A wide advertisement which will be shown on all devices. (700 x 100)

ދެވަނަ ޓާމް ފެށޭއިރަށް ރާއްޖޭގެ ހުރިހާ ސްކޫލެއް ވައިފައިކޮށް ޓެބްލެޓް ބޭނުންކުރާ ގޮތަށް ހަދަނީ

ސުކޫލްގެ ދެވަނަ ޓާރމް އިން ފެށިގެން ހުރިހާ ސުކޫލެއް ވައިފައިކޮށް ޓެބްލެޓްގެ އެހީގައި ކިޔަވައިދޭން ފެށޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލް ޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ ރިޔާސީ ބަޔާން އިއްވުމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރިއާސީ ބަޔާން އިއްވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ސްކޫލް ނިޒާމްއަކީ ތިމާވެއްޓާ ރައްޓެހި ނިޒާކަމަށް ހެދުމުގެ މަސައްކަތް ވަނީ ފައްޓަވާފައިވާ ކަމަށާއި ހުރިހާ ސްކޫލެއް ވައިފައިކޮށް ގްރޭޑް އެކަކުން ފެށިގެން 12 އަށް ކިޔަވާ ކުދިންނަށް ޓެބްލެޓް ލިބިގެންދާނެ ކަމަށެވެ.

ސްކޫލްތައް ޑިޖިޓަލައިޒްކޮށް، މިއަހަރުގެ މެއި މަހުގެ ތެރޭގައި “ޓެބްލެޓް” ބޭނުން ކޮށްގެން ކިޔަވައި ދޭން ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވެސް ވަނީ މިއަހަރުގެ ޖެނުއަރީ މަހު ވިދާޅުވެފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !