އޭރިއަލް ވިއުއެއްގައި ޑްރޯން އަކުން ނަގާފައިވާ ކޮޑަކިޅީގެ ހަޓް ގެ މަންޒަރަކީ މިދުވަސްކޮޅު ސޯޝަލް މީޑއާގައި ދައުރުވާ ފުވައްމުލަކުގެ އެންމެ ރީ އެއްމަންޒަރެވެ. ކޮޑަކިޅީގެ މިމަންޒަރުގެ ރީތިކަމަށް އެއްބަޔަކު ތައުރީފު ކުރަމުން އަންނައިރު އެ ހަޓާއިމެދު ތަފާތު ގޮތަކަށް ދެކޭ މީހުންގެ ބަހުސެއް ވެސް މިވަނީ ފެށިފައެވެ. ކޮޑަކިޅީގައި ހަދާފައިވާ ހަޓުގެ އަގަކީ 8 މިލިޔަން ކަމަށް ބުނެ އެކަމުގައި ކޮރަޕްޝަންގެ އަމަލު ހިމެނިފައިވާނެ ކަމަށް އެއްބަޔަކު ތުހުމަތުގެ އިނގިލި ދިއްކުރަމުން ދެއެވެ.
މިއީ ތިމާވެއްޓާއި ބެހޭ މިނިސްޓްރީގެ ދަށުން ހިންގާ ކްލައިމެޓް ޗޭންޖް އެންޑް އެޑަޕްޓޭޝަން ޕްރޮޖެކްޓްގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.
މި ބަހުސުގައި މިއާދު ބުނެފައި ވަނީ 8 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން އަޅާފައި ހުރީ އަގާއި އެކަށީގެންނުވާ ތަނެއް ކަމަށެވެ. “އަފުން ކުދުވޭލައި އެޑީ ކުދުގޭ 4 މިލިޔަން ރުފިޔާ” މިއާދު ލިޔެފައި ވެއެވެ.
އެހެން ބައިވެރިޔަކު ބުނެފައިވަނީ މިފަދަ ގޮތަކަށް މުޅިންވެސް “އަޅުވަނީ އަނދުން” ކަމަށެވެ.
އެއާއި ވިދިގެން އެހެން ބައިވެރިޔަކު އަހާފައި ވަނީ މިތަނުގެ ކުރެހުމަށް ކިހާ ވަރެއް ޚަރަދުވާނެ ހެއްޔެވެ؟
އެއަށް ޖަވާބުދެމުން މުހައްމަދު ޝަހީދު ބުނެފައި ވަނީ 2 މިލިޔަން ވަރު ޚަރަދު ވާނެކަމަށެވެ. އަދި އޭނާގެ ޕޯސްޓަށް ތާއިދު ކުރަމުން އެހެން ބައިވެރިޔަކު ބުނެފައި ވަނީ ރައީސް މީހާއަށް “ކަޓް” ލާންޖެހޭ ކަމަށާއި އެއީ ދީނީ ވާޖިބެއް ކަމަށް، ޖެއްސުމުގެ ގޮތުން ބުނެފައި ވެއެވެ.
މި ހަޓްހުރީ ކޮންތަަނެއްގައި ތޯ އެހެން ބައިވެރިއަކު ސުވާލު ކުރުމުން ޖަވާބުގައި މިއާދު ބުނެފައި ވަނީ އެއީ ވީދަޑު(އިރު-ދެކުދުނު)ގައި ހުރި ‘ކުދުގެއެއް” ކަމަށެވެ. “އެއްބުރިހާ، އަފުން ކޭލްބަޑެން ހިލޭ ދެ ބުރިހާ އެޑީމާ” އެވެ.
އެއާއި ވިދިގެން އަންވަރީ ބުނެފައި ވަނީ މި ހަޓަށް 8 މިލިޔަން ރުފިޔާ ޚަރަދުވިގޮތެއް ބަލަން ޖެހޭ ކަމަށެވެ.
މި ބަހުސަށް ރައްދު ދެމުން އަލީ ފަޒާދު ކިޔާ ބޭފުޅަކު ވިދާޅުވެފައި ވަނީ “ތޫނޑެ ކެޑެއި މިލިޔަން ރުފިޔާ ޚަރަދޮކޯފޭ ދަނޑިފަނެން ތަންތަން ހެދީ ދުވަހަސް ފެނުން” ކަމަށެވެ. އަދި އަލީ ފަޒާދު ވަނީ ކުރީގައި އެމްޑީޕީ ސަރުކާރުން ފުވައްމުލަކާއި އައްޑޫގައި ބޭއްވި ސާކް ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ފުވައްމުލަކު ތުނޑީގައި ހެދި ކަލްޗަރަލް ހަޓްގެ ފޮޓޯއެއް ވެސް ޕޯސްޓްކޮށް “ކުދުގެ” އަކީ މީއީ ކަމަށް ބުނެފައެވެ.
އެއިގެ ރައްދުގައި މިއާދު ބުނެފައި ވަނީ އެތަނަށް މިލިޔަން ރުފިޔާ ޚަރަދު ނުކުރާ ކަމަށާއި އެއީ ވަކި މުނާސަބަތަކަށް ހެދި ވަގުތީ ތަނެއް ކަމަށްވުމުން އެކަން އެންމެ ރަގނގަޅު ކަމަށާއި އެމްޑީޕީ ސަރުކާރުގައި ރަށަށް ކޮށްދީފައި ވަނީ އެކަން އެކަނި ނޫންކަމަށް ކަމަށެވެ.
މިއާދުގެ ޕޯސްޓަށް ޖަވާބު ދެމުން ފުވައްމުލައް ސިޓީ ކައުންސިލް އުތުރު ދާއިރާގެ މެންބަރު ހަމަދު ޕޯސްޓްކޮށްފައި ވަނީ އަދި މިހާރު ފެންނަން އެހެރީ މި ޕްރޮޖެކްޓްގެ ދަށުން މހާތަނަށް ނިމިފައިވާ ހަމައެކަނި ހަޓް ކަމަށެވެ. އެކަހަލަ އިތުރު ހަޓެއް ހޯދަޑާއި ދިގުވާޑު ގުޅުވައިދޭ މަގުން ޗަސްބިމުގައި(އުތުރު-ވީދަޑުގައި) ހަދާނެ ކަމަށާއި އެއިގެ އިތުރުން ދަޑިމަގު ކިޅީގައި ރިކްރިއޭޝަން ހަޓަކާއި ކިޅީގައި ބާބެކިއު ހަދާނެ ޕްލެޓް ފޯމެއް ވެސް ހަދާނެ ކަމަށެވެ.
އެހެން މީހަކު ބުނެފައި ވަނީ ‘ވެޑެ ނިކޭ. އަފުން ކުދުވޭލައި އެޑީ ކުދުގޭ 9 މިލިޔަން! މިކަލް މިމީހުން ކެރާ ޚަރަދޮ ކުދުކޮހޮ ނިވޭ” ކަމަށެވެ.
މިހަޓް ބޭނުންކުރުމާއި ގުޅެގޮތުން މިއަދު ވަނީ ނޯޓިސް ޖަހާފައެވެ. މިހަޓް ރަސްމީކޮށް ހުޅުވެންދެން އާއްމުނަށް ހުޅުވާލެވިފައި ހުންނާނީ ހަވީރު 4:00 އިން 5:30 އަށެވެ. ހަޓަށް ދާ މަގަށް އެއްވެސް ކަހަލަ ދުއްވާ އެއްޗެއްސެއް އެރުން މަނަލެވެ. އަދި ހަޓް ބޭނުންކުރުމުގައި އެތަނަށް ގެއްލުން ނުވާނެ ގޮތަކަށް އަމަލުކުރުމަށް އެދިފައިވެއެވެ.



ޚިޔާލުތައް