ރައީސް ޔާމީނު ސަރުކާރުގެ ފުރަތަމަ ޔޫތު އެންޑް ސްޕޯރޓްސް މިނިސްޓަރު މަލީޙު ޖަމާލު ވިދާޅުވީ މި ސަރުކާރަށް 4 އަހަރުގެ ތެރޭގައި ފުއްދުނީ ވީ ވައުދުގެ %10 ކަމަށެވެ. ރިޔާސީ ކެމްޕޭނުގައި ރައީސް ޔާމީނު ސަރުކާރުގެ މެނިފެސްޓޯ ރައްޔިތުންނަށް އޮޅުންފިލުވައި ދިނުމުގައި އިސްދައުރެއް އަދާކުރެއްވި ކުރީގެ ޔޫތު މިނިސްޓަރު މަލީހު މިހެން ވިދާޅުވީ މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގައެވެ.
ސަރުކާރުން ވަކި ކުރުމުން ރައީސް ޔާމީނުގެ ސަރުކާރަށް ވަރަށް ގިނައިން ފާޑުވިދާޅުވަމުން އަންނަ މަލީޙުގެ މިޓުވީޓު އައީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫޢުގެ ދަށުން އިމާރާތް ކުރާ 7000 ފުލެޓް ބަހާނެ ކެޓަގަރީތަކެއް މިއަދު ސަރުކާރުން އިއުލާން ކުރުމާއި ގުޅިގެންނެވެ. މިކަމާއި ގުޅުވައިގެން މަލީހު ވިދާޅުވެފައި ވަނީ “މިހާރު ކަށްވަޅުގައި ތިބި މީހުންނަށް ވެސް ފްލެޓު ދޭން ވައުދު ވަނީ” ކަމަށެވެ. މިސަރުކާރުން ނުވާނެ ކަންތައްތަކުގެ ހުވަފެން ދައްކަނީ ކަމަށެވެ.
މަލީހުގެ ޔޫތު މިނިސްޓަރު ކަމުގައި ސްޕޯރޓްސް އެރީނާ ގެ ނަމުގައި އަޅާދޭން ފެށި ފުޓުސަލް ދަނޑުތަކާއި ބަށިކޯޓުތައް އެޅުމަށް މަޝަރޫއަށް ފަހުން ބޮޑު ބުރަހެލި ކަމެއް އައިކަން ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން ފުވައްމުލަކުގެ 3 ސަރަހައްދެއްގައި އެޅި ފުޓުސަލް ދަނޑަށްފަހު އެމަޝްރޫޢު ވަނީ ބޮޑު ނިގުލަށް ވެފައެވެ. އެގޮތުން ހޯދަޑު އަވަށާއި މާލެގަމުގައި ފަހުން އަޅަން ފެށި ފުޓުސަލް ކޯޓުތަކުގެ މަސައްކަތް ވަނީ ކުރިޔަށް ނުގެންދެވިފައެވެ.



ޚިޔާލުތައް