A wide advertisement which will be shown on all devices. (700 x 100)

އަދާލަތު ޕާޓީގެ ރިއާސީ އިންތިޚާބަށް އެޕާޓީގެ ރެޖިސްޓާގެ ނާއިބު ވަފީރު ފާޑުކިޔައިފި

އަދާލަތު ޕާޓީގެ ރެޖިސްޓްރާ ގެ ނާއިބުގެ މަގާމު ފުރަމުންދާ ހުސެއިން ވަފީރު އެޕާޓީގެ ރިއާސީ އިންތިޚާބަށް ނުސީދާކޮށް ފާޑުކިޔައިފިއެވެ.

އަދާލަތު ޕާޓީގެ ހަރަކާތްތެރި މެންބަރެއް ކަމަށް ކުރިން ފާހަގަކުރެވުނު ހުސެއިން ވަފީރު އެޕާޓީގެ ރައީސާއި ނާއިބު ރައީސް ހޮވުމަށް ބޭއްވޭ އިންތިޚާބަށް ނުސީދާކޮށް ފާޑުކިޔާފައިވަނީ އެޕާޓީގެ އިންތިޚާބަށް ކެންޕޭނު ކުރުމަށް އެންމެ 8 ދުވަސް ދީފައިވާތީއެވެ.

ވަފީރު ހިތްހަމަ ނުޖެހުން ފާޅުކޮށް ނުސީދާކޮށް ފާޑުކިޔާފައިވަނީ މިދިޔަ ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ވަފީރު ބުނެފައި ވަނީ “އަށް ދުވަހުގެ ދިގު މުއްދަތެއް ކެންޕޭނު ދީފައި ސިޔާސީ ޕާޓީއެއްގެ ރިއާސީ އިންތިޚާބު ބާއްވާ ޚަބަރަކީ 21 ވަނަ ގަރުނުގަ އިވުނު އެންމެ ހިތްގައިމު ޚަބަރު” ކަމަށެވެ.

ޢަދާލަތު ޕާޓީގެ ރައީސާއި ނައިބު ރައީސްގެ މަޤާމަށް ބޭފުޅުން އިންތިޚާބުކުރަން ބާއްވާ އެ ޕާޓީގެ އިންތިޚާބު އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި ވާދަކުރައްވަނީ ހޯމް މިނިސްޓަރު އަދި މިހާރުވެސް އެޕާޓީގެ ރައީސް ޝައިޚް އިމްރާނު އަބްދުﷲ އާއި އޭނާގެ ރަނިންމޭޓުގެ ގޮތުގައި ނާއިބު ރައީސަށް އަހުމަދު ޝަރީފާއި މިހާރުގެ އިސްލާމިކް މިނިސްޓަރު ޑޮކްޓަރު އަހުމަދު ޒާހިރު އަލީ އާއި އެނާގެ ރަނިންމޭޓުގެ ގޮތުގައި ނާއިބު ރައީސަށް އަހުމަދު ނަޝީދެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !