A wide advertisement which will be shown on all devices. (700 x 100)

އަދާލަތު ޕާޓީގެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

އަދާލަތު ޕާޓީގެ ގައުމީ މަޖުލިސް ތާވަލްކޮށް ބައެއް މަގާމުތަކަށް އިއުޅާންކޮށްފި

އަދާލަތު ޕާޓީގެ 3 ވަނަ ދައުރުގެ މަގާމުތަކަށް ކުރިމަތިލުމަށް އެޕާޓީން ހުޅުވާލައިފިއެވެ. އެޕާޓީގެ 3 ވަނަ ދައުރުގެ ރައީސާއި ނާއިބު ރައީސަކު ވަނީ ފާއިތުވި ހަފުތާ ބަންދުގައި އިންތިޚާބުކޮށްފައެވެ.

މިފަހަރު އެޕާޓީން ހުޅުވާލީ ފަނޑިޔާރުންގެ މަޖުލީހުގެ 5 މެމްބަރުންގެ މަގާމާއި، ޒުވާނުގެ މަޖުލީހުގެ 21 މެމްބަރުންނާއި އަންހެނުންގެ މަޖުލީހުގެ 21 މެމްބަރުންގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތެވެ.

މިމަގާމުތައް އަދާކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި 11 ފެބުރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 3:00 ގެ ކުރިން އެޕާޓީގެ މައި އިދާރާއަށް، ނުވަތަ އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

މި މަޖުލީސްތަކަށް މީހުން ހޮވަނީ ކުރިމަތިލާ ފަރާތްތަކުމެދުގައި އެޕާޓީގެ ގައުމީ މަޖުލީހުގައި ނަގާ ސިއްރު ވޯޓުންނެވެ. ފަނޑިޔާރުންގެ މަޖުލީހަށް ކުރިމަތިލެވެނީ ޝަރުޢީ، ޤާނޫނީ ގޮތުން ނުވަތަ އިޖްތިމާޢީ ގޮތުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ. ޒުވާނުންގެ މަޖުލީހަށް ކުރިމަތިލެވެނީ އުމުރުން 35 އަހަރުން ދަށުގެ މީހުންނަށެވެ. އަދި އަންހެނުންގެ މަޖުލީހަށް ކުރިމަތިލެވެނީ ހަމައެކަނި އަންހެނުންނަށެވެ.

އަދާލަތު ޕާޓީގެ ގައުމީ މަޖުލިސް ބޭއްވުމަށް ކަނޑައަޅާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު 26 އަދު 27 ދުވަހުއެވެ. އެއިގެ ކުރިން އެޕާޓީގެ ދާއިރާ ރައީސުންނާއި ގޮފިތަކުގެ ހިންގާ ކޮމެޓީ އިންތިޚާބުކުރުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެޕާޓީގެ ޤައުމީ މަޖުލީހަކީ ކޮންމެ ދައުރެއް ނިމުމުން ބޭއްވުމަށް ޕާޓީގެ ދުސްތޫރު ބަޔާންކޮށްފައިވާ ޕާޓީގެ އެންމެ އިސް ރުކުން ކަމަށް އަދާލަތުޕާޓީން ނެރުނު ބަޔާނުގައި ވެއެވެ.

ޤައުމީ މަޖިލީހުގައި ބައިވެރިވެވެނީ އެޕާޓީގެ ޢިލްމުވެރިންގެ މަޖުލީހުގެ މެންބަރުންނާއި، މަޝްވަރާ މަޖުލީހުގެ މެންބަރުންނާއި، ފަނޑިޔާރުންގެ މަޖުލީހުގެ މެންބަރުންނާއި، އިދާރީ މަޖުލީހާއި، އަންހެނުންގެ މަޖުލީހާއި ޒުވާނުންގެ މަޖުލީހުގެ އިތުރުން ދާއިރާތަކާއި ގޮފި ތަކުގެ މަންދޫބުންނެވެ. އަދި ޕާޓީގެ ޢާއްމު މެންބަރުންނަށް ޤައުމީ މަޖިލީހުގެ ބައްދަލުވުން އަޑުއެހުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !