އައިކެއާރ އިން ލޮލުގެ ޚާއްސަ ކޭމްޕެއް ފުވައްމުލަކުގައި ބާއްވަން ނިންމައިފިއެވެ. ފެބުރުއަރީ މަހު 17 އިން 23 ގެ ނިޔަލަށް ފުވައްމުލަކުގައި ބާއްވާ މިކޭމްޕްގައި ލޮލުގެ ޓެސްޓްތައް ހެދުމާއި، ލޮލުގެ ޚާއްސަ ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ލޮލުގެ ނަމްބަރު ނެގުމުގެ ޚިދުމަތް ލިބޭނެ ކަމަށް އައިކެއާރ އިން ހާމަ ކުރެއެވެ.
ލޮލުގެ ފެނުމަށް ދޭންޖެހޭ އަޅާލުމާއި މެދުގައި މީހުން ހޭލުންތެރިކުރުވުމާއި، އެއްތަނަކުން ފަސޭހަ ކަމާއިއެކު ލޮލުގެ ފެނުމާއި ގުޅޭ ތަފާތު މައްސަލަތަކަށް ހައްލު ހޯދައި ދިނުމުގެ ބޭނުމުގައި ބާއްވާ މި ކޭމްޕާއި ގުޅޭ މައުލޫމާތު 6860550 ނަމްބަރު ފޯނުން ލިބޭނެ ކަމަށް އައިކެއަރ އިން ހާމަކުރެއެވެ.
+1
+1
ޚިޔާލުތައް