 10000 (ދިހަ ހާސް) މެމްބަރުން ހަމަނުވާތީ އެވެ.

ސިޔާސީ ޕާޓީތައް އުފެދުނު ފަހުން ވެރިކަމަށް މިހާތަނަށް އައި ކޮންމެ ޕާޓީއަކާއި އެކު އަދާލަތު ޕާޓީން މަސައްކަތް ކޮށްފައި ވެއެވެ. އަދި އެމްޑީޕީގެ މިސަރަރުކާރުގައި ވެސް އަދާލަތުޕާޓީން %15 ހިއްސާ ކުރެއެވެ. ނަމަވެސް އެޕާޓީގެ މަޖުލިސް މެމްބަރަކު ނެތެވެ.

 

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !